އެއާޕޯޓު ފީ ބޮޑުކުރަން ފަށާ ތާރީހު ހުށަހެޅީ ފިނޭންސުން

އައިޓީއެފްސީ އާއި ރާއްޖެއާ ދެމެދު ފްރޭމްވޯކް އެގްރީމެންޓުގައި ސޮއިކުރުމަށް 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި ރައީސް ސޯލިހު. -ފޮޓޯ: ރައީސް އޮފީސްއި

އައިޓީއެފްސީ އާއި ރާއްޖެއާ ދެމެދު ފްރޭމްވޯކް އެގްރީމެންޓުގައި ސޮއިކުރުމަށް 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި ރައީސް ސޯލިހު. -ފޮޓޯ: ރައީސް އޮފީސްއި

ދައުލަތުގެ އާމްދަނީ އިތުރުކުރަން, ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކުހާއި ފީތައް ބޮޑުކުރަން ފަށާ ތާރީހު ހުށަހެޅީ ފިނޭންސް މިނިސްޓްރީން ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ސަރުކާރުގެ ފަރާތުން ޓެކްސް އާއި ފީ ނެގުމާބެހޭ ގާނޫނަށް ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު އެ އިސްލާހު ހުށަހެޅުއްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

މަޖިލީހުގެ ކޮމިޓީގައި އެ ބިލު ގިނަ ދުވަސްތަކެއް ވަންދެން ތާށިވެފައި އޮތް އިރު، މިއަހަރަށް ސަރުކާރުން ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ވެސް އާމްދަނީ އިތުރުކުރަން ހިމެނި އާ ކަންތައްތަކުގެ ތެރޭގައި ރާއްޖޭން ބޭރަށް ފުރާ ޕަސިންޖަރުންގެ އަތުން ޓެކުހާއި ފީތައް މިދިޔަ އޭޕްރީލް މަހުން ފެށިގެން ބޮޑު ކުރަން ވަނީ ހިމަނައިފަ އެވެ.

އެ ބިލު ދިރާސާކުރިއިރު މަޖިލީހުގެ އިގުތިސޯދީ ކޮމިޓީން އެ ބިލަށް މާބޮޑު ބަދަލެއް ގެނެސްފައެއް ނުވެ އެވެ.

އެގޮތުން، އެ ބިލުގެ ބަޔާންކޮށްފައިވާ މުއްދަތުތައް ފަހަނައަޅާފައިވާތީ، ކޮމިޓީން ހަމައެކަނި ބަދަލުކުރީ އެ ފީތައް ނަގަން ފަށާ ތާރީހެވެ. ކޮމިޓީން އެ ބިލު އިސްލާހުކޮށްފައިވަނީ އަންނަ އަހަރުން ފެށިގެން އާ ފީތައް ނަގަން ފަށާ ގޮތަށެވެ.

އިގުތިސޯދީ ކޮމިޓީން ނިންމި ގޮތަށް ޑިޕާޗާ ޓެކުހެއް ތައާރަފުކޮށް، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ބޮޑުކުރަން މުޅި މަޖިލީހުގެ ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެ ބިލަކީ މި އަހަރުގެ ތެރޭގައި އެއާޕޯޓު ފީތައް ބޮޑުކުރަން ހުށަހެޅި ބިލެއް ކަމަށެވެ.

އެކަމަކު، މިހާރު މިއީ އެ ބިލާ މެދު އިތުރަށް ވިސްނާލަންޖެހޭ ވަގުތެއް ކަމަށް ދެކެވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވި އެވެ.

"އަދި މަޖިލީހުން ފާސްކުރާއިރު ކޮމިޓީ ސްޓޭޖުގައި އެ ބިލަށް އަމަލުކުރާ ތާރީހާ މެދު އަޅުގަނޑު ވިސްނާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ބޮޑުކުރާ ފީތައް ނަގާ ތާރީހު ބިލުގައި ހިމެނީ މަޖިލީހުން އަމިއްލައަށް ކަމަށް ދޭހަވާ މޭރުމަކުން ރައީސް ވިދާޅުވި ނަމަވެސް، ބިލުގައި އެންމެ ފުރަތަމަ ހިމެނި މުއްދަތުތައް ހަމަވެފައިވާތީ، އަންނަ އަހަރުން ފެށިގެން ފީތައް ބޮޑުކުރަން އިގުތިސޯދީ ކޮމިޓީން ބިލު އިސްލާހުކުރީ ފިނޭންސް މިނިސްޓްރީން އެ ގޮޮތަށް ހުށަހެޅުމުން ކަމަށް ކޮމިޓީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް "އަދަދު" އަށް ވިދާޅުވީ 2019 ވަނަ އެ ބިލު ހުށަހެޅިއިރު ހިމަނާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން ބޮޑުކުރާ ފީތައް ނަގަން ފެށުމަށް ކަމަށެވެ.

ނަމަވެސް، ބިލުގައި އެ ބުނާ މުއްދަތު ފަހަނައަޅާ ގޮސްފައިވާތީ، އެ ބިލުގައި ހިމަނާނެ އާ ތާރީހެއް ހުށަހަޅަން މަޖިލީހުގެ ކޮމިޓީން އެދުނު ކަމަށެވެ.

"އަޅުގަނޑުމެން ދެންނެވިން އެ ފީތައް ނަގަން ހަ މަސް ދުވަހުގެ މުއްދަތެއް ދިނުން ރަނގަޅުވާނެ ކަމަށް. އެހެންވެ އަންނަ އަހަރުން ފެށިގެން އެ ފީތައް ނަގަން ބިލުގައި ހިމެނީ އަންނަ އަހަރާ ހަމައަށް އެ ވަރުގެ މުއްދަތެއް ލިބޭތީ،" ސަރުވަޝް ވިދާޅުވި އެވެ.

ދައުލަތުގެ އާމްދަނީއާ ގުޅުން ހުރި ބިލަކަށްވާތީ އެ ބިލުގެ މަސައްކަތް އަވަސްކޮށްދޭން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެދިވަޑައިގެންފައިވާއިރު، މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވާ ބިލަކަށް ރައީސް ސޯލިހު އެ ވިދާޅުވި ގޮތަށް ބަދަލެއް ގެންނަނަމަ އެ ބިލު ފާސްކުރަން އިތުރަށް ލަސްވެގެންދާނެ އެވެ.

ފީތަކަށް ގެންނަނީ ކޮން ބަދަލެއް؟

އެއާޕޯޓް ޑިވްލޮޕްމަންޓް ޗާޖު (އޭޑީސީ) ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރާ ދިވެހިންގެ އަތުން މިހާރު 12 ޑޮލަރާއެކު އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 12 ޑޮލަރާއެކު ޖުމްލަ 24 ޑޮލަރު ނަގަ އެވެ.

އަދި އޭޑީސީގެ ގޮތުގައި ވިއައިއޭއިން ފުރާ 25 ޑޮލަރާއެކު ސާވިސް ޗާގުގެ ގޮތުގައި އިތުރު 25 ޑޮލަރާއެކު ޖުމްލަ 50 ޑޮލަރު މިހާރު ނަގަމުންދެ އެވެ.

އެކަމަކު ސަރުކާރުން ހުށަހަޅާފައިވަނީ އަލަށް ތައާރަފު ކުރާ ޑިޕާޗާ ޓެކުހުން އިކޮނޮމީ ކްލާހުން ދަތުރުކުރާ ނަމަ ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 30 ޑޮލަރެވެ. ބިޒްނަސް ކްލާހުން ނަމަ 60 ޑޮލަރު އަދި ފަސްޓް ކްލާހުން ނަމަ ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 90 ޑޮލަރު ނެގުމަށް ވެސް ހިމެނި އެވެ.

މީގެ އިތުރުން ޕްރައިވެޓް ޖެޓުން އަންނަ މީހުންގެ އަތުން 120 ޑޮލަރުގެ ފީއެއް ނަގަން ވަނީ ހުށަހަޅައިފަ އެވެ.

ޑިޕާޗާ ޓެކުހުގެ އިތުރުން މިހާރު ނަގަމުން އަންނަ އެއާޕޯޓު ޑިވެލޮޕްމަންޓު ފީ ވެސް ދަތުރުކުރާ ކްލާހުގެ ނިސްބަތުން ހަމަ އެ މިންވަރަށް ވަނީ ބޮޑުކޮށްފަ އެވެ.

އާ ޑިޕާޗާ ޓެކުހާއި އެއާޕޯޓު ޑިވެލޮޕްމަންޓު ފީއާއެކު ނެގޭނެ ޖުމްލަ އަދަދު

  • އިކޮނޮމީ ކްލާސް - ދިވެހިން - 24 ޑޮލަރު / ބިދޭސީން - 60 ޑޮލަރު
  • ބިޒްނަސް ކްލާސް - ދިވެހިން - 120 ޑޮލަރު / ބިދޭސީން 120 ޑޮލަރު
  • ފަސްޓް ކަލާސް - ދިވެހިން - 180 ޑޮލަރު / ބިދޭސީން 180 ޑޮލަރު
  • ޕްރައިވެޓް ޖެޓު - ދިވެހިން - 240 ޑޮލަރު / ބިދޭސީން 240 ޑޮލަރު

އެ ފީތައް ބޮޑުކޮށްގެން 273 މިލިއަން ރުފިޔާގެ އިތުރު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށް މިއަހަރުގެ ބަޖެޓުގައި ވެސް އޮތީ ހިމަނައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox