ބާސެލޯނާއާ އެކު މެސީ ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވެއްޖެ

Jul 1, 2021, 2:28 AM
ބާސެލޯނާއާ އެކު މެސީ ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވެއްޖެ

ބާސެލޯނާ (ޖުލައި 1) - ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން އިއްޔެގެ ނިޔަލަށް މުއްދަތު ހަމަވެއްޖެ އެވެ.

ކޮންޓްރެކްޓް ހަމަވުމާ އެކު ރަސްމީ އުސޫލުން ބަލާކަމަށްވާނަމަ މެސީ އަކީ މިހާރު ބާސެލޯނާ ކުޅުންތެރިއެއް ނޫނެވެ. މިއީ 2000 ވަނަ އަަހަރު ޒުވާން އުމުރުގައި ބާސެލޯނާ އަށް ބަދަލުވި ފަހުން މެސީ އަށް ބާސެލޯނާގައި ކޮންޓްރެކްޓެއް ނެތި ދާ ފުރަތަމަ ފަަހަރެެވެ.

ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން މަސައްކަތް ކުރީ މިދިޔަ މަހު 24 ވަނަ ދުވަހު މެސީ އޭނާގެ 34 ވަނަ އުފަން ދުވަސް ފާހަގަކުރިއިރު، ބާސެލޯނާގެ އާ ކޮންޓްރެކްޓްގެ ކަންކަން ރަސްމީކޮށް އިއުލާނުކުރާށެވެ. އެކަމަކު، އެކަން އެ ގޮތަށް ނުކުރެވުނީ ބާސެލޯނާގެ މުޅި ޓީމުގެ މުސާރަތައް މި ވަގުތު ވަރަށް ބޮޑުކޮށް ހުރުމުން އެ ކޮންޓްރޯލް ކުރުމަށް ވަގުތު ބޭނުންވާތީ އެވެ.

މެސީއާ އެކު ބާސެލޯނާ އިން އިތުރު ދެ އަހަރުގެ ކޮންޓްރެކްޓެއް ސޮއިކުރަން ނިންމާފައިވާއިރު، އެކަން ކުރެވެން އޮތީ ބާސެލޯނާގެ މުޅި ސްކޮޑުގެ މުސާރަތައް ލީގުގެ ގަވާއިދު ބުނާ އުސޫލުތަކާ އެއްގޮތަށް ކޮންޓްރޯލް ކުރުމަށް ފަހު އެވެ. މެސީއާ އެކު ބާސެލޯނާ އިން އާ ކޮންޓްރެކްޓްގައި ސޮއިކުރި ނަމަވެސް އެ އެއްބަސްވުން ރަޖިސްޓްރީ ކޮށްދޭން ލަލީގާ އިން ނިންމާފައިވަނީ ބާސެލޯނާގެ މުޅި މާލީ ހާލަތާއި މުސާރައިގެ ކަންތައްތަކުގެ ފުރިހަމަ ރިޕޯޓްތައް ލިބުމުންނެވެ. އެއީ މެސީ އަކީ ބާސެލޯނާގެ އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިޔާ ކަމަށްވާތީއާ ވެސް އެކު އެވެ.

ބާސެލޯނާއާ އެކު މެސީ ހަދާފައިވާ ކޮންޓްރެކްޓް އިއްޔެގެ ނިޔަލަށް މުއްދަތު ހަމަވެފައިވާއިރު، މިހާރު މެސީ ބޭނުންނަމަ ހިލޭ ޓްރާންސްފާއެއްގައި ބޭނުން ޓީމަކަށް ސޮއިކުރެވޭނެ. އޭނާ ހޯދަން މީގެ ކުރިން މެންޗެސްޓާ ސިޓީ އާއި ޕީއެސްޖީން މަސައްކަތްކުރި ނަމަވެސް ފަހަކަށް އައިސް އެ ވާހަކަތައް އޮތީ މަޑުޖެހިފަ.

ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން މިދިޔަ އަހަރު މެސީ ވަނީ އިއުލާނުކޮށްފަ އެވެ. އެއީ އޭރު އެ ކްލަބްގެ އިސްވެރިންގެ ގޮތުގައި ތިބި ކްލަބްގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއުގެ ލީޑަޝިޕާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިގެންނެވެ. އެކަމަކު މެސީ އެދުނު ގޮތަށް އޭނާ ވިއްކާލަން ބާޓޮމެއު ދެކޮޅު ހެދި އެވެ.

މިދިޔަ އަހަރު އޮގަސްޓް މަހުގެ 26 ވަނަ ދުވަހު މެސީ ބާސެލޯނާ ދޫކޮށްލަން ހުށަހެޅީ ހިލޭ ޓްރާންސްފާއެއްގަ އެވެ. އެއީ ކޮންޓްރެކްޓްގައިވާ ވަކި މައްދާއެއްގެ ދަށުންނެވެ. އެކަމަކު ބާސެލޯނާ އިން ބުނީ ކޮންޓްރެކްޓްގައިވާ އެ މާއްދާގެ މުއްދަތު ޖޫން 10 ވަނަ ދުވަހު ހަމަވެފައިވާ ކަމަށެވެ. ބާސެލޯނާގެ ވާހަކަތަކަށް ތާއީދުކޮށް ސްޕެނިޝް ލީގުން ވެސް ވަނީ މެސީ އަށް ކްލަބް ބަދަލުކުރެވޭނީ އޭނާ ގެންދަން ބޭނުންވާ ކްލަބަކުން 700 މިލިއަން ޔޫރޯ (624 މިލިއަން ޑޮލަރު) ދެއްކުމުން ކަމަށް ބުނެފަ އެވެ.

ލަލީގާ އާއި ބާސެލޯނާ އިން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މެސީ އަށް ކްލަބް ބަދަލުކުރެވޭނީ އެ އަގު ދައްކައިގެން ކަމަށް ބުނަމުންދިއުމާ އެކު މެސީ އެންމެ ފަހުން ކްލަބްގައި މަޑުކުރަން ނިންމީ އެވެ. ގޯލް.ކޮމް އަށް އޭރު ދިން އިންޓަވިއުއެއްގައި މެސީ ބުނީ ކްލަބްގައި މިދިޔަ ސީޒަނުގެ ނިޔަަލަށް އޭނާ ކޮންޓްރެކްޓް ނިމެންދެން މަޑުކުރަން ނިންމީ ހުރިހާ ގޮތަކަށް ވިސްނުމަށް ފަހު ކަމަށެވެ. އަދި ގަދަބާރުން އޭނާ އެންމެ ލޯބިވާ ކްލަބް ބާސެލޯނާ ދޫކޮށްލަން ބޭނުމެއްނުވާތީ އެ ޓީމުގައި މަޑުކުރީ ކަމަށް މެސީ ބުންޏެވެ.

މީގެ ތިން މަސް ކުރިން ބާސެލޯނާގެ ރައީސް ކަމަށް އިންތިހާބުވި ޖޮއާން ލަޕޯޓާ އަންނަނީ މެސީ އެ ކްލަބާ އެކު އާ ކޮންޓްރެކްޓެއްގައި ސޮއިކުރަން ހުރިހާ ކަމެއް ނިމިފައިވާ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެކަަމަކު، މިހާތަނަށް މެސީ އާ ކޮންޓްރެކްޓެއްގައި ސޮއިކުރުމުގެ ހުރިހާ ކަމެއް ރަސްމީކޮށް ނުނިމޭތީ ބާސެލޯނާގެ ބައެއް ސަޕޯޓަރުންގެ ކަންބޮޑުވުންތަކެއް ވެސް އެބަހުއްޓެވެ.

މި ވަގުތު އާޖެންޓީނާއާ އެކު ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ކުޅެމުން އަންނަ މެސީގެ އޭޖެންޓް އަދި ބައްޕަ ޖޯޖް މެސީ ވަނީ ބާސެލޯނާގެ ރައީސް ލަޕޯޓާއާ އެކު މެސީގެ މުސްތަގުބަލާ ބެހޭގޮތުން މަޝްވަރާކުރަން މި އަހަރު ފެށި ފަހުން ވެސް 10 އަކަށް ވުރެ ގިނަ ފަހަރު ބައްދަލުކޮށްފަ އެވެ. މުސާރަ ކުޑަކޮށް ދެ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރަން މެސީ އެއްބަސްވެފައިވާ ކަމަށް މި މަހު ފްރާންސް އަދި ސްޕެއިންގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox