އިންޑިއާ މުބާރާތުގައި ދުވީ ގައުމީ ޓީމެއް ނޫން: މަހުލޫފް

Jun 30, 2021, 8:56 PM
މިދިޔަ އަހަރު ބޭއްވި ރަން އަހަރު ހަރަކާތުގެ ތެރެއިން މިނިސްޓަރު މަހުލޫފް.

މިދިޔަ އަހަރު ބޭއްވި ރަން އަހަރު ހަރަކާތުގެ ތެރެއިން މިނިސްޓަރު މަހުލޫފް.

އިންޑިއާގައި ކުރިއަށްދިޔަ އިންޓަ ސްޓޭޓްސް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ އަންހެން ރިލޭ ޓީމުގައި ހިމެނިގެން އިންޑިއާގެ އެތުލީޓަކު ދުވި މައްސަލަ ހޫނުވެފައިވާއިރު، އެ އިވެންޓުގައި ދުވީ ގައުމީ ރިލޭ ޓީމެއް ނޫން ކަމަށާއި އެ ޓީމުން ލައިގެން ތިބީ ގައުމީ ޖޯޒީއެއް ވެސް ނޫން ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނެރުނު ބަޔާނެއް ހިިމަނައިގެން މިނިސްޓަރު މަހުލޫފް މިރޭ ކުރެއްވި ޓްވީޓެއްގައި ދެންނެވި މި ވާހަކަ އަކީ ސަސްޕެންޝަނެއްގައި ހުރުމުން ރަސްމީ ހައިސިއްޔަތުން ދެއްކި ވާހަކައެއް ނޫން ކަމަށް ވަނީ ވިދާޅުވެފަ އެވެ. ޔޫތު މިނިސްޓަރުގެ ޒިންމާ އިން މަހުލޫފް އެކަހެރި ކޮށްފައި ހުރީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ގޮތެއް ނިންމަންދެނެވެ.

އިންޑިއާގައި ކުރިއަށްދިޔަ ސްޓޭޓް ޗެމްޕިއަންޝިޕްގައި ގިނަ ގައުމުތަކެއްގެ އެތުލީޓުން ވާދަކުރިއިރު، އަންހެނުންގެ ހަތަރެއް ގުނަ 100 ގެ ރިލޭގައި ރާއްޖޭގެ ޓީމުގައި ހިމެނޭ ކުޅުންތެރިން ވާދަކުރީ އިންޑިއާ އެތުލީޓަކު ވެސް ޓީމުގައި ހިމަނައިގެންނެވެ. މި މައްސަލައިގައި ގިނަ ބަޔެއްގެ ހިތްހަމަނުޖެހުން ބޮޑުވެފައިވާއިރު، ގިނަ ބަޔަކު ވަނީ ގައުމީ ޖޯޒީ ލައިގެން އިންޑިއާ އެތުލީޓަކު ލައްވައި ވާދަނުކުރެވޭނެ ކަމަށް ބުނެފަ އެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިމާވި ހާލަތެއްގެ ސަބަބުން އެއީ ގައުމީ ޓީމުން ވާދަކުރި އިވެންޓެއް ނޫން ކަމަށާއި އެއީ ގައުމީ ޓީމުގެ އެތުލީޓުންނަށް ލިބުނު ފުރުސަތެއްގައި އިންޑިއާ އެތުލީޓަކު ހިމެނޭ ގޮތަށް ބައިވެރިވި އިވެންޓެއް ކަމަށެވެ. އަދި ބޭނުންކުރީ ގައުމީ ޖޯޒީއެއް ނޫން ކަމަށާއި އެއީ ޓީމުގެ ޓްރެއިނިން ކިޓެއް ކަމަށް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ އޭނާ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދުވީ ގައުމީ ޓީމެއް ނޫން ކަމަށާއި އަދި ބޭނުންކުރީ ގައުމީ ޖޯޒީއެއް ވެސް ނޫނެވެ.

"އެކުދިންނާ އެކީ އެހެން ގައުމުތަކުގެ އެތުލީޓުން ބައިވެރިވެ ތަމްރީންތައް ލިބުމަކީ، ކުރިއަށް ތާވަލް ކޮށްފައިހުރި ގައުމީ ޓީމުން ވާދަކުރާ ބައިނަލްއަގުވާމީ މުބާރާތްތަކަށް ލިބޭނެ ކުރިއެރުމެއް. އެހެން ދިމާވީ (އިންޑިއާ އެތުލީޓަކު ބައިވެރިކުރަން ޖެހުނީ) ވެސް ކުއްޖެއް (ކޮވިޑަށް) ޕޮސިޓިވް ވެގެެން،" މިނިސްޓަރު ކުރެއްވި ޓްވީޓްގައިވެ އެވެ.

މަހުލޫފް ވިދާޅުވީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި އެ ގައުމެއްގެ ރަށްވެހިކަން ނެތް ރައްޔިތެއް ފިޔަވައި އެހެން ގައުމެއްގެ ރައްޔިތަކަށް ވާދައެއް ނުކުރެވޭނެ ކަމަށެވެ. އެކަމަކު އެ ގަވާއިދު އިސްތިސްނާވާ ގޮތަށް ކްރިކެޓްގައި ވަކި އުސޫލެއް އޮންނަކަން މަހުލޫފް ވަނީ ފާހަގަކުރައްވައިފަ އެވެ.

"ހަމައެކަނި އައިސީސީ އިން ދުނިޔޭގައި ކްރިކެޓު ކުރިއަރުވަން ކުރާކަމެއް ގޮތަށް އެ ޖާގަ ގައުމުތަކަށް ދީފައި އޮވޭ،" މަހުލޫފް ވިދާޅުވި އެވެ.

"އެންމެ ކުރީއްސުރެ ރާއްޖޭގެ ކްރިކެޓް ޓީމުގައި އައިސީސީގެ ގަވައިދާ އެއްގޮތަށް ރާއްޖޭގައި ދިރިއުޅޭ ބޭރު ގައުމެއްގެ ދެ ތިން ކުޅުންތެރިން އެހެން ގައުމު ތަކެކޭ އެއްގޮތަށް ހިމަނާ. އެތުލެޓިކްސް ޓީމުން އުޅެނީ ތަމްރީނެއްގައި، އެއީ ބައިނަލްއަގުވާމީ އިދާރާއެއްގެ މުބާރާތެއް ނޫން،"

އިންޑިއާ އެތުލީޓު ލައިގެން މި ފަހަރުގެ މުބާރާތުގައި އަންހެން ރިލޭ ޓީމު ތިން ފަހަރު ދުވުނުއިރު، އޭގެ ތެރެއިން އެއް ފަހަރު ގައުމީ ރެކޯޑަށް ވުރެ އަވަސް ޓައިމިންއެއްގައި ނިންމާފައިވެ އެވެ. އެކަމަކު އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ މިއީ ރާއްޖޭގެ ގައުމީ ޓީމު ވާދަކުރި އިވެންޓެއް ކަމަށް ނުވާތީ އެއީ ރާއްޖޭގެ ރެކޯޑް ޓައިމިން ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ވެސް އަދި ދުނިޔޭގެ ފެޑެރޭޝަނުން ވެސް ބަލައިނުގަންނާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox