ބުރާސްފަތިން ފެށިގެން ކެފޭ ރެސްޓޯރަންޓުތަކުގައި އިން-ޑައިނިން ހިދުމަތް ދެވޭނެ

ަސްކައިފޯލް ރެސްޓޯރަންޓުގައި ކަސްޓަމަރަކަށް ހިދުމަތް ދެނީ: މިއަދު ދިން ލުޔާ އެކު ބުރާސްފަތި ދުވަހުން ފެށިގެން އިން-ޑައިނިން ހިދުމަތް ދެވޭނެ -- ފޮޓޯ: ސްކައިފޯލް

ަސްކައިފޯލް ރެސްޓޯރަންޓުގައި ކަސްޓަމަރަކަށް ހިދުމަތް ދެނީ: މިއަދު ދިން ލުޔާ އެކު ބުރާސްފަތި ދުވަހުން ފެށިގެން އިން-ޑައިނިން ހިދުމަތް ދެވޭނެ -- ފޮޓޯ: ސްކައިފޯލް

މާލެ ސަރަހައްދުގައި ކޮވިޑުން ރައްކާތެރިވާން އެޅި ފިޔަވަޅުތަކުގެ ނަތީޖާ ފެނުމާއި ގުޅިގެން, ބުރާސްފަތި ދުވަހުން ފެށިގެން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ތެރޭގައި ތިބިގެން ހިދުމަތް ދެވޭ ގޮތަށް ލުއި ދޭން ސަރުކާރުން މިއަދު ނިންމައިފި އެވެ.

ކާބޯތަކެތީގެ ހިދުމަތްދޭ ހޮޓާ، ކެފޭ، ރެސްޓޯރަންޓް އަދި ކެންޓީންތައް ހިމެނޭގޮތަށް ސަރުކާރުން ދިން ލުޔާއި ގުޅިގެން ކާފިއު ނޫން ވަގުތުތަކުގައި އިން-ޑައިނިން ހިދުމަތް ދެވޭނެ އެވެ. ބުރާސްފަތި ދުވަހުން ފެށިގެން ތަންފީޒުކުރާ ލުއިތަކުގެ ތެރެއިން ސަރުކާރުން ވަނީ ކާފިއު ހިންގާ ވަގުތު ބަދަލުކޮށް، ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގާ ގޮތަށް ހަމަޖައްސާފަ އެވެ.

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން އިން-ޑައިނިންއަށް ހުޅުވާލަން ސަރުކާރުން ނިންމީ، އެ ވިޔަފާރިތައް ހިންގާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް އިއްޔެ އިހުތިޖާޖުކޮށްފައި ވަނިކޮށެވެ.

އެ އިހުތިޖާޖުގައި ވެސް އެ ވިޔަފާރިވެރިންގެ މައިގަނޑު ގޮތެއްގައި ފާޅުކުރީ އިން-ޑައިނިންއަށް ފުރުސަތު ނެތުމުގެ ސަބަބުން ވިޔަފާރިތައް ބަނގުރޫޓުވަމުންދާ މައްސަލަ އެވެ. އަދި އެތަންތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ތަނުގައި ތިބެގެން ހިދުމަތް ހޯދާ ކަސްޓަމަރުންގެ ފަރާތުން ކަމުގައިވާތީ، އެ ފުރުސަތު ހުޅުވާލަން ގޮވާލި އެވެ.

ކޮވިޑް ކޭސް ނަމްބަރުތައް އުފުލެމުން ދިޔުމާ ގުޅިގެން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ތެރޭގައި ތިބެގެން ހިދުމަތް ދިނުން މަނާކުރީ ހުސްވި މެއި މަހުގެ 11 ގައެވެ. މިހާރު ދިން ލުއިތަކާއެކު ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ހިދުމަތް ދެމުން ދިޔަ ގޮތަށް ހިދުމަތް ދެވޭނެ އެވެ.

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox