ޖަޕާނުގެ އަވަށެއްގައި ބިންގަނޑު ކަނޑައިގެން ގޮސް ގިނަ ބަޔަކު ގެއްލިއްޖެ

ޖަޕާނުގެ އަޓާމީ އަވަށުގައި ބިންގަނޑު ކަނޑައިގެން ގޮސް ގެތައް ވަޅުލެވިފައި.-- ފޮޓޯ: އޭއެފްޕީ

ޖަޕާނުގެ އަޓާމީ އަވަށުގައި ބިންގަނޑު ކަނޑައިގެން ގޮސް ގެތައް ވަޅުލެވިފައި.-- ފޮޓޯ: އޭއެފްޕީ

އަޓާމީ، ޖަޕާން (ޖުލައި 4) - ޖަޕާނުގައި ޗުއްޓީ ހޭދަކުރަން މީހުން ގޮސް އުޅޭ އަވަށެއްގައި ހިނގި ނުރައްކާތެރި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އެބަ ދެ އެވެ.

ޖަޕާނުގެ މެދުތެރޭގައި އޮންނަ އަޓާމީ ރިސޯޓް އަވަށުގައި މިހާތަނަށް ދެ މީހަކު މަރުވެފައި ވާއިރު، ދިހަ މީހަކު ވަނީ ސަލާމަތްކޮށްފަ އެވެ. އަދިވެސް 20 މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށް ސަރުކާރުގެ އޮފިޝަލަކު ވަނީ ބުނެފަ އެވެ.

ބޯކޮށް ވާރޭ ވެހޭތާ ދުވަސްތަކެއް ފަހުން، ބިންގަނޑު ކަނޑައިގެން ގޮސް އެ އަވަށުގެ ގެތަކަށް ފަސް އެޅިފައި ވަނީ އިއްޔެ އެވެ.

"ގެއްލުން ލިބުނު ގެތަކާއި އިމާރާތްތަކުގެ އަދަދު 130 އަށް އެރުމަކީ އެކަށީގެންވާ ކަމެއް،" ބޮޑުވަޒީރު ޔޮޝިހިޑޭ ސުގާ ވިދާޅުވި އެވެ.

"މި ވިއްސާރަ މޫސުމުގައި ބޮޑު ސަރަހައްދަކަށް ހުއްޓުމެއް ނެތި ވާރޭ ވެހޭނެ ކަމަށް ބެލެވޭ. ވާރޭ ހުއްޓާލުމުން ވެސް ބިންގަނޑު ކަނޑައިގެން ދިޔުމުގެ އިތުރު ނުރައްކާތެރި ހާދިސާތައް ހިނގާނެ ކަމުގެ ބިރު އެބަ އޮތް،" ސުގާ ވިދާޅުވި އެވެ.

ޝިޒުއޮކާ ޕްރީފެކްޗާގެ އޮފިޝަލަކު ބުނީ މީހުން ސަލާމަތް ކުރުމަށް އާއްމުންގެ 100 މީހުންނާއި 140 ސިފައިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނަމަވެސް ޕަބްލިކް ބްރޯޑްކާސްޓާ އެންއެޗްކޭއިން ފަހުން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހިފައިވާ ކަމަށެވެ.

ޖަޕާނަށް ކޮންމެ އަހަރަކު ވެސް އަންނަ ވިއްސާރަ މޫސުމުގައި މެދުކެނޑުމެއް ނެތި ގިނަ ހަފްތާތަކެއް ވަންދެން ވާރޭވެހި، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ހިނގަ އެވެ.

ސައިންޓިސްޓުން ބުނެފައިވަނީ މޫސުމީ ބަދަލުގެ ސަބަބުން ޖަޕާނުގެ ވިއްސާރަ މޫސުމުގައި ކުރާ އަސަރު ބޮޑުވަމުންދާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox