މީރާއިން ޓެކްސް އިންސްޕެކްޓާސް ވިތައުޓް ބޯޑާސްއާ ގުޅިގެން އޮޑިޓަރުންގެ ފެންވަރު މަތިކުރަނީ

މީރާގެ ޓެކްސް ސާވިސް ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފެއް: މީރާއިން އަންނަނީ ޓެކްސް ނިޒާމު ވަރުގަދަކުރަން މުވައްޒަފުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމްތައް ހިންގަމުން -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މީރާގެ ޓެކްސް ސާވިސް ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފެއް: މީރާއިން އަންނަނީ ޓެކްސް ނިޒާމު ވަރުގަދަކުރަން މުވައްޒަފުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމްތައް ހިންގަމުން -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ގައުމީ ޓެކްސް އިދާރާ، މީރާގެ ޓެކްސް އޮޑިޓަރުންގެ ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމެއް ހިންގަން ޓެކްސް އިންސްޕެކްޓާސް ވިތައުޓް ބޯޑާސް (ޓީއައިޑަބްލިޔުބީ)އާ އެކު އެއްބާރުލުންދިނުމުގެ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

މީރާގެ ޓެކްސް އޮޑިޓަރުންނަށް އަމާޒުކޮށްގެން ހިންގާ މި ޕްރޮޖެކްޓަކީ ދެ އަހަރު ދުވަހުގެ ޕްރޮގްރާމެކެވެ. މި ޕްރޮޖެކްޓުގެ ތެރެއިން މީރާގެ އޮޑިޓަރުންގެ ފަންނީ ގާބިލުކަން އިތުރުކުރުމާއި، ޓޫރިޒަމް ދާއިރާގެ އިންޓަނޭޝަނަލް ޓެކްސް ގޮންޖެހުންތައް ހައްލުކުރާނެ ގޮތްތައް ދަސްކޮށްދޭނެ އެވެ.

ޓީއައިޑަބްލިޔުބީއާ ގުޅިގެން މީގެ ޕްރޮގްރާމެއް މީރާއިން އެންމެ ފުރަތަމަ ހިންގީ 2018 ގައެވެ.

އެ އެއްބަސްވުމާ ގުޅިގެން ބޭއްވި ބައްދަލުވުމުގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް ޓީއައިޑަބްލިޔުއާ ގުޅިގެން ހިންގި މި ޕްރޮގްރާމުގެ ކާމިޔާބީއާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. އަދި ކުރިން ބޭއްވި ޕްރޮގްރާމްގެ ތެރެއިން ޓްރާންސްފާ ޕްރައިޒިން މަސައްކަތުގެ އުކުޅުތައް މީރާގެ އޮޑިޓަރުން އުނގެނުނުކަން ފާހަގަކުރައްވާފަ އެވެ.

ޓެކްސް އިންސްޕެކްޓާސް ވިތްއައުޓް ބޯޑާސްއާ ގުޅިގެން މީރާއިން ފެށި ޓެކްސް އޮޑިޓަރުންގެ ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމް: މި ޖަމިއްޔާއާ ގުޅިގެން 2018 ގައި ހިންގި ޕްރޮގްރާމް ވަރަށް ކާމިޔާބު -- ފޮޓޯ: މީރާ
ޓެކްސް އިންސްޕެކްޓާސް ވިތްއައުޓް ބޯޑާސްއާ ގުޅިގެން މީރާއިން ފެށި ޓެކްސް އޮޑިޓަރުންގެ ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމް: މި ޖަމިއްޔާއާ ގުޅިގެން 2018 ގައި ހިންގި ޕްރޮގްރާމް ވަރަށް ކާމިޔާބު -- ފޮޓޯ: މީރާ

ޓެކްސް އިންސްޕެކްޓާސް ވިތްއައުޓް ބޯޑާސްއާ ގުޅިގެން މީރާއިން ފެށި ޓެކްސް އޮޑިޓަރުންގެ ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމް: މި ޖަމިއްޔާއާ ގުޅިގެން 2018 ގައި ހިންގި ޕްރޮގްރާމް ވަރަށް ކާމިޔާބު -- ފޮޓޯ: މީރާ

ޓެކްސް ކޮމިޝަނަރުގެ ވާހަކަތަކަށް ތާއީދުކުރައްވާ ޓީއައިޑަބްލިޔުބީގެ ވެރިޔާ ރުސުދާން ކެމުލެރިއާ ވިދާޅުވީ އަލަށް ފަށާ ޕްރޮޖެކްޓްގައި ކުރީ ޕްރޮޖެކްޓުގައި ކުރިޔަށް ގެންގޮސްފައިވާ މަސައްކަތްތައް އިތުރަށް ކުރިއަރުވާ ހަރުދަނާވާނެ ކަމަށެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނަށް ކިޔަވައިދެނީ އޮޑިޓް ދާއިރާގެ ފަންނީ ތަޖުރިބާކާރެއް ކަމުގައިވާ ކޮލިން ހަޗްކިންސް އެވެ. އޭނާ ވަނީ 2012 ވަނަ އަހަރުން ފެށިގެން އަހަރެއްހާ ދުވަސް ވަންދެން މީރާއަށް އިންޓަނޭޝަނަލް އޮޑިޓް ކޮންސަލްޓަންސީ ފޯރުކޮށްދީފަ އެވެ.

ޓީއައިޑަބްލިއުބީ އަކީ އޯގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯއީސީޑީ) އާއި އދ. ގެ ތަރައްގީއާ ބެހޭ ޖަމިއްޔާ ޔޫއެންޑީޕީ ގުޅިގެން ޓެކުހާ ގުޅޭ އޮޑިޓްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ އިލްމާއި ހުނަރު، ތަރައްގީވަމުން އަންނަ ގައުމުތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ފައްޓާފައިވާ ހަރާކާތެކެވެ.

ޓީއައިޑަބްލިއުބީން އަންނަނީ މިހާރު ވެސް ދުނިޔޭގެ 45 ގައުމެއްގައި ޓެކްސް އޮޑިޓް ކެޕޭސިޓީ އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ. އެ ޖަމިއްޔާގެ އީޖާދީ އުކުޅުތައް ބޭނުންކޮށްގެން ގިނަ ގައުމުތަކެއްގެ ޓެކްސް އާމްދަނީ އަދި ކޮމްޕްލަޔަންސް އިތުރުވެފައިވާ ކަމަށް ޓީއައިޑަބްލިއުބީން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox