ބެލްޖިއަމް ވިޔަސް އިޓަލީން ވަކި ހާއްސަ ގޮތަކަށް ނުވިސްނާނެ

Jul 2, 2021, 5:03 AM
އިޓަލީގެ ފަރިތަކުރުންތަކުގެ ތެރެއިން އެ ޓީމުގެ ކޯޗު މަންޗިނީ ޓީމުގެ ކުޅުންތެރިންނަށް ބުނެދެނީ.

އިޓަލީގެ ފަރިތަކުރުންތަކުގެ ތެރެއިން އެ ޓީމުގެ ކޯޗު މަންޗިނީ ޓީމުގެ ކުޅުންތެރިންނަށް ބުނެދެނީ.

މިއުނިކް (ޖުލައި 2) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މިރޭ ބެލްޖިއަމާ ދެކޮޅަށް ކުޅެން ޖެހުނު ނަމަވެސް އިޓަލީން ތައްޔާރުވާނީ ކުރިން މެޗުތަކުގައި ވެސް އަމަލުކުރި ގޮތަށް އަމިއްލަ ޕްލޭނާ އެއްގޮތަށް ކަމަށާއި ބެލްޖިއަމާ ކުޅެން ޖެހުނު ކަމުގައި ވިޔަސް ވަކި ހާއްސަ ގޮތަކަށް ނުވިސްނާނެ ކަމަށް އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފި އެވެ.

އިޓަލީން ކުއާޓާގެ ފުރުސަތު ހޯދީ ދެ ވަނަ ބުރުގައި އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން އޮސްޓްރިއާ 2-1 އިން ބަލިކޮށްގެންނެވެ. ބެލްޖިއަމް ވަނީ 1-0 އިން އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ކަޓުވާލައިފަ އެެވެ. ބެލްޖިއަމާއި އިޓަލީ އަކީ ޔޫރޯގެ ކޮލިފައިން އިން ފެށިގެން މިހާތަނަށް ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އައި ހަމައެކަނި ދެ ޓީމެވެ.

"އަހަރެމެން ކުޅޭނީ އަހަރެމެންގެ އަމިއްލަ ގޭމް. އަހަރެމެންނަށް ވަރަށް ރަނގަޅަށް އެނގޭ ކުޅެން މި ޖެހެނީ ދުނިޔޭގައި މި ވަގުތަށް ބަލާއިރު އޮތް އެންމެ ވަރުގަދަ ޓީމާ ދެކޮޅަށް ކަން. އެ މީހުން (ބެލްޖިއަމް) ދުނިޔޭގެ ރޭންކިން އެއް ވަނައިގައި މިދިޔަ ތިން އަހަރު ވެސް އޮތީމަ އޭގެއިން ދޭހަވަނީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެ މީހުން އޮތީ ވަރުގަދަ ކޮށޭ. އެކަން އެހެން އޮތަސް އަހަރެމެން އަމިއްލަ ވިސްނުން ވަކި ގޮތަކަށް ބަދަލެއް ކުރާކަށް ނެތިން،" މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މަންޗިނީ ބުންޏެވެ.

އަނިޔާގެ ސަބަބުން ބެލްޖިއަމްގެ އެންމެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ކެވިން ޑި ބްރޭނާ އާއި އެޑެން ހަޒާޑަށް މިރޭގެ މެޗުގައި އިޓަލީއާ ދެކޮޅަށް ނުކުޅެވުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު މަންޗިނީ ބުނީ އެއީ އެޑްވާންޓޭޖަކަށް ވުރެ މުޅި މެޗަށް ލިބޭނެ ގެއްލުމެއް ކަމަށެވެ.

"ސަޕޯޓަރުން އެންމެ ބޭނުންވާނީ ދެ ޓީމުގައި ތިބި އެންމެ މޮޅެތި ކުޅުންތެރިން ދަނޑުމަތިން ފެންނަން. އެއީ ފުޓްބޯޅަ އެންމެ ހާއްސަވާނެ ސަބަބަކީ. އަހަރެން އުއްމީދުކުރަނީ އެ ކުޅުންތެރިން ކުޅޭނެ ކަމަށް،" މަންޗިނީ ބުންޏެވެ.

މިއީ ބެލްޖިއަމާއި އިޓަލީ ބޮޑު މުބާރާތެއްގައި ކުޅޭ ފަސް ވަނަ ފަހަރެވެ. އެކަމަކު ނޮކައުޓް ބުރުގައި ކުޅޭ ފުރަތަމަ ފަހަރެވެ. އިޓަލީ އަދި މެޗަކުން ބަލިނުވެ އެވެ. ތިން މެޗުން މޮޅުވިއިރު، ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ބައިނަލްއަގުވާމީ މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، އިޓަލީ އެންމެ ފަހުން މެޗަކުން ބަލިވީ 2018 ވަަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ. އެންމެ ފަހުން ކުޅުނު 31 މެޗުގައި ވެސް އިޓަލީ ބަލިވެފައިނުވެ އެވެ. އޮސްޓްރިއާއާ ދެކޮޅަށް އިޓަލީ ކުޅުނު މެޗުގައި އެ ޓީމު ކޮޅަށް ވަން ގޯލަކީ އެންމެ ފަހުން އިޓަލީ ކުޅުނު މެޗުތަކުގައި ޖުމްލަ އެއްކޮށް ބަލާއިރު، 19 ގަޑިއިރާއި 28 މިނިޓް ތެރޭ ވަން ފުރަތަމަ ގޯލެވެ.

އަނިޔާގެ ސަބަބުން އެންމެ ފަހުން މެޗުގައި ނުފެނުނު އިޓަލީގެ ތަޖުރިބާކާރު ޑިފެންޑަރު ޖިއޮޖިއޯ ކިއެލީނީ މިރޭގެ މެޗުގައި ކުޅޭނެ ކަމަށް ބެލެވެ އެވެ. މެޗުގެ ކުރިން އޭނާ ބުނީ އިޓާލިއަން ލީގުގައި އިންޓަ މިލާނަށް މި ފަހަރު ލީގު ކާމިޔާބުކޮށްދީ ލީގުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫއާ މެދު ސަމާލުވާން ޖެހޭނެ ކަމަށެވެ.

އިޓަލީ އާ ދެކޮޅަށް ޗެލެންޖަކަށް ނުކުންނަން ބެލްޖިއަމް ތައްޔާރު

ބެލްޖިއަމްގެ ޓީމުގައި މިހާރު އޮތީ އެ ގައުމުގެ ފުޓްބޯޅައިގެ ރަން ޖީލެވެ. އެކަމަކު މިހާތަނަށް އެ ޓީމަށް ބޮޑު މުބާރާތެއްގެ ފައިނަލުގައި ވެސް ނުކުޅެވެ އެވެ. އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގެ ތިން ވަނަ ހޯދިޔަސް އެއީ އެ ޓީމުން އެންމެ ބޭނުންވާ ކާމިޔާބެއް ނޫނެވެ. ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް ނަމަވެސް ބެލްޖިއަމްގެ އަސްލު ޓާގެޓަކީ ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގެ ތަށްޓެވެ.

މި ފަހަރުގެ ޔޫރޯ ދެ ވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ބަލިކުރެވުމަކީ ބެލްޖިއަމުން ބޭނުންވާ މިސްރާބަށް ދާން ފިޔަވަޅެއް ކުރިއަށް އެޅުން ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓީނޭޒް ބުނީ ޕޯޗުގަލް އަތުން ލިބުނު މޮޅަށް ފަހު ބެލްޖިއަމުން ކުރިމަތިލާން ޖެހިފައި މި އޮތީ އުނދަގޫ ޗެލެންޖަކާ ކަމަށެވެ.

"އިޓަލީ އަކީ ވަރަށް ރަނގަޅު ސިސްޓަމަކަށް އަހުލުވެރިވެފައި އޮތް ޓީމެއް. އަހަރެމެން މި މެޗުގައި ނަތީޖާ ނެރެން ބަރޯސާވާން ޖެހޭނެ އެއް ބަޔަކީ އަހަރެމެންގެ ޑިފެންސް. އަހަރެމެންނަށް އެޓޭކްކޮށްގެން ކޮންމެ ކަމެއް ވެސް ހާސިލްކުރެވިދާނެ. ސުވާލަކީ ވަރުގަދަ ޗެލެންޖްތައް ނެގޭ ވަރަށް އަހަރެމެންގެ ޑިފެންސް ތައްޔާރުތޯ. އޭގެ މަސައްކަތް މި ކުރަނީ. އިޓަލީއާ ކުޅުމަކީ ޗެލެންޖެއް. އެ އަށް އަހަރެމެން ތައްޔާރު،" މާޓީނޭޒް ބުންޏެވެ.

ބެލްޖިއަމްގެ ކޯޗު މާޓީނޭޒް (ވ) އެ ޓީމުގެ ޑި ބްރޭނާއާ ވާހަކަ ދައްކަނީ.

އެންމެ ފަހުން ބެލްޖިއަމް ކުޅުނު މެޗުގައި އެ ޓީމުގެ ހަޒާޑާއި ޑި ބްރޭނާ އަށް އަނިޔާވެފައިވާއިރު، އެ ޓީމުން އަންނަނީ އެންމެ ފަހު ވަގުތާ ހަމައަށް ވެސް އެ ކުޅުންތެރިން ބޭނުންކުރެވޭތޯ ގޮތްތަކެއް ހޯދަން މަސައްކަތް ކުރަމުންނެވެ. މާޓީނޭޒް ބުނީ ޔަގީނުން ވެސް އެ ދެ ކުޅުންތެރިން މި މެޗަށް 100 ޕަސެންޓް ފިޓްނުވާނެ ކަމަށާއި ހޯދަން ޖެހޭނީ ގޮތްތަކެއް ކަމަށެެވެ.

"މެޑިކަލް ޓީމުން ގޮތެއް ނިންމާނީ. އަހަރެން މި ހުރީ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ފުރުސަތެއް އޮތްތޯ ބަލަން،" މާޓީނޭޒް ބުންޏެވެ.

ބެލްޖިއަމުން އެންމެ ފަހުން ޔޫރޯގެ ސެމީ ފައިނަލުގައި ކުޅުނީ 1980 ވަނަ އަހަރު އިޓަލީގައި ބޭއްވި މުބާރާތުގަ އެވެ. އެ ފަހަރު ފައިނަލުގައި އެ ޓީމު ވަނީ ވެސްޓް ޖާމަނީ އަތުން 2-1 އިން ބަލިވެފަ އެވެ. އެންމެ ފަހުން ޔޫރޯގައި ބެލްޖިއަމް ކެޓީ ކުއާޓާ ފައިނަލްގައި ވޭލްސް އަތުންނެވެ.

ބެލްޖިއަމުން ވަނީ 2015 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައި 3-1 އިޓަލީ ބަލިކޮށްފަ އެވެ. އެކަމަކު، އެންމެ ފަހުން 2016 ވަނަ އަހަރު ބޭއްވި ޔޫރޯގެ ގްރޫޕް ސްޓޭޖުގައި އިޓަލީން ވަނީ 2-0 އިން ބެލްޖިއަމްގެ މައްޗަށް ކުރިހޯދައިފަ އެވެ. ޖަރުމަނުގެ މިއުނިކް ސްޓޭޑިއަމްގައި މިރޭ ބެލްޖިއަމާއި އިޓަލީ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox