ރިލްވާންގެ މައްސަލާގައި ވީޑިއޯއެއް، އަނެއްކާވެސް އެދުނީ މައުލޫމާތު ފޯރުކޮށްދޭން

ރިލްވާން މައްސަލާގައި ކޮމިޝަނުން އާންމުކުރި ވީޑިއޯގެ މަންޒަރެއް: އެދުނީ މައުލޫމާތު ފޯރުކޮށްދޭން

ރިލްވާން މައްސަލާގައި ކޮމިޝަނުން އާންމުކުރި ވީޑިއޯގެ މަންޒަރެއް: އެދުނީ މައުލޫމާތު ފޯރުކޮށްދޭން

މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ހެދި ކޮމިޝަނަށް ދެ އަހަރުވެފައިވަނިކޮށް، އެންމެ މުހިންމު ކަމެއް ދީގެން ބަލަމުން އަންނަ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ މައްސަލައާ ގުޅޭ މައުލޫމާތު ހިއްސާކޮށް ދިނުމަށް އަނެއްކާވެސް އެދިއްޖެ އެވެ.

ކޮމިޝަނުން މިއަދު ވަނީ ރިލްވާން ގެއްލުވާލި ރޭ ކަންހިނގައިދިޔަ ގޮތް ކިޔައިދީ ތައްޔާރުކޮށްފައިވާ ރީއެނެކްޓްމެންޓް ވީޑިއޯއެއް އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި ހާމަކޮށްފައިވާ މައުލޫމާތުތަކަކީ މީގެކުރިން ކޮމިޝަނުން ވެސް އާންމުކޮށްފައިވާ މައުލޫމާތުތަކެވެ.

އެގޮތުން ރިލްވާންގެ އެންމެ ފަހުގެ މަންޒަރުތަކާއި، ރަތް ކާރަކަށް ރިލްވާން ގަދަކަމުން އަރުވައިގެން ގެންދިޔަ ކަމަށް އެ ވީޑިއޯގައި ބުނެ އެވެ.

މި ކާރާ ގުޅިގެން ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށް ދައުވާކޮށް ޝަރީއަތް ހިންގި ނަމަވެސް، އެ މައްސަލަ ކުރިމިނަލް ކޯޓުގައި ސާބިތުވެފައެއް ނުވެ އެވެ.

މިއަދު އާންމުކުރި ވީޑިއޯގައި ރިލްވާން އެޕާޓްމެންޓް ކައިރިން ފެނުނު ވަޅިއާ ގުޅޭ މައުލޫމާތު ވެސް ކޮމިޝަނުން ހޯދަމުންދާ ކަމަށް ބުނެފައިވެ އެވެ. އެ ވަޅި ފުލުހުންގެ ބެލުމުގެ ދަށުގައި އޮތްވައި، އެ ބޭރަށް ފޮނުވައިގެން ކޮމިޝަނުން ތަހުލީލުތަކެއްކުރި އެވެ.

އޭގެން ތަހުގީގަށް ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް ބުނެފައިވީ ނަމަވެސް، އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

ކޮމިޝަނުން މިއަދު ބުނި ގޮތުގައި ރިލްވާންގެ މައްސަލާގައި މައުލޫމާތު އެނގޭ މީހުން އާންމުންގެ ތެރޭ ތިބެދާނެ ކަމަށް އެ ކޮމިޝަނަށް އަދިވެސް ގަބޫލުކުރެވެ އެވެ. އެހެންވެ، އެފަދަ މީހެއްވާނަމަ އަވަހަށް އެ މައުލޫމާތެއް ކޮމިޝަނަށް ހިއްސާކޮށްދިނުމަށް ވަނީ އެދިފަ އެވެ.

މައްސަލާގައި ޝަރީއަތަށް ސާބިތު ކުރެވޭ ފަދަ މައުލޫމާތެއް ހިއްސާކުރާ މީހުންނަށް ފަސް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ވެސް ކޮމިޝަނުން ހުށަހަޅާފައިވެ އެވެ.

ރިލްވާންގެ ދައްތަ ފާތިމަތު ޝެހެނާޒު ވެސް ވީޑިއޯގައި އެދިފައިވަނީ ކޮމިޝަނުން ކުރަމުންދާ ތަހުގީގަށް ބޭނުން ހިފޭނެ އެއްވެސް މައުލޫމާތެއްވާ މީހަކު ނަމަ، އެ މައުލޫމާތެއް އަވަހަށް ހިއްސާކޮށްދީ ރިލްވާންއަށް އިންސާފު ހޯދައިދިނުމަށެވެ.

ކޮމިޝަނުން ވަނީ ރިލްވާންގެ މައްސަލާގައި ތަހުގީގު ހިންގައި މީގެކުރިން ރިޕޯޓެއް އެކުލަވާލާފަ އެވެ. އެ ކޮމިޝަނުން ހިންގި ތަހުގީގުގައި ބައެއް މީހުންގެ ޕާސްޕޯޓް ހިފަހައްޓައި ބައެއް ގެތައް ފާސް ވެސް ކުރި އެވެ. ނަމަވެސް، މިހާތަނަށް އެ މައްސަލާގައި މީހަކަށް ދައުވާ ކުރެވޭވަރު ވެފައެއް ނުވެ އެވެ.

ރިލްވާން ގެއްލުވާލި ރޭ އޭނާގެ އެޕާޓްމެންޓް ކައިރިން ހަޅޭލަވާ އަޑު އިވުނު ކަމަށް ބުނެ ކުރިމިނަލް ކޯޓުގައި ބައެއް މީހުން ހެކިބަސް ދީފައި ވެސް ވެ އެވެ. ކޮމިޝަނުގެ ރިޕޯޓްގައި ބަޔާންކޮށްފައިވާ ގޮތުގައި ލިބިފައިވާ ހެކިތަކަށް ބަލާއިރު ބެލެވެނީ އެ ރޭ ރިލްވާން ކިޑްނެޕްކޮށްގެން ގެންގޮސް، އޭނާ މަރާލީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox