މެސީގެ ދެ ގޯލާ އެކު މޮޅުވެ އާޖެންޓީނާ އަށް ގްރޫޕްގެ އެއް ވަނަ

Jun 29, 2021, 3:25 AM
މެސީގެ ދެ ގޯލާ އެކު މޮޅުވެ އާޖެންޓީނާ އަށް ގްރޫޕްގެ އެއް ވަނަ

ރިއޯ ޑި ޖަނެއިރޯ (ޖޫން 29) - ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ ލިއޮނަލް މެސީގެ ދެ ގޯލާ އެކު 4-1 އިން ބޮލިވިއާ ބަލިކޮށް އާޖެންޓީނާ އިން ގްރޫޕްގެ އެއް ވަނަ ހޯދައިފި އެވެ.

އާޖެންޓީނާ އިން ގްރޫޕް އޭގެ އެއް ވަނަ ހޯދީ 10 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ނިންމާލީ ރޭ ޕެރަގުއޭ އަތުން 1-0 އިން މޮޅުވި އުރުގުއޭ އެވެ. އެ ޓީމަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ތިން ވަނަ އަށް ދިޔައީ ހަ ޕޮއިންޓް ހޯދި ޕެރަގުއޭ އެވެ. މި ގްރޫޕުން ހަތަރު ވަނަ ޓީމުގެ ގޮތުގައި ކުއާޓާގެ ޖާގަ ހޯދީ ފަސް ޕޮއިންޓް ހޯދި ޗިލީ އެވެ. އެންމެ ފުލަށް ދިޔަ ބޮލިވިއާ އަށް ޕޮއިންޓެއް ނުލިބި ވަނީ ކަޓައިފަ އެވެ.

ބޮލިވިއާއާ ދެކޮޅަށް ރޭ އާޖެންޓީނާ އިން ކުޅުނު މެޗު ފަށައިގެން ހަ މިނިޓް ތެރޭ އެ ޓީމުން ވަނީ ލީޑުނަގައިފަ އެވެ. މި ގޯލު މެސީ ދިން ބޯޅައަކުން ވޮލީ އަކުން ކާމިޔާބުކުރީ ޕާޕޫ ގޯމޭޒް އެވެ. އެހާ ކުރިން ގޯލު ޖަހައި އާޖެންޓީނާ އިން މެޗުގެ ކޮންޓްރޯލް ނެގި އެެވެ. މެޗުގެ 31 ވަަނަ މިނިޓްގައި އާޖެންޓީނާގެ ދެ ވަނަ ގޯލު ޖެހީ ޕެނަލްޓީ އަކުން މެސީ އެވެ. މިއީ ޕާޕޫ ގޯމޭޒް އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

އޭގެ 10 މިނިޓް ފަހުން ސާޖިއޯ އަގުއޭރޯ ދިން ބޯޅައަކުން މެސީ ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މެސީ ޖެހި މި ދެ ގޯލާ އެކު މި ފަހަރުގެ ކޮޕަ އެމެރިކާގައި އޭނާ ވަނީ ތިން ގޯލު ޖަހައިފަ އެވެ. މެސީ އަކީ މުބާރާތުގެ ލަނޑު ލިސްޓުގެ ކުރީގައި އޮތް ކުޅުންތެރިޔާ އެެވެ. މި މެޗަކީ މެސީ އަށް ހާއްސަ މެޗެކެވެ. މެސީ ގައުމީ ޓީމަށް 148 ވަނަ މެޗު ކުޅެދިންއިރު، އޭނާ އަކީ އާޖެންޓީނާ އަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 15 މިނިޓް ތެރޭ ބޮލިވިއާ އިން ގޯލެއް ޖެހި އެވެ. މެޗުގެ 60 ވަނަ މިނިޓްގައި ލިއޯނެލް ޖަސްޓިނިއާނޯ ދިން ބޯޅައަކުން މި ގޯލު ޖެހީ އާވިން ސާވެޑްރާ އެވެ. ބޮލިވިއާ އިން ގޯލު ޖެހިތާ ފަސް މިނިޓް ތެރޭ އަކޫނިއާ ދިން ބޯޅައަކުން ލަޓާރޯ މާޓީނޭޒް ވަނީ އާޖެންޓީނާގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ.

ރޭ ޕެރަގުއޭ އަތުން އުރުގުއޭ މޮޅުކޮށްދިން ގޯލު ޖެހީ މެޗުގެ 21 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން އެޑިންސަން ކަވާނީ އެވެ. މިިއީ މި ފަހަރުގެ މުބާރާތުގައި ކަވާނީ ޖެހި ދެ ވަނަ ގޯލެވެ.

ކުއާޓާ ފައިނަލްގެ މެޗުތައް:

ޕެރޫ - ޕެރަގުއޭ (2 ޖުުލައި 2021)

ބްރެޒިލް - ޗިލީ (2 ޖުލައި 2021)

އުރުގުއޭ - ކޮލަމްބިއާ (3 ޖުލައި 2021)

އާޖެންޓީނާ - އެކުއެޑޯ (3 ޖުލައި 2021)

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox