އިޒްރޭލުން އަނެއްކާވެސް ގާޒާއަށް ވައިގެ ހަމަލާތަކެއް ދީފި

ގާޒާގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު އަލިފާން ފުއްޕާހަން ތައްޔާރު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ގާޒާގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު އަލިފާން ފުއްޕާހަން ތައްޔާރު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ގުދުސް (ޖުލައި 4) - ގާޒާއިން ފޮނުވި އިންސެންޑިޔަރީ ބެލޫން ނުވަތަ އަލިފާން ރޯވާ ފުއްޕާހަންތަކަކަށް ރައްދު ދިނުމުގެ ގޮތުން އިޒްރޭލުން އަނެއްކާވެސް ވައިގެ ހަމަލާތަކެއް ދީފި އެވެ.

ހަމާސްގެ ސެކިއުރިޓީ މަސްދަރުތަކުން އޭއެފްޕީއަށް ބުނީ އިޒްރޭލުގެ ވައިގެ ހަމަލާތައް އަމާޒުވީ އަސްކަރީ ޓްރެއިނިން މަރުކަޒުތަކަށް ކަމަށެވެ. ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާވި ކަމެއް ސާފެއް ނޫނެވެ.

"އިޒްރޭލުގެ ސަރަހައްދަށް މިއަދު ފޮނުވި އަލިފާން ފުއްޕާހަންތަކަށް ރައްދު ދިނުމުގެ ގޮތުން އަސްކަރީ ޖެޓުތަކުން ވަނީ ހަމާސް ޓެރަރިސްޓް ޖަމާއަތުގެ ހަތިޔާރު އުފައްދާ އިމާރާތަކަށް ހަމަލާ ދީފައި،" އިޒްރޭލުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިޒްރޭލުގެ ފަޔާ ސާވިސްއިން ބުނީ ގާޒާއިން ފޮނުވި އަލިފާން ފުއްޕާހަންތަކެއްގެ ސަބަބުން ދެކުނު އެޝްކޯލް ސަރަހައްދުގެ ހަތަރު ތަނެއްގައި ކުދި އަލިފާންތައް ރޯވި ކަމަށެވެ.

އަލިފާންގަނޑުތައް ވަރަށް "ކުޑަ އަދި ނުރައްކާތެރި ނޫން" ކަމަށާއި ވަރަށް އަވަހަށް ކޮންޓްރޯލް ކުރެވުނު ކަމަށް ފަޔާ ސާވިސްގެ ބަޔާނެއްގައި ބުންޏެވެ.

"އަލިފާން ރޯވުމުގެ ކަންކަން ތަހުގީގު ފަރާތަކުން ބުނެފައިވަނީ އެ ހުރިހާ ތަނެއްގައި ވެސް ރޯވީ ގާޒާއިން ފޮނުވި އިންސެންޑިއަރީ ބެލޫންގެ ސަބަބުން ކަމަށް،" ބަޔާނުގައި ބުންޏެވެ.

އިޒްރޭލާއި ގާޒާ ކޮންޓްރޯލް ކުރާ ހަމާސްއާ ދެމެދު މިދިޔަ މޭ މަހު, 11 ދުވަސް ވަންދެން ހަމަލާ ބަދަލު ކުރި އެވެ. އެތައް ބަޔަކު މަރުވި ފަހުން ހަމަލާތައް ހުއްޓާލީ މޭ 21 ގަ އެވެ.

ހަމަލާތައް ހުއްޓާލަން އެއްބަސްވި ފަހުން ވެސް ދޭތެރެއަކުން ދަނީ ހަމަނުޖެހުން ބޮޑުވަމުންނެވެ. އެގޮތުން މިދިޔަ މަހު ވެސް އަލިފާން ފުއްޕާހަންތައް ފޮނުވުމުން ވައިގެ ހަމަލާ ދިނެވެ.

ޖޫން 18 ވަނަ ދުވަހު ހަމަލާ ބަދަލު ކުރުމަށް ފަހު އިޒްރޭލު ސިފައިންގެ ވެރިޔާ ފައުޖުތަކަށް އެންގީ އަލުން ހަނގުރާމަ ފަށަން ތައްޔާރަށް ތިބުމަށެވެ.

މޭ މަހުގެ ހަމަލާ ބަދަލު ކުރުމުގައި ފަލަސްތީނުން 260 މީހުން މަރުވެ، އިޒްރޭލުން 13 މީހުން މަރުވި އެވެ.

ހަމާސް އިން ގާޒާގެ ކޮންޓްރޯލް ހޯދި 2007 ވަނަ އަހަރުން ފެށިގެން އިޒްރޭލުން ވަނީ އެ ސަރަހައްދު ވަށައިގެން ބަންދުކޮށްލާފަ އެވެ. އިޒްރޭލުން ބުނަނީ ގާޒާގެ ބޯޑަރުތައް ބަންދު ކުރަން ޖެހެނީ އެ ތަނުގައި އުޅޭ ހަނގުރާމަވެރި ގްރޫޕުތައް ކޮންޓްރޯލް ކުރަން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox