ފްލެޓުގެ އަގު ކުރެވޭނެ އެންމެ ކުޑައެއް ކޮށްފިން، އެކަމަކު މަޝްވަރާކުރެވިދާނެ: ރައީސް

ރައީސް ސޯލިހު: ހިޔާ ފްލެޓްގެ އަގާމެދު އަދިވެސް މަޝްވަރާ ކުރެވިދާނެ ކަމަށް ވިދާޅުވި

ރައީސް ސޯލިހު: ހިޔާ ފްލެޓްގެ އަގާމެދު އަދިވެސް މަޝްވަރާ ކުރެވިދާނެ ކަމަށް ވިދާޅުވި

ކުރީ ސަރުކާރުން އަޅާފައިވާ ފްލެޓްތަކުގެ އަގުތައް މިހާރު ހުރީ އެންމެ ކުޑަ ކުރެވޭނެ މިންވަރަށް ކުޑަކޮށްފައި ކަމާއި ނަމަވެސް، އަދިވެސް އެކަމާމެދު މަޝްވަރާ ކުރެވިދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ ތެރޭ ހިޔާ ފްލެޓްތަކުގެ ތަޅުދަނޑިތައް ހަވާލުކުރުމަށް ތައްޔާރުވަމުންދާއިރު އެތަނުގައި ދިރިއުޅޭ ގޮތް ހެދުމަށް ތިން މަސް ދުވަސް ދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ. ނަމަވެސް، އެ މުއްދަތުގައި އެ ތަނަށް ކުރަންޖެހޭ ހޭދަ ބޮޑުވުމާއި ފްލެޓްގެ ކުލި ބޮޑުވުމުގެ ޝަކުވާ ގިނަ ބަޔަކު ދަނީ ކުރަމުންނެވެ.

އެކަމާ ގުޅިގެން ރައީސް ސޯލިހު މިއަދު ވިދާޅުވި ގޮތުގައި، ބިމުގެ އަގާއި އެހެން ވެސް ބައެއް ހަރަދުތައް ކެނޑުމަށްފަހު ހިޔާ ފްލެޓްތަކުގެ އަގުތައް މިހާރު އެ ހުރީ ކުރެވޭ އެންމެ ކުޑައެއް ކޮށްފައެއް ކަމަށެވެ. އެގޮތުން، މި ސަރުކާރުން ކުލީގެ ގޮތުގައި 7،500 ރުފިޔާ ކަނޑައަޅާފައިވާއިރު މެއިންޓެނެސް ފީގެ ގޮތުގައި 1،000 ރުފިޔާ ނަގާނެ އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ކުރީ ސަރުކާރުން ފްލެޓް އަގުކޮށްފައި އޮތް ގޮތުން ފްލެޓުގެ ކުއްޔަށް އަރަނީ 10،400 ރުފިޔާ އެވެ. އެ އަގަކީ ބޮޑު އަގެއް ކަމެއް ގަބޫލު ކުރެވޭތީ، އަގު ކުޑަކުރުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.

މިހާރު ސަރުކާރުން ގެނެސްފައިވާ ބަދަލަށްވުރެ އިތުރަށް ކުޑަކުރާނަމަ، ބޮޑު ތަކުލީފެއް ސަރުކާރަށް އުފުލަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން، ފްލެޓް އަޅަން ނަގާފައިވާ ލޯނު ދައްކަން މިހާރު ވެސް ސަރުކާރުން އިތުރު 3.2 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހޭނެކަން ފާހަގަ ކުރެއްވި އެވެ.

"މިއީ ސަރުކާރަށް އެކި ގޮތްގޮތަށް ރައްޔިތުން ދީފައިވާ ޓެކްސް ފައިސާއިން ހިޔާ ފްލެޓަށް ހޭދަކުރަން ޖެހޭވަރު، އެހެންވެ މިހާރު މިއޮތީ ދެން ހިއެއް ނުވޭ މާބޮޑު ތަނެއް ކުޑަ ކުރެވިދާނެ ކަމަކަށް،" ރައީސް ވިދާޅުވި އެވެ.

އެހެންނަމަވެސް، އެކަމަކީ އަދިވެސް މަޝްވަރާ ކުރެވިދާނެ ކަމެއް ކަމާއި އެކަމަކު ސަރުކާރަށް އުފުލަން ޖެހޭނެ ތަކުލީފާމެދު ވެސް ވިސްނަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ތިކަން އަޅުގަނޑު ނޯޓްކޮށްފިން، މަޝްވަރާ ނުކުރާނެ ވާހަކައެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، މި ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންނަށް އަތްފޯރާފަށުގައި ސޯޝަލް ހައުސިން އެޅުމަށް ކަމާއި އެ ފްލެޓްތައް ދޭނީ ހެޔޮ އަގުގައި، ތަން އެއްކޮށް ނިންމުމަށްފަހުގައި ކަމަށެވެ. މި ސަރުކާރުން ހައުސިން މަޝްރޫއުތައް ހަވާލުކުރުން ލަސްވެގެން ދިޔައީ ވެސް، އަގު ހެޔޮކޮށް ކޮށްދޭނެ ބަޔަކު ހޯދުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

އަގާމެދު އޮތީ ބޮޑު ހިޔާލު ތަފާތުވުމެއް

ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ބުނީ ހިޔާ ޕްރޮޖެކްޓުގެ ތެރެއިން ޔުނިޓަކަށް މަހަކު ދައްކަން ޖެހޭނީ 5،600ރ. ކަމަށެވެ. އެއީ ޕްރޮޖެކްޓުގެ ތެރެއިން ޔުނިޓެއް އިމާރާތްކުރަން ހަރަދުވާ 1.27 މިލިއަން ރުފިޔާއިން ޑައުންޕޭމަންޓަށް 25،000ރ. ކެނޑުމަށް ފަހު މަހަކު ދައްކަން ޖެހޭ އަދަދަށް 8 ޕަސެންޓުގެ އިންޓްރެސްޓެއް ހިމަނައިގެންނެވެ.

މި ހިސާބު ކުރުމުގައި މައްސަލަތަކެއް ހުރި ކަމަށް މި ސަރުކާރުން އަންނަނީ ބުނަމުންނެވެ.

އެގޮތުން އެޗްޑީސީން ބުނެފައިވާ ގޮތުގައި މި އަގު ކަނޑައެޅީ ޔުނިޓެއް އިމާރާތްކުރަން ކުރި ހަަރަދު ބައިކޮށްލުމަށް ފަހު އިންސްޓޯލްމަންޓަށް ޖެހޭ ފައިސާ ނުވަތަ މަހު ކުލިން އިންޓްރެސްޓް ނެގީމަ އެވެ. މި ޕްރޮޖެކްޓް ފައިނޭންސް ކުރަން ނެގި ދިގު މުއްދަތުގެ ލޯނުތަކުގެ އިންޓްރެސްޓް ނަގަނީ ލޯނު ފައިސާގެ ތެރެއިން އަނބުރާ ނުދައްކާ އޮތް އަދަދުންނެވެ. މަހަކަށް ޖެހޭ ފައިސާއަކުންނެއް ނޫނެވެ.

ކުރިން ޕްރޮޖެކްޓަށް ހަަރަދުތަކުގެ ތެރޭގައި ހިމަނާފައިވާ ހުރިހާ ހިސާބުތަކާއެކު އީއެމްއައި ނުވަތަ މަހަކު އިންސްޓޯލްމަންޓަށް ދައްކަން ޖެހޭ އަދަދު އަސްލު ފޯމިއުލާގެ ތެރެއިން ހިސާބު ކުރީމަ ޔުނިޓަކަށް ޖެހޭ މަހު ކުލީ 10،416ރ. އަށް އަރަ އެވެ. މިއީ ޔުނިޓަކަށް ޖެހޭ ވަރު ކަަމަށް ހައުސިން މިނިސްޓްރީން ބުނި އަގަށް ވުރެ 4،710ރ. އިތުރު އަދަދެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox