ރޭންސަމްވެއާ ހަމަލާއެއްގެ އަސަރު 1000 ކުންފުންޏަށް ކޮށްފި

ރޭންސަމްވެއާ ހަމަލާތައް ތަހުގީގު ކުރަން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އަންގަވާފައި.-- ފޮޓޯ: އޭއެފްޕީ

ރޭންސަމްވެއާ ހަމަލާތައް ތަހުގީގު ކުރަން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އަންގަވާފައި.-- ފޮޓޯ: އޭއެފްޕީ

ސޭން ފްރެންސިސްކޯ، އެމެރިކާ (ޖުލައި 4) - އެމެރިކާގެ އައިޓީ ކުންފުންޏަކަށް އަމާޒުކޮށް ދިން ރޭންސަމްވެއާ ހަމަލާއެއްގެ އަސަރު 1000 އަށް ވުރެ ގިނަ ކުންފުންޏަށް ކޮށްފި އެވެ.

އެ ހަމަލާގެ ސަބަބުން ސްވިޑަންގެ އެންމެ ބޮޑު ސުޕާމާކެޓު ޗެއިން، ކޫޕް ސްވިޑަންގެ 800 އަށް ވުރެ ގިނަ ފިހާރަ ވަގުތީ ގޮތުން ބަންދުކުރަން ޖެހުނު ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ފަހަކަށް އައިސް އިތުރުވެފައިވާ ރޭންސަމްވެއާ ހަމަލާތަކުގެ ފަހަތުގައި ވަނީ ރަޝިއާގެ ހެކަރުން ކަމަށް ދަނީ ތުހުމަތު ކުރެވެމުންނެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ރަޝިއާގެ ރައީސް ލެޑިމިއާ ޕޫޓިންއާ ދެމެދު ދާދި ފަހުން ބޭއްވި ބައްދަލުވުމުގައި ވެސް ވަނީ އެ މައްސަލާގައި މަޝްވަރާ ކުރައްވާފަ އެވެ.

އައިޓީ ކުންފުންޏަށް ދިން ހަމަލާގެ ފުރިހަމަ ތަހުގީގެއް ކުރަން އަމުރު ކުރެއްވުމަށް ފަހު ބައިޑެން ވިދާޅުވީ "މިއީ ރަޝިއާ ސަރުކާރުން ހިންގާ އަމަލެއް ނޫން ކަމަށް ބެލެވުނު ނަމަވެސް، އެކަން ޔަގީން ކުރަން ޖެހޭ" ކަމަށެވެ.

ހަމަލާ އަމާޒު ކުރި އައިޓީ ކުންފުނި، ކަސޭޔާއިން ބުނީ ހަމަލާގެ އަސަރު ކުރާނީ ކުންފުނީގެ ކަސްޓަމަރުންގެ މަދު ޕަސެންޓަކަށްކަން ކަށަވަރުކޮށްފައިވާ ކަމަށެވެ. އެގޮތުން ވީއެސްއޭ ސޮފްޓްވެއާ ބޭނުން ކުރާ 40 ކުންފުންޏަށް އަސަރު ކުރި ކަމަށް ބުންޏެވެ.

ނަމަވެސް ސައިބާސެކިއުރިޓީ ކުންފުނި ހަންޓްރެސް ލެބުން ބުނީ ހަމަލާގައި ގެއްލުން ލިބުނު ކުންފުނިތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށާއި ހަމަލާ ދީފައި ވަނީ "1000 އަށް ވުރެ ގިނަ ކުންފުނި އެންކްރިޕްޓް" ކުރަން ސޮފްޓްވެއާއަށް ބަދަލު ގެނެސްގެން ކަމަށެވެ.

ނިއުޒީލޭންޑު ސަރުކާރުގެ ކޮމްޕިއުޓާ އެމެޖެންސީ ރެސްޕޯންސް ޓީމުން ބުނީ ހަމަލާގެ ފަހަތުގައި ވަނީ "ރީވިލް" ނަމަކަށް ކިޔާ ހެކަރުންގެ ގްރޫޕެއް ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ގެރި މަސް ޕްރޮސެސް ކުރާ ފެކްޓްރީ، ޖޭބީއެސްއަށް މިދިޔަ މަހު ދިން ހަމަލާގެ ފަހަތުގައި ވަނީ ވެސް ރީވިލް ކަމަށް އެފްބީއައިއިން ވަނީ ބުނެފަ އެވެ. އެ ހަމަލާގައި ބްރެޒިލްގެ ފެކްޓްރީއަށް ވަނީ ހެކަރުންނަށް 11 މިލިއަން ޑޮލަރަށް ވާ ވަރުގެ ބިޓްކޮއިން ދޭން ޖެހިފަ އެވެ.

އދ. ގެ ސެކިއުރިޓީ ކައުންސިލުން މިދިޔަ ހަފްތާގައި ވަނީ ފުރަތަމަ ފަހަރަށް ސައިބާ ސެކިއުރިޓީއާ ގުޅޭ ރަސްމީ ބައްދަލުވުމެއް ބާއްވާފަ އެވެ.

ސެކުއިރުޓީ ކައުންސިލުގެ މެމްބަރުން ފާހަގަކުރީ ރޭންސަމްވެއާ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބޮޑެތި ކުންފުނިތަކަށް ލިބެމުންދާ ގެއްލުމުގެ ނުރައްކާ އިތުރުވަމުންދާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox