ރައްކާތެރިކަން ނުލިބޭތީ ފަލަސްތީން ނޫސްވެރިން އިހްތިޖާޖުކޮށްފި

ފަލަސްތީނުގެ ނޫސްވެރިން އިހްތިޖާޖު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ފަލަސްތީނުގެ ނޫސްވެރިން އިހްތިޖާޖު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރާމަﷲ، ފަލަސްތީން (ޖޫން 28) - ފަލަސްތީނުގައި ކުރި މުޒާހަރާތައް ކަވަރުކުރި ނޫސްވެރިންނަށް އެކި ހަމަލާތަކާ ކުރިމަތިވި މައްސަލާގައި ނޫސްވެރިން އިހްތިޖާޖުކޮށްފި އެވެ.

ނޫސްވެރިން އިހްޖިތާޖުކޮށްފައި ވަނީ ރާމަﷲ ގައި ހުންނަ އދ. ގެ އިމާރާތެއްގެ ބޭރުގަ އެވެ. ނޫސްވެރިންނަށް ހުރަސްތަކާ ދިމާވީ އެކްޓިވިސްޓެއްގެ މަރަށް ފަހު ހިނގި އެއްވުންތައް ރިޕޯޓު ކުރަން އުޅުމުގެ ތެރޭގަ އެވެ.

ފަލަސްތީނުގެ ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް ސޯޝަލް މީޑިއާގައި ވީޑިއޯ ޕޯސްޓު ކުރާ އުމުރުން 43 އަހަރުގެ ނިޒާރް ބަނަތް މަރުވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭނާ މަރުވީ ހިބްރޫންގައި އޭނާ ދިރިއުޅޭ ގެޔަށް ފުލުހުން ވަދެގަނެ، ހައްޔަރު ކުރިތާ އިރުކޮޅެއް ފަހުންނެވެ.

މުޒާހަރާ ކުރާ މީހުންނާއި ފުލުހުންނާ ދެމެދު ހިނގާ ހަމަނުޖެހުންތަކުގައި ނޫސްވެރިންނަށް ވެސް ދަނީ އަނިޔާވަމުންނެވެ.

ރިޕޯޓާޒް ވިތައުޓް ބޯޑާޒް އިން ބުނީ ފާއިތުވި ހަފްތާ ބަންދުގައި ހުޅަނގު އައްސޭރީގައި ހިނގި ހަމަނުޖެހުމުގައި 12 ނޫސްވެރިއަކަށް އަނިޔާވި ކަމަށެވެ. އޭގެ ތެރެއިން ފަސް މީހުންނަކީ އަންހެނުންނެވެ. އެ އެންމެންނަށް ވެސް ހަމަލާ ދިނީ ފުލުހުންނެވެ.

ދަ ނިއު އަރަބް ނޫހުގެ ރިޕޯޓަރު ނާއިލާ ހަލީލް ބުނީ ނޫސްވެރިކަމުގެ މިނިވަންކަން ރައްކާތެރި ކުރަން "އަވަސް މުހިއްމު ފިޔަވަޅު އަޅަން" ގޮވާލާ އދ. އަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އަލްޓްރާ ފަލަސްތީނުގެ ނޫސްވެރިޔާ މުހައްމަދު ގަރަފީ ބުނީ ފުލުހުން އޭނާއަށް ބިރު ދައްކައި، ވީޑިއޯ ކުރުން ހުއްޓާ ނުލައިފި ނަމަ ފޯނު އަތުލާނެ ކަމުގެ އިންޒާރު ދިން ކަމަށެވެ.

ފަލަސްތީނުގެ ރަސްމީ ވަފާ ނިއުސް އޭޖެންސީން ބުނީ ބަނަތުގެ މަރުގެ ފަހަތުގައިވާ މީހުން ޖަވާބުދާރީ ކުރުވާނެ ކަމަށް ބޮޑު ވަޒީރު މުހައްމަދު އިޝްތަޔާ ވިދާޅުވެފައިވާ ކަމަށެވެ.

އޮޓޮޕްސީއިން ދެއްކި ގޮތުގައި ބަނަތުގެ ބޮލާއި، މެ އާއި، ކަރު، އަދި ފަޔާއި އަތަށް އަނިޔާކޮށް ބޮޑެތި ޒަހަމްތަކެއް ލިބިފައި ވެ އެވެ. ބަނަތް މަރުވެފައިވަނީ އޭނާ ހައްޔަރުކޮށްގެން ގެންދިޔަތާ ގަޑިއެއްހާއިރު ތެރޭގަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު މަރުވި ބަނަތް ވަނީ އަކީ ޕާލިމެންޓު އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓެކެވެ. މިދިޔަ މޭ މަހު ބާއްވަން ހަމަޖެހިފައި އޮތް އިންތިހާބު ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރަން އައްބާސް ވަނީ ނިންމަވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox