އެކަށީގެންވާ އަދަދަކަށް ވެކްސިން އަންނަ މަހު ލިބޭނެ: ނަސީމް

ރާއްޖެ އިން ފައިސާ ދައްކާފައިވާ ކޮވިޝީލްޑްގެ އިތުރުން ރަޝިއާ އާއި އެމެރިކާ އިން ވެކްސިން ލިބޭނެ ކަަމަށް ސަރުކާރުން ބުނޭ. . --

ރާއްޖެ އިން ފައިސާ ދައްކާފައިވާ ކޮވިޝީލްޑްގެ އިތުރުން ރަޝިއާ އާއި އެމެރިކާ އިން ވެކްސިން ލިބޭނެ ކަަމަށް ސަރުކާރުން ބުނޭ. . --

ރާއްޖޭގައި ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރަނގަޅަށް ހިންގުމަށް އެކަށީގެންވާ އަދަދެއްގެ ވެކްސިން އަންނަ މަހުގެ ތެރޭގައި ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ވެކްސިން ޖަހަން ފަށައި ގިނަ ބަޔަަކަށް ދިނީ ކޮވިޝީލްޑެވެ. ވަކި ހިސާބަކުން ވެކްސިން ލިބުމުގެ ދަތިކަން ކުރިމަތިވެ، އާއްމުކޮށް ވެކްސިން ޖެހުން މިހާރު އޮތީ މެދުކެނޑިފަ އެވެ. ފުރަތަމަ ޑޯޒު ޖެހި ގިނަ ބަޔަކު ދެ ވަނަ ޑޯޒު ނުޖެހި ތިބިއިރު އެކަމަށް އޮތް ހުރަހަކީ ރާއްޖެ އިން ގަތް ވެކްސިން ވެސް ނުލިބުމެވެ.

ސިންގަޕޫރުގެ އެސްޓްރާޒެނިކާ އިން ގަތް 700،000 ޑޯޒު ލިބޭނެ ކަމަށް އެކި ތާރީހްތައް ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. އެކަމަކު އެއިން އެއްވެސް ތާރީހެއްގައި ވެކްސިނެއް ނުލިބެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ނަސީމް ވާހަކަ ދައްކަވަނީ: ވެކްސިން ލިބޭނެ ކަމުގެ އާ ތާރީހެއް މިއަދު ވަނީ އިއުލާންކުރައްވާފައި. -- ފޮޓޯ/ ރައީސް އޮފީސް

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ނަސީމް ވިދާޅުވީ މި މަހުގެ ތެރޭގައި އެކަށީގެންވާ އަދަދަކަށް ކޮވިޑު ވެކްސިން ލިބޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެންނަށް ލިބިފައިވާ ހުރިހާ މައުލޫމާތެއް ދައްކަނީ ޖުލައި މަހުގެ 12-20 ވަނަ ދުވަހާ ދެމެދު އަޅުގަނޑުމެންނަށް އެކަށީގެންވާ އަދަދެއްގެ ވެކްސިން ލިބޭނެ ކަަމަށް،" ނަސީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެމެރިކާ އިން ވެސް ރާއްޖެ އަށް ވެކްސިން ލިބޭނެ އެވެ. އެކަމަކު ކޮން ދުވަހެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

ރަޝިއާ އިން ސްޕަޓްނިކް ވެކްސިން ހޯދަން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ކުރިއަށް ދަނީ އެއްބަސްވުމުގައި ހުރި ކުދިކުދި ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ. އެހެންކަމުން ލަސްނުވެ ވެކްސިން ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ވެކްސިން ޕްރޮގްރާމް ފެށީ އިންޑިއާ އިން ހަދިޔާކުރީ 200،000 ޑޯޒުންނެވެ. ޗައިނާ އިން ވެސް 200،000 ޑޯޒާއި ހެޔޮއެދޭ އެހެން ފަރާތްތަކުން ވެސް ވެކްސިން ލިބުނެވެ. އޭގެ އިތުރަށް ރާއްޖެ އިން ވަނީ ޖުމްލަ 1،000،000 ޑޯޒަށް ފައިސާ ދައްކައިފަ އެވެ. އެއީ ސިންގަޕޫރުގެ އެސްޓްރާ ޒެނިކާ އަށް 700،000 ޑޯޒާއި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓަށް 300،000 ޑޯޒަށެވެ.

މީގެ ތެރެއިން ރާއްޖެއަށް ލިބުނީ އިންޑިއާއަށް ފައިސާ ދެއްކި ވެކްސިންގެ ތެރެއިން 100،000 ޑޯޒެވެ. ބާކީ 200،000 އިންޑިއާ އިން ވެސް ލިބޭނެ ދުވަހެއް ނޭނގެ އެވެ.

ސަރުކާރުން އުއްމީދުކުރި ގޮތަށް ވެކްސިން ލިބުމުގައި ތާށިވީ، އިންޑިއާއަށް ކޮވިޑްގެ ދެވަނަ ރާޅެއް އަރައި ހާލަތު ވަރަށް ބޮޑަށް ގޯސްވުމާއެކު އެހެން ގައުމުތަކަށް އިންޑިއާއިން ވެކްސިން ފޯރުކޮށްދިނުމަށް ނުކުޅެދުމުންނެވެ.

ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގެ އާބާދީގެ ބޮޑު ޕަސެންޓަކަށް ފުރަތަމަ ޑޯޒު ދީފައިވާ ކަން ފާހަގަކޮށް ސަރުކާރުން ބުނެފައި ވަނީ އަންނަ އޮގަސްޓް މަހުގެ ނިޔަލަށް ގިނަ ބަޔަކަށް ވެކްސިންގެ ދެ ވަނަ ޑޯޒު ޖަހައި ނިމޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox