މަރޭގެ އިލްތިމާސް: "ސިޔާސީ އޮއެވަރު ތެރެއަށް ކުޅިވަރު ދޫކޮށްނުލާ"

އޮލިމްޕިކް ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން މަރޭ.

އޮލިމްޕިކް ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން މަރޭ.

އިންޑިއާގެ އިންޓަ ސްޓޭޓްސް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަންހެން ރިލޭ ޓީމުގައި ހިމެނިގެން އިންޑިއާގެ އެތުލީޓަކު ރާއްޖެ ތަމްސީލްކޮށްފައިވާ ކަމަށް ބުނެ، ކުރެވެމުން އަންނަ ބަހުސްގެ ތެރެއިން ކުޅިވަރު ސިޔާސީ އޮއެވަރުގެ ތެރެއަށް ދޫކޮށްނުލަން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) އިލްތިމާސް ކުރައްވައިފި އެވެ.

މި މަހު 25 އިން 29 އަށް އިންޑިއާގައި ކުރިއަށްދިޔަ ސްޓޭޓް ޗެމްޕިއަންޝިޕްގައި ގިނަ ގައުމުތަކެއްގެ އެތުލީޓުން ވާދަކުރިއިރު، އަންހެނުންގެ ހަތަރެއް ގުނަ 100 ގެ ރިލޭގައި ރާއްޖޭގެ ޓީމުގައި ހިމެނޭ ކުޅުންތެރިން ވާދަކުރީ އިންޑިއާ އެތުލީޓަކު ވެސް ޓީމުގައި ހިމަނައިގެންނެވެ. ރާއްޖޭގެ އަންހެން އެތުލީޓުން ހިމެނޭ ޓީމުން އިންޑިއާ އެތުލީޓަކު ހިމަނާފައިވަނީ ހާލަތެއް މެދުވެރިވެގެން ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

ކަންތައްތައް ހިނގާދިޔަ ގޮތާ ބެހޭގޮތުން އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މުންތަގިމް "އަދަދު" އަށް ވިދާޅުވެފައިވަނީ ރާއްޖޭން މުބާރާތުގައި ވާދަކުރުމަށް ފުރަން ހަ ގަޑިއިރަށް ވެފައި ވަނިކޮށް ގައުމީ އެތުލެޓިކްސް ޓީމުގެ ޕީސީއާރް ޓެސްޓްތަކުގެ ނަތީޖާ ލިބުނުއިރު، އަންހެން ރިލޭ ޓީމުގެ އެއް އެތުލީޓަކު ކޮވިޑް-19 އަށް ޕޮޒިޓިވް ކަމަށެވެ. އަދި އިތުރު އެތުލީޓަކުގެ އާއިލާއާ ވާހަކަ ދެއްކުމަށް ފަހު އެ އެތުލީޓަށް ވެސް ދެވޭނެ ގޮތް ނުވުމުން އަންހެން ރިލޭ ޓީމު ހަަމަވުމުގައި ވެސް ދަތިތަކެއް ކުރިމަތިވެ، ގޮތްތަކެއް ހޯދަން ޖެހުނީ ކަމަށް ވިދާޅުވި އެވެ. އެހެންވެ، ތަޖުރިބާ ހޯދަން މުބާރާތުގައި އަންހެން ރިލޭ ޓީމު ހަމަކުރަން އިންޑިއާ އެތުލީޓަކު ލައިގެން މިކްސް ޓީމެއްގެ ގޮތުގައި ވާދަކުރީ ކަމަށެވެ.

މަރޭ "އަދަދު" އަށް ވިދާޅުވީ ކަންތައްތައް ހިނގާދިޔަ ގޮތް އެތުލެޓިކްސް އެސޯސިއޭޝަނުން ވެސް ވަނީ ކިޔައިދީފައި ކަމަށާއި ކުޅިވަރުގައި އަދި ވަކިން ހާއްސަކޮށް އޮލިމްޕިކްސް ހަރަކާތްތަކުގެ ތެރެއިން ބޭއްވޭ އެކި އެކި ކުދިކުދި އިވެންޓްތަކުގައި ވެސް ބަލަނީ ކުޅުންތެރިންނަށް ފުރުސަތު ނުގެއްލޭނެ ގޮތަށް ކުރިއަށް ދިއުން ކަމަށެވެ. އެ އުސޫލުން ބަލާކަަމަށްވާނަމަ އިންޑިއާ މުބާރާތުގައި އެ ދިމާވި ކަންތައްތަކަށް ފަހު އެތުލީޓުންނަށް ވާދަކޮށްލަން އެ ފުރުސަތު ލިބުން ވެސް އެއީ ބަލައިގަންނަން ޖެހޭ ކަމެއް ކަމަށެވެ.

"އިންޓަނޭޝަނަލް އިވެންޓެއްގައި މިކްސް އިވެންޓެއް ދުވެގެން މި އުޅެނީ އަލަކަށް ނޫން. މީގެ ކުރިން ވެސް އެކަންކަން ވެފައި އެބަހުރި. މީގެ ބޭނުމަކީ ދިމާވާ ކަމެއްގެ ސަބަބުން އެތައް މަސައްކަތެއް ކޮށްގެން މުބާރާތަށް އަންނަ އެތުލީޓަކަށް ފުރުސަތު ނުގެއްލި ވާދަކުރެވޭ ގޮތްވުން. އެތުލީޓެއް މުބާރާތެއްގައި ވާދަކުރަން އެ ކުރާ ބުރަ މަސައްކަތް ފަހު ވަގުތު ގެއްލިދާން ބޭނުމެއްނުވާނެ،" މަރޭ ވިދާޅުވި އެވެ.

"އިންޑިއާ ވީމަ މި މައްސަލަ އަކަށް މި ވަނީ. އަޅުގަނޑުމެން ލަންކާގެ ކުޅުންތެރިން ގައުމީ ޓީމުގައި ހިމަނައިގެން ކްރިކެޓް ޓީމު ލައްވައި ގައުމު ފަހުރުވެރިވާ ވަރުގެ ނަތީޖާތަކެއް ވެސް ނެރެފިން. އޭރަކު މައްސަލައެއް ކަމަކަށް ނުފެނުނު. މީގެ ވަރަށް މުހިއްމު މިހާރު މި ފެންނަ ސިޔާސީ އޮއެވަރުތަކުގެ ތެރެއަށް ކުޅިވަރު ދޫކޮށްނުލުން. އެއީ ކުޅިވަރު އާއިލާގެ އިސް ބޭފުޅުންނަށް ވެސް ކުޅިވަރު އާއިލާގެ އެންމެނަށް ވެސް މީޑިއާ ވެސް ހިމެނޭ ގޮތަށް އަޅުގަނޑު ކުރާ އިލްތިމާސެއް،"

މަރޭ ވިދާޅުވީ ކުޅިވަރުތަކުގެ ތެރެއިން އުސޫލުތައް ހަމަޖެހިފައިވާ ގޮތުން އެކި ފުރުސަތުތައް ހުންނަ ކަމަށެވެ. އެ ގޮތުން ކްރިކެޓްގެ މައި ޖަމިއްޔާގެ ފަރާތުން ދީފައި އޮންނަ ފުރުސަތެއްގެ ތެރެއިން ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމަށް ލަންކާގެ ފަސް ކުޅުންތެރިން ލައިގެން ވެސް ކުޅުނު ކަމަށެވެ. ހަމަ އެ ގޮތަށް އެކި ކުޅިވަރުތަކުގެ ތެރެއިން ވެސް ކަންކަން ކުރެވޭނެ ކުޅިވަރުގެ ހަވާސާއިން ބޭރުނުވާ އުސޫލުތައް ހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ ކަންކަން ރަނގަޅު ކުރަން ވެސް ފުރުސަތެއް: މަރޭ

ހިނގާދިޔަ ކަންތައްތަކުގެ ތެރެއިން މަރޭގެ ނަޒަރުގައި މުސްތަގުބަލަށް ހޯދޭނެ ރަނގަޅު ކަމެއް ވެސް އެބައޮތެވެ. އެއީ މި ކަންތައްތަކުން އިބުރަތް ހާސިލްކޮށް ދުނިޔޭގެ އެކި ގައުމުތަކުގައި ކުޅިވަރުގެ ތެރެއިން ހުޅުވިފައިވާ ފުރުސަތުތަކަށް ދިވެހިން އަހުލުވެރިވެ، މައުލޫމާތު ލިބިފައި ހުރުމުގެ މުހިއްމުކަން ވެސް މީގެއިން ދަސްވާނެ ކަމަށެވެ.

އޮލިމްޕިޒަމް އިން ދޭ އެންމެ މުހިއްމު ފިލާވަޅުތަކުގެ ތެރެއިން އެއް ކަމަކީ ޒުވާނުންނަށް ކުޅިވަރުގެ ތެރެއިން ތަމްރީނު ދޭއިރު ބައިބައިވުމުގެ އުސޫލުތަކުން އެއްކިބާވެ، ގުޅުން ބަދަހިކޮށްގެން ކަންތައްތައް ކުރިއަަށް ގެންދިއުން ކަމަށް މަރޭ ވިދާޅުވި އެވެ. އެ ފަދަ ގޮތަކަށް ރާއްޖޭގައި ވެސް ކުޅިވަރުގެ ރޮނގުން ކުރިއަށް ދިއުމުގައި އެ އޮންނަ އުސޫލުތަކުގެ ތެރެއިން ފުރުސަތު އޮންނަން ޖެހޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"މިސާލަކަށް ބަލަމާ ދެ ކޮރެއޭ. ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާ މި ފަހުން އެ ނިންމީ އެއް ޓީމެއްގެ ގޮތުގައި ވިންޓަ އޮލިމްޕިކްސްގައި ބައިވެރިވާން. އަޅުގަނޑުމެން ރާއްޖެއާ އެ ފަދަ ގޮތަކަށް މައްސަލަތަކެއް ދިމާވެފައި އޮތް ގައުމެއް އެބައޮތްތޯ މި ގޮތަށް މިކްސް އިވެންޓެއްގައި ދުވެލައިގެން މިހާ ކަންތައްތައް ގޯސްކުރަން. އެހެންވީމަ އަޅުގަނޑުގެ އިލްތިމާސަކީ އޮލިމްޕިކްސް ހަރަކާތް ނޫނީ މި މޫވްމަންޓްގެ ތެރެއިން ހުރި ފުރުސަތުތަކަށް ވީހާ ވެސް ރަނގަޅަށް ބަލައި އަހުލުވެރިވުން ދިވެހިންނަށް މީގެ އެންމެ މޮޅު ގޮތަކީ،" މަރޭ ވިދާޅުވި އެވެ.

މަރޭ ވިދާޅުވީ ކުޅިވަރުގެ ތެރެއިން ކަންކަން ކުރާއިރު، މީގެ އެންމެ މުހިއްމު ގޮތަކީ ފުރުސަތު ލިބެން ޖެހޭ ބަޔަކަށް އުސޫލެއްގެ ތެރެއިން އެ ގެއްލުނަނުދީ ހައްގު ހިމާޔަތް ކުރުން ކަމަށެވެ. އެ ފަދަ ނަޒަރިއްޔާ އަކުން ބަލައި ދުނިޔޭގައި ކަންކަން ކޮށްފައި ހުންނަ އުސޫލު ބަލާލައިގެން ކުޅިވަރުގެ ކަންތައްތަކުގައި ވާހަކަ ދެއްކުން ވަރަށް މުހިއްމު ކަމަށާއި ކުޅިވަރަކީ ހަަމައެކަނި ކުޅިވަރެއްގެ ގޮތުގައި ބަލައިގެން ކަންކަމުގައި ވާހަކަ ދެއްކުން އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް މަރޭ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox