މިއީ ޑެންމާކަށް ދެން ދުވަހަކު ވެސް ނުލިބިދާނެ ފަދަ ފުރުސަތެއް

Jul 3, 2021, 3:44 AM
ޑެންމާކުގެ ކޯޗު ކެޝްޕާ ޖޮލްމަންޑް.-- ފޮޓޯ: އޭއެފްޕީ

ޑެންމާކުގެ ކޯޗު ކެޝްޕާ ޖޮލްމަންޑް.-- ފޮޓޯ: އޭއެފްޕީ

ބަަކޫ، އަޒަރުބައިޖާން (ޖުލައި 3) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މިރޭ ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅެ ސެމީ ފައިނަލުން ފުރުސަތު ހޯދައިގެން ކުރިއަށްދާން ބަލާއިރު، ކާމިޔާބެއް ހޯދަން މި ފަދަ ފުރުސަތެއް ދެން ދުވަހަކު ވެސް ނުލިބިދާނެ ކަމަށް ޑެންމާކުގެ ކޯޗު ކެޝްޕާ ޖޮލްމަންޑް ބުނެފި އެވެ.

ޑެންމާކުން ވަނީ 1992 ވަނަ އަހަރު ސްވިޑެންގައި ބޭއްވި ޔޫރޯގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އޭގެ ފަހުން އެ ޓީމަށް ބޮޑު މުބާރާތެއްގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބުނީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2004 ވަަނަ އަހަރުގެ ޔޫރޯގެ އިތުރުން މި ފަހަރުގެ ޔޫރޯގަ އެވެ.

ޑެންމާކުގެ ކޯޗު ޖޮލްމަންޑް ބުނީ އޭނާ ފުޓްބޯޅައިގައި ގަބޫލުކުރާ ހަމައަކީ ޔޯހަން ކްރައިފްގެ "ފިލޯސަފީ" ކަމަށާއި އޭގެއިން މިހާތަނަށް ދަސްވެފައި އޮތް ކަމަކީ ބޭނުންވާ ފުޓްބޯޅަ ކުޅެން ޖެހިލުންވާންޖެހޭ ސަބަބެއް އޮންނަން ނުޖެހޭނެކަން ކަމަށެވެ.

"އަހަރެން އެންމެ ގަޔާވާ ފުޓްބޯޅައިގެ ސަހުސިއްޔަތު ޔޯހަން ކްރައިފް ބުނެފައި އޮވޭ ޖެހިލުންވެ ހުރެގެން ފުޓްބޯޅައެއް ނުކުޅެވޭނެއޭ. އެއީ އަހަރެންގެ ވެސް ވިސްނުން. އަހަރެން ބޭނުންވަނީ މި ލިބިފައި އޮތް ފުރުސަތުގެ ބޭނުން ހިފައިގެން ކުރިއަށްދާން. މިސާލަކަށް އަހަރެމެން 1992 ގެ ކާމިޔާބީއާ ކައިރި ކަމެއް ހާސިލްކުރަން ބެލިޔަސް މިހާރު މި އޮތް ވަރުގެ ފުރުސަތެއް ދެން ދުވަހަކު ވެސް ނުލިބިދާނެ،" ޖޮލްމަންޑް ބުންޏެވެ.

މި ފަހަރުގެ ޔޫރޯގެ ކުރިން ޑެންމާކްގެ ފަރުތަކުރުމެއްގެ ތެރެއިން އެރިކްސަން (ވ) އާއި ޖޯޗު ޖޮލްމަންޑް.

އޭނާ ބުނީ މި ފަހަރުގެ ޔޫރޯގައި ޑެންމާކު ޓީމުގެ ރޫހު ބޮޑަށް ރަނގަޅުވެގެން ދިޔައީ އެ ޓީމުގެ ތަރި ކްރިސްޓިއަން އެރިކްސަން އަށް ދިމާވި ހާދިސާ އަށް ފަހު ކަމަށެވެ. މި ފަހަރުގެ މުބާރާތުގައި ޑެންމާކް ކުޅުނު ފުރަަތަމަ މެޗުގައި ފިންލެންޑާ ދެކޮޅަށް އެރިކްސަން ހިތް ހުއްޓިގެން ދަނޑު މައްޗަށް ވެއްޓި އެ ދިމާވި ކަންތައްތަކަށް ފަހު އޭނާ އޮޕަރޭޝަނެއް ކޮށް މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

ޖޮލްމަންޑް ބުނީ މި ވަގުތު އާއިލާއާ އެކު ވަގުތު ހޭދަކުރަމުން އަންނަ އެރިކްސަން ޑެންމާކު ޓީމަށް ދޭ ހިތްވަރުން ޓީމު އޮތީ ވަރަށް އެއްބައިވަންތަ ކޮށް ކަމަށެވެ.

އެރިކްސަން އަކީ މި ޓީމުގެ ހިތް. އެ ހިތް އެދޭ ގޮތަށް އަހަރެމެން ކުރިއަށް މިދަނީ. ޓީމާ އެކު ނެތަސް އެރިކްސަންގެ ސަޕޯޓް ވަރަށް ބޮޑަށް ލިބޭ - ޖޮލްމަންޑް

ޑެންމާކުގެ ދެ ކުޅުންތެރިން ކަމަށްވާ ކެޕްޓަން ސިމޯން ކިއޭ އާއި ތޯމަސް ޑެލަނީ އެންމެ ފަހުން ބޭއްވި ބައެއް ފަރިތަކުރުންތަކުގެ ހުރިހާ ސެޝަނެއްގައި ބައިވެރިނުވި ނަމަވެސް މެޗަށް ފިޓްވާނެ ކަމަށް ޖޮލްމަންޑް ވަނީ ބުނެފަ އެވެ. ޖެހިޖެހިގެން ދެ މެޗުގައި ހަތަރު ގޯލު ޖަހާފައިވުމުން ޑެންމާކް އޮތީ ރަނގަޅު ފޯމެއްގަ އެވެ.

ކުއާޓާ އިން ޑެންމާކް ފުރުސަތު ހޯދީ ދެ ވަނަ ބުރުގައި ވޭލްސް ކަޓުވާލައިފަ އެވެ. ޗެކް ރިޕަބްލިކް ވަނީ ދެ ވަނަ ބުރުގައި ނެދަލެންޑްސް ބަލިކޮށްފަ އެވެ.

ޑެންމާކުގެ ފަރާތުން އެ ފެންނަ ޓީމު ރޫހުގެ މައްޗަށް ޗެކް ރިޕަބްލިކަށް ކުރިހޯދޭނެ

މިއީ ޔޫރޯގައި ޗެކް ރިޕަބްލިކާއި ޑެންމާކުގެ ތިން ވަނަ ކުރިމަތިލުމެެވެ. މީގެ ކުރިން ކުޅުނު ދެ މެޗުން ވެސް މޮޅުވީ ޗެކް ރިޕަބްލިކް އެވެ. އެއީ 2000 ވަނަ އަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުން 2-0 އިންނާއި 2004 ވަނަ އަހަރުގެ ޔޫރޯގެ ކުއާޓާ ފައިނަލުގައި 3-0 އިންނެވެ.

ޗެކް ރިޕަބްލިކްގެ ކޯޗު ޔަރޮސްލާވް ޝިލްހަވީ ބުނީ މިހާރު އޮތް ޑެންމާކު ޓީމުގެ އެންމެ ބޮޑު ހަތިޔާރަކީ އެ ޓީމުގެ ރޫހު ކަމަށެވެ.

ޗެކް ރިޕަބްލިކްގެ ފަރިތަކުރުންތަކުގެ ތެރެއިން އެ ޓީމުގެ ކޯޗު ޝިލްހަވީ.-- ފޮޓޯ: އޭއެފްޕީ

"ޑެންމާކުގެ އެންމެ މޮޅު ކުޅުންތެރިއަކީ އެ ޓީމުގެ ރޫހު. އެ އެއްބައިވަންތަކަން. އެއީ ވަރަށް ވަރުގަދަ ބާރެއް. އެ މީހުންގެ ނެތް ސުޕަ ސްޓާރުންނެއް. އެކަމަކު އެ މީހުންގެ އެބައޮތް ޓީމެއް. ގުޑުވާލަން އުނދަގޫ ރޫހެއްގައި މި ވަގުތު އެ ޓީމު އެ އޮތީ،" ޝިލްހަވީ ބުންޏެވެ.

"ޑެންމާކުގެ ނަން ނުކިޔަފާނެ ފްރާންސް، ނެދަލެންޑްސް ނޫނީ އިޓަލީ ފެންވަރުގައެއް. އެކަަމަކު އެއީ ވަރަށް ވަރުގަދަ ޓީމެއް. އަހަރެމެން ނުދެކެން (މި މެޗަށް) އަހަރެމެންނަކީ ފޭވަރިޓުންގެ ގޮތުގައެއް. މޮޅުވާން ވަރަށް މަސައްކަތް ކުރަން ޖެހޭ،"

ޑެންމާކާ ދެކޮޅަށް ކުޅެން ބަލާއިރު ޗެކް ރިޕަބްލިކަށް އޮތް ހިތްހަމަޖެހުމަކީ މި ދެ ޓީމު ކުޅޭ ސްޓައިލުގައި އެއްގޮތް ކަހަލަ ކަންތައްތަކެއް ހުރުމެވެ. މީގެ ކުރަން ޖެހޭނެ ކަމަކީ އެ މީހުން އެ ދައްކާ ކުޅުމާ އެއްވަރަށް ކުޅެން ޗެކް ރިޕަބްލިކުން ކުރަން ޖެހޭ މަސައްކަތް ކުރުން ކަމަށް ޝިލްހަވީ ގަބޫލުކުރެ އެވެ.

"ސްޓައިލް މި ފެންނަނީ އެއްގޮތް ކަހަލަ ގޮތަކަށް. މި ކުރަން ޖެހޭ ކަމަކީ އެ މީހުން އެ ނެރޭ ހިތްވަރާއި ކުރާ މަސައްކަތާ އެއްވަރަށް އަހަރެމެން ވެސް އެކަން ކުރަންވީ. މިއީ ވަރުގަދަ ޓެކަލްތަކާ އެއްޗެހި ފެންނާނެ މެޗެއް،" ޝިލްހަވީ ބުންޏެވެ.

ދެ ވަނަ ބުރުގައި ނެދަލެންޑްސްގެ މައްޗަށް ޗެކް ރިޕަބްލިކުން ކުރި ހޯދި މެޗު ކުޅުނީ ހަންގޭރީގެ ޕުސްކަސް އެރީނާގަ އެވެ. އެއީ މި ފަަހަރުގެ ޔޫރޯ އަށް އެންމެ ގިނަ ސަޕޯޓަރުން ވަދެވޭ ގޮތަށް ހުއްދަ ލިބިފައި އޮތް ދަނޑެވެ. މިރޭގެ މެޗު ކުޅެން އޮތް އަޒަރުބައިޖާންގެ ބަކޫ އޮލިމްޕިކް ސްޓޭޑިއަމަށް ވަދެވެނީ ޕުސްކަސް އެރީނާއާ އަޅާކިޔާއިރު މަދު އަދަދެއްގެ ސަޕޯޓަރުންނަށެވެ. މިއީ ދެ ޓީމަށް ވެސް ލިބޭނެ ދެރައެއް ކަމަށް ޝިލްހަވީ ބުންޏެވެ.

އެންމެ ފަހުން ޑެންމާކާއި ޗެކް ރިޕަބްލިކް ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗު ނިމުނީ އެއްވަރުވެގެންނެވެ. މީގެ ތެރެއިން އެންމެ ފަހުން 2016 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗު 1-1 އިން ނިމުނުއިރު، އޭގެ ތިން އަހަރު ކުރިން ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި ޗެކް ރިޕަބްލިކް އަތުން ޑެންމާކް ވަނީ 3-0 އިން މޮޅުވެފަ އެވެ. މިރޭ މި ދެ ޓީމު ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 21:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox