މެސީ ހިލޭ ޖެހުމުން ޖެހި ގޯލާ އެކު އާޖެންޓީނާ ސެމީ އަށް

Jul 4, 2021, 2:59 AM
ލަނޑު ޖެހުމަށް ފަހު މެސީ (ކ) އާއި ޑި މާރިއާ އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު މެސީ (ކ) އާއި ޑި މާރިއާ އުފާފާޅުކުރަނީ.

ބްރެޒީލިއާ (ޖުލައި 4) - ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި އެކުއެޑޯގެ މައްޗަށް 3-0 އިން ކުރިހޯދައި އާޖެންޓީނާ އިން މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

މި މެޗުގައި އާޖެންޓީނާގެ ތަރި އަކީ މެސީ އެވެ. ފުރަތަމަ ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނުމުގެ އިތުރުން ފަހު ގޯލު ޖެހީ މެސީ އެވެ.

ބްރެޒިލްގެ އެސްޓަޑިއޯ އޮލިމްޕިކޯގައި މިއަދުގެ ކުޅުނު މެޗުގެ ތިން ވަނަ މިނިޓްގައި އާޖެންޓީނާގެ ލަޓާރޯ މާޓީނޭޒް ޖެހި ބޯޅަ އެކުއެޑޯ ކީޕަރު ހެމަން ގަލިންޑޭޒް ވަނީ މަތަކޮށްފަ އެވެ. މެޗުގެ 16 ވަނަ މިނިޓްގައި އާޖެންޓީނާ އިން ވަނީ ޕެނަލްޓީ ހޯދަން އެޕީލްކޮށްފަ އެވެ. މެސީ ޖެހި ބޯޅައެއް އޭރިއާތެރެއިން އެކުއެޑޯގެ އެންހެލޯ ޕްރެސިއާޑޯ އަތުގައި ޖެހުނު ނަމަވެސް ރެފްރީ ނިންމީ ޕެނަލްޓީއެއް ނޫން ކަމަށެވެ.

އާޖެންޓީނާ އަށް ލީޑުނަގައިދޭން މެސީ އަށް މެޗުގެ 23 ވަނަ މިނިޓްގައި ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާތެރެއަށް ހުސްކޮށް ބޯޅަ ހިފައިގެން ވަދެ މެސީ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ފުރަތަމަ ހާފުގައި އެކުއެޑޯގެ އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ މެޗުގެ 38 ވަނަ މިނިޓްގައި އެނާ ވެލެންސިއާ އެވެ. ވެލެންސިއާ ޖެހި ބޯޅަަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ލަނޑު ޖެހުމަށް ފަހު މެސީ (ކ) އާއި ޑެ ޕޯލް އުފާފާޅުކުރަނީ.

އާޖެންޓީނާ އިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑުނަގައިފަ އެވެ. މެސީ ހުސްކޮށްލާފައި ދިން ބޯޅައަކުން މި ގޯލު ޖެހީ ރޮޑްރީގޯ ޑެ ޕޯލް އެވެ. އެ ބޯޅަ މެސީ އަށް ވެސް ގޯލަށް ފޮނުވާލެވެން އޮތް ނަމަވެސް އޭނާ ދިނީ ޑެ ޕޯލް އަށެވެ. އޭރިއާތެރެއިން ޑެ ޕޯލް ވަނީ ހަމަޖެހިލާފައި ބޯޅަ ގޯލު ތެރެއަށް ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފްގެ ކުރީކޮޅުގައި އާޖެންޓީނާ އަށް ދެ ވަނަ ގޯލެއް ޖަހައިދޭން މެސީ އޭރިއާބޭރުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިންނެވެ. މެޗުގެ 79 ވަނަ މިނިޓްގައި އެކުއެޑޯ އަށް އެއްވަރުކޮށްދޭން އެ ޓީމުގެ ގޮންޒާލޯ ޕްލާޓާ ޖެހި ބޯޅަ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓީނޭޒް ވަނީ މަތަކޮށްފަ އެވެ. އޭގެ ތިން މިނިޓް ފަހުން އެކުއެޑޯ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި މެސީ ދިން ބޯޅައަކުން ލަޓާރޯ މާޓީނޭޒް ވަނީ އާޖެންޓީނާގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ.

އާޖެންޓީނާގެ އެންހެލް ޑި މާރިއާ އަށް މެޗުގެ އިތުރު ވަގުތުގައި ފައުލުކުރުމުން އެކުއެޑޯގެ ޑިފެންޑަރު ޕިއޭރޯ ހިންކަޕީއޭ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. އެ ފައުލަށް އޭރިއާބޭރުން ލިބުނު ހިލޭ ޖެހުމުން މެސީ ވަނީ އާޖެންޓީނާގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. މިއީ މި ފަހަރުގެ މުބާރާތުގައި މެސީ ޖެހި ހަތަރު ވަނަ ގޯލެވެ. އޭގެ ތެރެއިން ދެ ގޯލު ޖެހީ ހިލޭ ޖެހުމުންނެވެ. މެސީ އަކީ މި ފަހަރުގެ ކޮޕަ އެމެރިކާގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ.

ސެމީގައި އާޖެންޓީނާއާ ބައްދަލުކުރާނީ ކޮލަމްބިއާ އެވެ. ކޮލަމްބިއާ އިން ސެމީގެ ފުރުސަތު ހޯދީ ރޭ ކުޅުނު ކުއާޓާ ފައިނަލު މެޗުގައި ޕެނަލްޓީ ޖަހައިގެން 4-2 އިން އުރުގުއޭ ބަލިކުރުމަށް ފަހު އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ލަނޑެއް ނުޖެހި އެއްވަރުވެފައި އޮތުމުން ޕެނަލްޓީ ޖެހިއިރު، އުރުގުއޭ އަށް ކާމިޔާބުކުރެވުނީ ލުއިސް ސުއަރޭޒާއި އެޑިންސަން ކަވާނީ ފޮނުވާލި ދެ ޕެނަލްޓީ އެވެ. އެ ޓީމުން ހޯސޭ ހިމެނޭޒް އާއި މަޓިއަސް ވީނާ އަށް ޕެނަލްޓީ ކާމިޔާބެއް ނުކުރެވުނެވެ.

ކޮލަމްބިއާ އިން ވަނީ ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. އެ ޓީމުގެ ޕެނަލްޓީތައް ޖެހީ ޑުވާން ޒަޕާޓާ، ޑަވިންސަން ސަންޗޭޒް، ޔެރީ މީނާ އަދި މިގޭލް ބޯހާ އެވެ.

ސެމީ ފައިނަލް މެޗުތައް:

ބްރެޒިލް - ޕެރޫ (5 ޖުލައި 2021)

ކޮލަމްބިއާ - އާޖެންޓީނާ (6 ޖުލައި 2021)

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox