ބަލި ޖެހުނު މީހުންނަށް ލުއި ދިނީ ވެކްސިން ޖެހި މީހުންނަށްވުރެ ލިބޭ ރައްކާތެރިކަން ބޮޑުވާތީ: އެޗްޕީއޭ

މާލޭގެ މަގުމަތީގައި ބަޔަކު ހަރަކާތްތެރިވަނީ: ބަލިޖެހި ރަނގަޅުވާ މީހުން 60 ދުވަހުގެ ތެރޭގައި އަލުން ބަލިވުން ނާދިރު -- ފޮޓޯ: ފައިލް

މާލޭގެ މަގުމަތީގައި ބަޔަކު ހަރަކާތްތެރިވަނީ: ބަލިޖެހި ރަނގަޅުވާ މީހުން 60 ދުވަހުގެ ތެރޭގައި އަލުން ބަލިވުން ނާދިރު -- ފޮޓޯ: ފައިލް

ރާއްޖޭގެ ވެރި ރަށް މާލެ އާއި އެހެން ރަށްތަކުގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދިޔުމުން މެއި މަހު އިއުލާން ކުރި ފިޔަވަޅުތަކަށް މާދަމާ އިން ފެށިގެން ލުއިތަކެއް ދޭ އިރު ވެކްސިން ޖެހި މީހުންނަށް ދަތުރު ކުރުމުގެ ފުރުސަތު ނުދީ ބަލިން ރަނގަޅުވެފައި ތިބި މީހުންނަށް އެ ފުރުސަތު ދިނީ އެ މީހުންނަށް ލިބޭ ރައްކާތެރިކަން ބޮޑުވާތީ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ބުނެފި އެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓުގެ ތަސްލީމާ އުސްމާން ވިދާޅުވީ ވެކްސިނުން ރައްކާތެރިކަން ލިބެނީ ވަކި ޕަސެންޓޭޖަކަށް ކަމަށެވެ. އެކަމަކު އެއާހިލާފަށް ބަލިޖެހި ރަނގަޅުވާތާ 60 ދުވަހުގެ ތެރޭގައި އަލުން އިންފެކްޓްވުމުގެ ފުރުސަތު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ކޮވިޑް-19 ޖެހި ރަނގަޅުވާ މީހުން 60 ދުވަހުގެ ތެރޭގައި އަލުން ބަލިވުމަކީ ވަރަށް ނާދިރުކަމެކެވެ. އަދި މުޅި ދުނިޔޭގައި ވެސް އެފަދަ ކޭސްތައް ވަރަށް މަދެވެ.

ރާއްޖޭގައި އެންމެ ގިނައިން ޖަހާފައި ވަނީ އެސްޓްރާޒެނަކާގެ ވެކްސިނެވެ. ޗައިނާގެ ސައިނޮފާމް އާއި ފައިޒާ ވެކްސިން ވެސް ރާއްޖޭގައި ޖެހި އެވެ. ކޮވިޑް-19 ގެ އެކި ވޭރިއަންޓުތަކަށް ވެކްސިނުން ލިބޭ ރައްކާތެރިކަން އެކި މިންވަރަށް ހުންނައިރު އެވްރެޖްކޮށް އަސްޓްރަޒެނަކާ ވެކްސިން ޖަހާ މީހުން ބަލިބޮޑުވާ މިންވަރު 80 ޕަސެންޓު ދަށްކޮށްދެ އެވެ.

ވެކްސިން ޖަހާފައި ތިބި މީހުންނަށް ލުއި ނުދެވުނީ ބޭނުންވާ މިންވަރަށް އާބާދީގެ މީހުން ވެކްސިން ޖަހާފައި ނެތުމުން ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އިއްޔެ ވިދާޅުވި އެވެ. ވެކްސިން ޖަހާފައި ތިބި މީހުންނަށް ލުޔެއް ދެވޭނީ އާބާދީގެ 75 ޕަސެންޓު މީހުންނަށް ވެކްސިން ޖަހައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް ދެ ޑޯޒު ޖަހާފައިވަނީ އާބާދީގެ 38 ޕަސެންޓް މީހުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު އިއުލާންކޮށްފައިވާ ހަރުކަށި ފިޔަވަޅުތައް އިއުލާން ކުރުމުގެ ކުރިން ވެކްސިންގެ ދެ ޑޯޒު ޖަހާފައި ތިބި މީހުންނަށް އޮތީ ލުއިތަކެއް ދީފަ އެވެ. އެގޮތުން ރަށް ރަށަށް ދަތުރު ކުރުމުގެ ފުރުސަތު ވެސް އޮތެވެ. އެކަން މަނާ ކުރީ މެއި 26، ގައި އިއުލާން ކުރި ފިޔަވަޅުތަކާއެކު އެވެ.

އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރެއްވި ލުއިތަކުގެ ތެރޭގައި ކާފިއު ގަޑި ރޭގަނޑު 8:00 ފެށިގެން ފަތިހު 4:00 ލުއި ކުރުން ހިމެނެ އެވެ. ރެސްޓޯރަންޓު އަދި ކެފޭތަކުގެ ހިދުމަތް ކާފިއު ނޫން ގަޑީގައި ހުޅުވާލުމުގެ ހުއްދަ ވެސް އިއްޔެ ސަރުކާރުން ދިނެވެ. އަދި ގައި ދުރުކޮށްގެން ތިބެ މިސްކިތްތަކުގައި ނަމާދު ކުރުމުގެ ހުއްދަ ވެސް ދިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox