އައްޑޫ ސިޓީ ފޭދޫގައި ހިންގި މާރާމާރީއެއްގައި ކުޑަ ކުއްޖަކު ޒަހަމް ކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "އަދަދު"އަށް ވިދާޅުވީ މިއަދު ފޭދޫގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައި ވަނީ 12 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.
އެ ކުއްޖާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ބާރަ އަހަރުގެ ކުއްޖާއަށް ހަމަލާދިން މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މިކަން ހިނގާފައިމިވަނީ މި މަހުގެ 21 ވަނަ ދުވަހު ހުޅުމާލޭގައި 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލުމަށްފަހު މޫދައް އެއްލާލާފައި އޮތްވައި ފެނިފައިވަނިކޮށެވެ.
އެ މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުން ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުން ދާއިރު، މިދިޔަ އާދިއްތަ ދުވަހު ކ. ކާށިދޫގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.













