އިންޑިވިޖުއަލް ޓްރޮފީ އަށް ވުރެ މެސީ އަށް މުހިއްމީ އާޖެންޓީނާގެ ކާމިޔާބީ

Jul 4, 2021, 5:32 AM
އިންޑިވިޖުއަލް ޓްރޮފީ އަށް ވުރެ މެސީ އަށް މުހިއްމީ އާޖެންޓީނާގެ ކާމިޔާބީ

ރިއޯ ޑި ޖަނެއިރޯ (ޖުލައި 4) - މި ފަހަރުގެ ކޮޕަ އެމެރިކާގައި މިހާތަނަށް އިންޑިވިޖުއަލް ޓްރޮފީތަކެއް ލިބިފައިވީ ނަމަވެސް އޭނާގެ ބޮޑު ފޯކަސް އަކީ އާޖެންޓީނާ އަށް ކާމިޔާބު ހޯދައިދިނުން ކަމަށް އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

ކޮޕަ އެމެރިކާގެ ކުއާޓާ ފައިނަލްގައި މިއަދު އެކުއެޑޯ އަތުން 3-0 އިން އާޖެންޓީނާ މޮޅުވި މެޗުގައި މެސީ ވަނީ ގޯލެއް ޖަހައި ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު މެސީ އަށް ލިބުނުއިރު، މި ފަހަރުގެ މުބާރާތުގައި އާޖެންޓީނާ ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުގެ މޮޅު ކުޅުންތެރިއަކީ މެސީ އެވެ.

ކޮޕަ އެމެރިކާގެ މި ފަހަރުގެ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހައި ލަނޑު ޖަހަން އެންމެ ގިނަ ފުރުސަތު ތަނަވަސްކޮށްދިނީ ވެސް މެސީ އެވެ. މެސީ ވަނީ ޖުމްލަ އެއްކޮށް ހަތަރު ގޯލު ޖަހައި ހަތަރު ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

"އަހަރެން އަބަދުވެސް ބުނަން އިންޑިވިޖުއަލް ޓްރޮފީ އަކީ އަހަރެން އެންމެ ބޭނުން ކާމިޔާބީއެއް ނޫނޭ. އަހަރެންގެ ބޮޑު ފޯކަސް އަކީ ޓީމުގެ ކާމިޔާބީ. އަހަރެމެން މި ތަނަށް (ބްރެޒިލަށް) އައިސް މި ތިބީ އެހެން ކަމެއް (މުބާރާތް) ހާސިލްކުރަން،" މިއަދުގެ މެޗަށް ފަހު މެސީ ބުންޏެވެ.

މިއީ މެސީ އޭނާގެ ކެރިއަރުގައި އާޖެންޓީނާއާ އެކު ކުޅޭ ބައިނަލްއަގުވާމީ ބޮޑު 10 ވަނަ މުބާރާތް.

މެސީ ބުނީ މި ފަހަރުގެ މުބާރާތުގައި މިހާތަނަށް އާޖެންޓީނާގެ ޓީމުން ކުރަމުން އަންނަ މަސައްކަތް ވަރަށް ބޮޑަށް ފާހަގަކުރާ ކަމަށާއި އާއިލާއާ ދުރުގައި މި އުނދަގޫ ވަގުތުގައި ތިބެ ގައުމަށް ކާމިޔާބެއް ހޯދައިދޭން ހުރިހާ ކުޅުންތެރިން ވެސް ބޭނުންވާ ކަމަށެވެ.

ހުރިހާ ކުޅުންތެރިން ވެސް މަސައްކަތް ކުރަނީ މުބާރާތް (ކޮޕަ އެމެރިކާ) ކާމިޔާބު ކުރެވޭތޯ -- މެސީ

އާޖެންޓީނާ އިން އެންމެ ފަހުން ކޮޕަ އެމެރިކާ ކާމިޔާބުކުރީ 1993 ވަަނަ އަހަރު އެވެ. އޭގެ ފަހުން ހަތަރު ފަހަރު ކުއާޓާ ފައިނަލުން އަދި ހަތަރު ފަހަރު ފައިނަލުން އަދި އެއް ފަހަރު ސެމީ ފައިނަލުން ވަނީ ބަލިވެފަ އެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ކޮޕަ އެމެރިކާގައި އާޖެންޓީނާ ދިޔައީ ތިން ވަަނަ އެވެ. ސެމީގައި ބްރެޒިލް އަތުން ބަލިވިއިރު، ތިން ވަނަ ހޮވާ މެޗުގައި ޗިލީ އަތުން މޮޅުވި އެވެ.

އުމުރުން 34 އަހަރުގެ މެސީ އަކީ އާޖެންޓީނާ އަށް އެންމެ ގިނަ މެޗު ކުޅެދިނުމުގެ ރެކޯޑާއި އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް އޮތް ކުޅުންތެރިޔާ އެވެ. މެސީ ވަނީ އާޖެންޓީނާ އަށް 149 މެޗުން 76 ގޯލު ޖަހައިދީފަ އެވެ.

ކްލަބް ލެވަލްގައި ތަށީގެ ގޮތުން ފުރިހަމަ ރެކޯޑެއް ބާސެލޯނާއާ އެކު މެސީގެ އަށް ލިބިފައިވީ ނަމަވެސް ގައުމީ ޓީމުގައި އޭނާ އަށް ބޮޑު މުބާރާތެއްގެ ތަށީގައި އަތްލުމުގެ ނަސީބެއް ނުލިބެ އެވެ. މެސީ ވަނީ އާޖެންޓީނާއާ އެކު 2014 ވަަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލާއި 2007 އާއި 2015 އަދި 2016 ވަނަ އަހަރުގެ ކޮޕަ އެެމެރިކާ ފައިނަލުން ބަލިވެފަ އެވެ.

މި ފަހަރުގެ ސެމީ ފައިނަލްގައި އާޖެންޓީނާ ނުކުންނާނީ ކޮލަމްބިއާއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox