ޔުނައިޓެޑް އެއާލައިންސްގެ ތާރީހުގައި އެންމެ ބޮޑު އޯޑަރު

ޔުނައިޓެޑް އެއާލައިންސްގެ ބޯޓެއް.

ޔުނައިޓެޑް އެއާލައިންސްގެ ބޯޓެއް.

ނިއު ޔޯކް، އެމެރިކާ (ޖޫން 29) - ޔުނައިޓެޑް އެއާލައިންސްގެ ތާރީހުގައި މިހާތަނަށް އެންމެ ބޮޑު އޯޑަރު ދީފައިވާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

އެމެރިކާގެ އެއާލައިނުން ވަނީ ބޮއިންގް މަރުކާގެ 270 އާ ބޯޓާއި 70 އެއާބަސް ޖެޓު ގަންނަން އޯޑަރު ދީފި އެވެ. އެ އޯޑަރުގެ ޖުމްލަ އަގަކީ 35.4 ބިލިއަން ޑޮލަރެވެ.

ޔުނައިޓެޑް އެއާލައިންސްގެ ބޯޑުން އެކަން ސިފަކުރީ ކޮވިޑް ވެކްސިނާ ގުޅިގެން ބަލިމަޑުކަމަށް ފަހު ވައިގެ ދަތުރުފަތުރަށް އިންގިލާބީ ބަދަލެއް އައުމުގެ ގޮތުގަ އެވެ.

އެހެން ނަމަވެސް، މި އަހަރުގެ އޭޕްރިލް މަހުން ޖޫން މަހުގެ ނިޔަލަށް ވެސް ޔުނައިޓެޑާއި އެހެން ބޮޑެތި އެއާލައިންތަކަށް ގެއްލުން ވާނެ ކަމަށް ބެލެވެ އެވެ.

ޔުނައިޓެޑުން ކުރާ ދަތުރުތައް 60 ޕަސެންޓު މަދުވެފައި ވާއިރު، އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ބައިނަލްއަގްވާމީ ދަތުރުތަކަށެވެ.

އެ އެއާލައިނުން ދިން އޯޑަރުގެ އެންމެ ބޮޑު ބަޔެއް ހިއްސާ ކުރަނީ ބޮއިންގް އިން އެންމެ ފަހުން އުފެއްދި 737 މެކްސް 10 އެވެ. އޭގެ 150 ބޯޓަށް އޯޑަރު ދީފައި ވެ އެވެ.

ނުރައްކާތެރި ދެ ހާދިސާއަށް ފަހު އެ ބޯޓު އުދުހުން 20 މަހަށް ސަސްޕެންޑުކޮށްފައި ވާއިރު، ޔުނައިޓެޑުން ދިން އޯޑަރަކީ ބޮއިންގް ކުންފުންޏަށް ލިބުނު ކުރިއެރުމެވެ.

ބޮއިންގްއިން މިހާރު ދަނީ 737 މެކްސް 10 ގެ އިތުރު ޓެސްޓުތައް ހަދަމުންނެވެ. އޭގެ އިތުރުން ބޮއިންގް 737 މެކްސް 8 ގެ 50 ބޯޓާއި، އެއާބަސް އޭ321ނިއޯ ގެ 70 ބޯޓަށް ވެސް އޯޑަރު ދީފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox