ސްކޮޓްލެންޑުން ޔޫރޯއާ ހެދި ކޮވިޑްގެ 2000 ކޭސް!

Jul 1, 2021, 4:30 AM
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްކޮޓްލެންޑާއި ކްރޮއޭޝިއާ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްކޮޓްލެންޑާއި ކްރޮއޭޝިއާ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ގްލާސްގޯ (ޖުލައި 1) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗުތަކާ ހެދި ސްކޮޓްލެންޑުން ދެ ހާހެއްހާ ކޮވިޑް-19 ގެ ކޭސް ފެނިފައިވާ ކަމަށް އެ ގައުމުގެ ސިއްހީ ކަންތައްތަކާ ބެހޭ އޮފިޝަލުން ތައްޔާރުކުރި ރިޕޯޓްތަކުން ދައްކައިފި އެވެ.

މި ފަަހަރުގެ މުބާރާތުގެ ތެރެއިން ސްކޮޓްލެންޑްގެ ކުޅުންތެރިޔާ ބިލީ ގިލްމޯ ކޮވިޑަށް ޕޮޒިޓިވްވި އެވެ. އަދި މުބާރާތް ފެށުމުގެ ކުރިން ސްކޮޓްލެންޑްގެ ޖޯން ފްލެކް ކޮވިޑަށް ޕޮޒިޓިވްވެ، ހަ ކުޅުންތެރިއަކު އައިސޮލޭޓް (އެކަހެރި) ކުރި އެވެ. ޔޫރޯގައި ސްކޮޓްލެންޑާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ކްރޮއޭޝިއާގެ އިވާން ޕެރިސިޗް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ސްކޮޓްލެންޑްގެ ޕަބްލިކް ހެތުން ތައްޔާރުކުރި ރިޕޯޓްގައިވާ ގޮތުން 1991 ކޮވިޑް ޕޮޒިޓިވް ކޭހަކީ މި މަހު 18 ވަނަ ދުވަހު އިންގްލެންޑާއި ސްކޮޓްލެންޑް ބައްދަލުކުރި މެޗު ބަލަން ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމަށް ދިޔަ މީހުންނެވެ. އޭގެ ތެރޭގައި ދަނޑަށް ވަދެ އެ މެޗު ބެލި 397 ސަޕޯޓަރުން ހިމެނެ އެވެ.

"މި ވަގުތަށް ޕޮޒިޓިވްވި މީހުން 2000 އާ ގާތްކުރާނެ. ދެން ސީދާ އަދަދެއް ބުނަން އެނގޭނީ އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗަށް ދެ ހަފްތާ އެއްކޮށް ހަމަވީމަ،" ސްކޮޓްލެންޑްގެ މެޑިކަލް އޮފިޝަލަކު އެ ގައުމުގެ ނޫހަކަށް ބުނެފައިވެ އެވެ.

ސްކޮޓްލެންޑްގެ ކެޕްޓަން އެންޑީ ރޮބަޓްސަން މެޗެއްގެ ތެރެއިން.

އިންގްލެންޑާ ދެކޮޅަށް ސްކޮޓްލެންޑް ކުޅުނު މެޗަށް ދަނޑަށް ވަންނަން ސްކޮޓްލެންޑްގެ ސަޕޯޓަރުންނަށް ހާއްސަ 2600 ޓިކެޓް ދޫކޮށްފައިވެ އެވެ. ޓިކެޓް ނެތިވެސް އިނގިރޭސި ޕަބްތަކާއި އެ ނޫން ވެސް ސަޕޯޓަރުން ގިނަ މަގުތަކާއި ޕާކް ފަދަ ތަންތަނުގައި ތިބެގެން މެޗު ބަަލަން ސްކޮޓްލެންޑްގެ އެތައް ހާސް ބަޔަކު އިންގްލެންޑަށް ދިޔަ އެވެ. އެހެންވެ، އަދި ވެސް އެ ދަތުރާ ގުޅޭ އިތުރު ކޮވިޑް ކޭސްތައް ފެނުމުގެ ފުރުސަތު ބޮޑެވެ.

މި ފަހަރުގެ ޔޫރޯގެ ހަތަރު މެޗެއް ވަނީ ސްކޮޓްލެންޑްގައި ކުޅެފަ އެވެ. އެއީ ގްރޫޕް ސްޓޭޖުގައި ސްކޮޓްލެންޑުން ޗެކް ރިޕަބްލިކާއި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު ދެ މެޗާއި ކްރޮއޭޝިއާ އާއި ޗެކް ރިޕަބްލިކް ކުޅުނު މެޗުގެ އިތުރުން ދެ ވަނަ ބުރުގައި ސްވިޑެން އާއި ޔޫކްރެއިން ބައްދަލުކުރި މެޗެެވެ. އެ މެޗުތައް ބަލަން އެވްރެޖްކޮށް 6000 ސަޕޯޓަރުން ވަނީ ސްކޮޓްލެންޑްގެ މަޝްހޫރު ސްޓޭޑިއަމް ހެމްޕްޑެން ޕާކަށް ވަދެފަ އެވެ.

ކޮވިޑް-19ގެ ތެރޭގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ވައްދައިގެން ޔޫރޯގެ މެޗުތައް ކުރިއަށްގެންދާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޔޫރަޕްގެ މައި އޮފީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ހާއްސަކޮށް އިނގްލެންޑުގައި އަނެއްކާ ވެސް ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާއިރު، ޔޫރޯގެ ސެމީ ފައިނަލާއި ފައިނަލް މެޗު ބަލަން ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމަށް 60،000 އަށް ވުރެ ގިނަ ސަޕޯޓަރުން ވައްދަން މަސައްކަތްކުރަމުން އަންނައިރު، އެ ކަމާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަ އެވެ.

އިންގްލެންޑްގައި ކޮވިޑްގެ ހާލަތު ގޯސްވާތީ ގިނަ ޓީމުތަކަކުން އަންނަނީ ސެމީ ފައިނަލް ދެ މެޗާއި ފައިނަލް މެޗު އިންގްލެންޑް ނޫން ތަނެއްގައި ކުޅެން ގޮވާލަމުންނެވެ. މެޗުތައް ބަދަލުކުރަން ގައުމުތަކުން ބޭނުންވަނީ އިޓަލީގެ ރޯމުގައި ނޫނީ ހަންގޭރީގެ ބުޑަޕެސްޓްގަ އެވެ.

މި ފަހަރުގެ ޔޫރޯގައި އެންމެ ގިނަ ސަޕޯޓަރުން މެޗުތައް ބަލަން ވެއްދީ ހަންގޭރީންނެވެ. ހަންގޭރީގެ މަޝްހޫރު ޕުސްކަސް އެރީނާގައި ކުޅުނު މެޗުތައް ބަލަން އެވްރެޖްކޮށް 55،000 މީހުން ވަނީ ދަނޑަށް ވަދެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox