ރަށުގައި ގެ ހަދަން ދޭ "ގެދޮވެރިޔާ" ލޯނު ހަތް ލައްކައަށް ވުރެ އިތުރު ކުރަން ވިސްނަނީ

ރައީސް ސޯލިހު އިއްޔެ ކުޅުދުއްފުށި ސިޓީ ކައުންސިލް އާއެކު އޮންލައިންކޮށް ބައްދަލުކުރައްވަނީ. -ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު އިއްޔެ ކުޅުދުއްފުށި ސިޓީ ކައުންސިލް އާއެކު އޮންލައިންކޮށް ބައްދަލުކުރައްވަނީ. -ފޮޓޯ: ރައީސް އޮފީސް

އަތޮޅުތެރޭގައި ގެދޮރު އިމާރާތްކުރަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ތައާރަފުކޮށްފައިވާ "ގެދޮރުވެރިޔާ" ލޯނު އެންމެ މަތިން ދޫކުރާ އަދަދު އިތުރުކުރަން ވިސްނަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީ އަދި އެޗްޑީއެފްސީ ގުޅިގެން ހިންގާ ގެދޮރުވެރިޔާ ލޯން ސްކީމަކީ ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް ގެދޮރު އިމާރާތްކުރަން ދޫކުރާ ދިގު މުއްދަތުގެ އިންޓްރެސްޓް ކުޑަ ލޯނު ދޫކުރުމަށް ހިންގާ ގެދޮރުވެރިކަމުގެ ސްކީމެކެވެ.

މި ލޯނުގެ ތެރެއިން ގިނަވެގެން ހަތް ލައްކަ ރުފިޔާ ގެދޮރު އިމާރާތްކުރަން ނުވަތަ މަރާމާތުކުރަން ދޫކުރަން ސަރުކާރުން އޮތީ ނިންމައިފަ އެވެ.

ނަމަވެސް، ހަތް ލައްކަ ރުފިޔާއަކީ ގެދޮރު އިމާރާތްކުރަން އެކަށީގެންވާ އަދަދެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލާއެކު އިއްޔެ އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައި ގެދޮރުވެރިޔާ ލޯނު ސްކީމަށް މިހާރު ކަނޑައަޅާފައިވާ އަދަދު އިތުރުކުރުމާއި މިހާރު އެންމެ ބޮޑުކޮށް ޕްރޮޖެކްޓަކަށް ދޫކުރާ އަދަދު 700,000 އަށްވުރެ އިތުރު ކުރުމަށް ވިސްނަވާކަމުގައި ރައީސް ސޯލިހު ވިދާޅުވިކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި ޖުމްލަ 1.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ އެ ލޯނު ސްކީމްގެ ދަށުން ކުޅުދުއްފުށި ސިޓީފަދަ ބޯހިޔާވަހިކަމަށް ބޮޑަށް ބޭނުން ޖެހިފައިވާ ރަށްތަކަށް އިސްކަން ދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށް ބުނެފައިވެ އެވެ.

މި ބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ މޭޔަރު ވަނީ މިހާރުވެސް އެސިޓީގައި ގެދޮރުގެ ދަތިކަން ކުރިމަތިވެ 1200 އެއްހާ މީހުން ބޯހިޔާވަހަކަމަށް ބޭނުންވެފައި ތިބިކަން ފާހަގަކުރައްވައިފަ އެވެ.

ގެދޮރުވެރިޔާ ލޯނަކީ ހަ ޕަސެންޓް އިންޓްރެސްޓް ރޭޓުގައި މަހަކު ކުޑަ އިންސްޓޯލްމަންޓެއް ދައްކައިގެން 20 އަހަރު ދުވަހުން އަދާކުރަން ޖެހޭ ލޯނެކެވެ.

މިއީ މިހާރު ރާއްޖޭގައި ހުރި ކޮމާޝަލް ބޭންކުތަކާއި މާލީ އިދާރާތަކުން ދޫކުރާ ހައުސިން ލޯނުތަކުގެ އިންޓްރެސްޓް ރޭޓަށް ވުރެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކުޑަ އަދަދެކެވެ.

ގެދޮރުވެރިޔާ ލޯންގެ ތަފްސީލް

ލޯން ދޫކުރާނީ އަމިއްލަ ގޯތީގައި އަލަށް ގެއެއް އަޅަން ނުވަތަ ނުނިމި ހުރި މަސައްކަތްތައް ކުރަން.

  • ހަދަން ފަށާފައި ނުނިމި ހުރި އިމާރާތަށް ބައެއް އިތުރުކުރަން ވެސް ލޯނަށް އެދެވިދާނެ.
  • އެކަކަށް އެންމެ ގިނައިން ދޫކުރަން ނިންމާފައި ވަނީ 700,000ރ.
  • 15 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5,907ރ.
  • 16 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5,680ރ.
  • 17 އަހަރަށް ބަހާލުމުން މަހަކު ޖެހޭނީ 5,485ރ.
  • 18 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5,307ރ.
  • 19 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5,153ރ.
  • 20 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5,015ރ.

މި ލޯނަށް އެދޭ މީހާގެ ނަންމަތީގައި އަމިއްލަ ބިމެއް ރަޖިސްޓްރީވެފައި އޮންނަން ޖެހެ އެވެ. އަދި އެ ބިން ލިބިފައިވާ ރަށުގެ ރަށްވެއްސަކަށް ވުމާއި އެ ރަށުގައި އާއިލާއެކު ދިރިއުޅޭތާ މަދުވެގެން ތިން އަހަރު ވެފައިވާން ޖެހެ އެވެ.

ސަރުކާރުން ބުނިގޮތުގައި މި ސްކީމާ އެކު އަމިއްލަ ބޯހިޔާވަހިކަމަށް ނުވަދެވި ތިބި އެތައް ބަޔަކަށް ލުއި ފަސޭހަކޮށް އެ އިންތިޒާމް ހަމަޖެހިގެންދާނެ އެވެ. ގެދޮރު ލޯންތައް ބޭންކްތަކުން ދޫކުރަމުން އަންނަނީ ބޮޑު އިންޓްރެސްޓް ރޭޓުގަ އެވެ. މިކަމާ ހެދި, އެތައް ބަޔަކަށް ލޯނު ނުލިބި އަމިއްލަ ގެދޮރަށް ނުވަދެވި ތިބެން ޖެހިފައި އެބަތިއްބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox