އެއާޕޯޓްގައި މުޒާހަރާ ކުރި މައްސަލަ އިންތިގާލީ އިންސާފުގެ އޮފީހަށް

އެއާޕޯޓްގައި މުޒާހަރާ ކޮށްގެން ހުކުމް ކުރި އެމްޑީޕީގެ އަންހެނުން: އެ މައްސަލަ އިންތިގާލީ އިންސާފުގެ އޮފީހަށް ވަނީ ހުށަހަޅައިފައި-- ފޮޓޯ: އަވަސް

އެއާޕޯޓްގައި މުޒާހަރާ ކޮށްގެން ހުކުމް ކުރި އެމްޑީޕީގެ އަންހެނުން: އެ މައްސަލަ އިންތިގާލީ އިންސާފުގެ އޮފީހަށް ވަނީ ހުށަހަޅައިފައި-- ފޮޓޯ: އަވަސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މުޒާހަރާ ކޮށްގެން ހުކުމް ކުރި އެމްޑީޕީ އަންހެނުންގެ ރޫހުގެ މެންބަރުންގެ މައްސަލައިގައި އޭރުގެ ޕްރޮސެކިއުޓާ ޖެނެރަލް މުހްތާޒު މުހުސިން މައާފަށް އެދެން ޖެހޭ ކަމަށް ބުނެ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މާޗް، ފަހެއް، 2015 ގައި އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި، ރައީސް މުހުއްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލައި މުޒާހަރާ ކޮށްފައިވާތީ ތިން މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ އެމްޑީޕީގެ 13 އަންހެނުންނަށާއި އެއް ފިރިހެނަކަށެވެ. އެ ހުކުމް އިއްވީ ތިން އަހަރު ދުވަހުގެ މުއްދަތަށް މިހުކުމް ތަންފީޒުނުކޮށް ފަސްކުރާ ގޮތަށެވެ.

މިދިޔަ އާދިއްތަ ދުވަހު އިންތިގާލީ އޮފީހަށް މައްސަލަ ހުށަހެޅީ އެ ހުކުމް އައިސްފައިވާ މީހުންގެ ތެރެއިން އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ އަދި މާލޭ ސިޓީގެ ކުރީގެ މޭޔާ ޝިފާ މުހައްމަދާއި، ހ.ވެޔޮވިލާ، ޝަފިއްޔާ ޒުބައިރާއި، ސ.ހުޅުދޫ، ކަޅުމަގިގޭ، މަރްޔަމް ޒުބައިރު (މަންދީ) އާއި ވެމްކޯގެ ޗެއާމަން މުހައްމަދު އިބްރާހިމް މަނިކެވެ.

ހުށަހެޅި މައްސަލައިގައި އެދިފައިވަނީ، މައްސަލަ ހިނގިއިރު ހުރި ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒް މާފަށް އެދުމަށް އެންގުމަށާއި، ސުޕްރީމް ކޯޓުން މި މައްސަލަ ބަލައިގަތުމަށް ސުޕްރީމް ކޯޓަށް އަލުން ހުށަހެޅުމަށެވެ.

އޭގެ އިތުރުން ސުޕްރީމް ކޯޓަށް މި މައްސަލަ އިސްތިއުނާފު ކުރުމަށް، ޕޮރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި އަލުން އެދުމަށާއި މި މައްސަލަ ހައްލު ކުރަން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން މިހާރުގެ ޕީޖީގެ ފަރާތުން ހޯދުމުގެ އިތުރުން ކްރިމިނަލް ރިކޯޑުން އުނިކޮށްދޭން ވެސް އެދިފައިވެ އެވެ.

އެ 14 މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވެސް ވަނީ ތާއީދު ކޮށްފަ އެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެއް ނުވެ އެވެ.

ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ ވެރިއެއްގެ ސަބަބުން އިންސާނީ ނުވަތަ އަސާސީ ހައްގުތައް ގެއްލިފައިވާ މައްސަލަތައް ހުށަހެޅުމަށް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން މިމަހު ކުރީކޮޅު ވަނީ ހުޅުވާލައިފަ އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގައި ބުނެފައިވާ ގޮތުން އޮމްބަޑްސްޕަރސަންގެ އޮފީހަށް ތަހުގީގު ކުރެވޭނީ ޖެނުއަރީ 1953، އިން ފެށިގެން ނޮވެމްބަރު، 17، 2018 އާ ހަމައަށް ހިނގާފައިވާ ހާދިސާތަކެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ނިޒާމީ ގޮތުން ރާވައިގެން އިންސާނީ ހައްގުތައް ގެއްލުވާލާފައިވާ މައްސަލަތައް "ދެނެގަނެ، އެކަމުގައި ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި އެކަންކުރި ފަރާތްތަކުގެ މައްސަލަތައް ބަލައި، ހަގީގަތާ ހަމައަށް ވާސިލުވުމަކީ" އޮމްބަޑްސްޕަރސަންގެ އޮފީހުގެ ޒިންމާއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox