ހިއްތަން މައިޒާނުގައި ކެފޭއެއް ހަދަން ޔުމްނާ ދެކޮޅު!

Nov 4, 2024, 7:06 AM
ދެ ގަރުނަށް ވުރެ ގިނަ ދުވަސްވެފައިވާ ރީތި ގަސް ކައިރިއަށް ދަގަނޑުތަކެއް ޖަހާފައި: އެތަނުގައި ކެފޭއެއް ހަދަން ކުއްޔަށް ދިނީ މާލެ ސިޓީ ކައުންސިލުން ފާސް ކުރުމެއް ނެތި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ދެ ގަރުނަށް ވުރެ ގިނަ ދުވަސްވެފައިވާ ރީތި ގަސް ކައިރިއަށް ދަގަނޑުތަކެއް ޖަހާފައި: އެތަނުގައި ކެފޭއެއް ހަދަން ކުއްޔަށް ދިނީ މާލެ ސިޓީ ކައުންސިލުން ފާސް ކުރުމެއް ނެތި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ހިތްފަސޭހަކޮށްލަން ވަރަށް ގިނަ ބަޔަކު ބޭނުން ކުރާ، މިއުޒިއަމް ކުރިމަތީގައި އޮންނަ ކުޑަ ހިއްތަން މައިޒާނުގައި ހުންނަ، ހިމާޔަތްކޮށްފައިވާ ރީތި ގަހަށް ގެއްލުންވާ ގޮތަށް ފުޑް ކިއޯސްކެއް ހަދަން، ދެކޮޅުކަން ކުރީގެ ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫނު ހާމަކުރައްވައިފި އެވެ.

ޔުމްނާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދާރުލްއާސާރު އާމާރާތް ކުރިމަތީގައި ހުރި، 200 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ، ރައްކާތެރިކުރެވިފައިވާ، ރީތި ގަހަށް ގެއްލުން ލިބޭ ގޮތަށް އެއްވެސް މަސައްތެއް ކުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ.

"ހަމަ އެހެންމެ އަޅުގަނޑުމެންގެ ގައުމީ ދާރުލް އާސާރު އެ ހުރީ ރީތި އިމާރާތުގެ ކުރިމަތީ ކެފޭއެއް ހެދީމަ ތަނުގެ ހައިބަތު ގެެއްލި، މަންޒަރު ހުތުރުވާ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ،" ޔުމްނާ ވިދާޅުވި އެވެ.

ހިއްތަން މައިޒާނުގައި ކެފޭއެއް ހަދަން ހަވާލުކުރީ މާލީ ސިޓީ ކައުންސިލްގެ މޭޔަރަކަށް އާދަމް ވަޑައިގަތުމުގެ ކުރިންނެވެ. ހުއްދަ ނުހޯދައި އެތަނުގައި ކެފޭގެ މަސައްކަތް ކުރިއަށްގެންދާތީ އެންވަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީއިން ވަނީ އެ މަސައްކަތް ހުއްޓުވައިފަ އެވެ. އަދި މާލޭ ސިޓީ ކައުންސިލުން ވެސް ވަނީ އެ މަސައްކަތް ކުރިއަށް ނުގެންދާން އަންގައިފަ އެވެ.

"އަދަދު" އިން ހޮނިހިރު ދުވަހު ގޮސް ބެލިއިރު، އެ މަސައްކަތް ކުރިއަށް ގެންދާ ކުންފުނިން ވަނީ ރީތި ގަސް ބުޑަށް ދަގަނޑުތަކެއް ޖަހައިފަ އެވެ. ގަސް ވަށައިގެން އެ ދަގަނޑުތައް ޖަހާފައި ހުއްޓެވެ.

އެތަނުގައި ފުޑް ކެފޭއެއް ހަދަން ދީފައި ވަނީ 10 އަހަރުގެ މުއްދަތަކަށެވެ. ނަމަވެސް އެތަން ކުއްޔަށް ދިން އަގެއް ނޭނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox