ޑި ބްރޭނާ އާއި ހަޒާޑަށް އިޓަލީ މެޗު ގެއްލޭނެ: ރިޕޯޓް

Jun 28, 2021, 6:44 PM
ޑި ބްރޭނާ އާއި ހަޒާޑަށް އިޓަލީ މެޗު ގެއްލޭނެ: ރިޕޯޓް

ސެވިލް (ޖޫން 28) - އަނިޔާގެ ސަބަބުން ބެލްޖިއަމްގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ އެޑެން ހަަޒާޑާއި ކެވިން ޑި ބްރޭނާ އަށް މުބާރާތުގެ ކުއާޓާ ފައިނަލުގައި އިޓަލީއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވުމުގެ ފުރުސަތު ބޮޑު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޑި ބްރޭނާ އާއި ހަޒާޑަށް އަނިޔާވީ މުބާރާތުގެ ދެ ވަނަ ބުރުގައި ރޭ ޕޯޗުގަލް އަތުން 1-0 އިން ބެލްޖިއަމް މޮޅުވި މެޗުގަ އެވެ. ޑި ބްރޭނާ ކުޑަ ހުޅަށް އަނިޔާވީ ފުރަތަމަ ހާފުގަ އެވެ. މެޗުގައި އިތުރަށް ނުކުޅެވިގެން އޭނާ ބަދަލުކުރީ ދެ ވަނަަ ހާފްގަ އެވެ. ހަޒާޑްގެ ފަލަމަސްގަނޑަށް އަނިޔާވެގެން މެޗުގެ ފަހު ކޮޅު ބަދަލުކުރަން ޖެހުނެވެ.

އަނިޔާގެ ސަބަބުން ޑި ބްރޭނާ އާއި ހަޒާޑަށް މި ފަހަރުގެ ޔޫރޯ ނިމުނީ ކަމަށް ބެލެވުނު ނަމަވެސް ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ އެއީ ހަގީގަތެއް ނޫން ކަމަށެވެ.

"މާ ބޮޑު ގެއްލުމެއް ލިބިފައި ނެތް. އޭގެ މާނަ އަކީ އެ މީހުންނަށް (ހަޒާޑާއި ޑި ބްރޭނާ) މުބާރާތުގައި އަދި ކުރިއަށް ފުރުސަތު އެބައޮތޭ. އެ މީހުންނަށް ޔޫރޯ އެއް ނުނިމޭ،" މާޓީނޭޒް ބުންޏެވެ.

ބެލްޖިއަމްގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި އިޓަލީ މެޗުގައި ކުޅެވުމުގެ ފުރުސަތު އޮތީ ޑި ބްރޭނާ އަށެވެ. ހަޒާޑް އެ މެޗުގައި ފެނުމުގެ ފުރުސަތު ކުޑަ އެވެ. ރިކަވަރީ ރަނގަޅަށް ގޮސްފިނަމަ ހަޒާޑަށް ކިރިޔާ ވެސް ކުޅެވޭ ވަރުވާނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ހަޒާޑަށް އޭނާގެ އެންމެ ރަނގަޅު ކުޅުން ފަހަކަށް އައިސް ނުދެއްކޭ އެންމެ ބޮޑު ސަބަބަކީ ވެސް އަނިޔާއާ ހެދި ފާއިތުވި ދެ އަހަރު ގިނަ މެޗުތަކެއް ގެއްލިފައިވާތީ އެވެ. ހަޒާޑުގެ އަނިޔާގެ މައްސަލަތަކާ ހެދި މި ފަހަރު ޔޫރޯ ވެސް އޭނާ އަށް ގެއްލިދާނެ ކަަމަށް ބެލެވުނެވެ.

މި ފަހަރުގެ މުބާރާތުގައި ބެލްޖިއަމުން ކުޅުނު ފުރަތަމަ މެޗުގައި ޑި ބްރޭނާ ނުކުޅެ އެވެ. ބެލްޖިއަމުން ރަޝިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ޑި ބްރޭނާ ނުކުޅުނީ ޗެމްޕިއަންސް ލީގު ފައިނަލުގައި ލޮލު ކައިރީ ކަށިގަނޑަށް ލިބުނު އަނިޔާއަކުން ރަނގަޅުވާން ކުރި އޮޕަރޭޝަނަށް ފަހު ރަނގަޅަށް ރިކަވާވުމުގެ ގޮތުންނެވެ. ހަޒާޑް ފުރަތަމަ ދެ މެޗުގައި ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އެއީ ފިޓްނަސް މައްސަލައެއްގެ ސަބަބުން ފުރަތަމަ އެގާރައިގައި ނުހިމަަނާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox