އައިއެސްއާ ގުޅެން ދިޔަ މީހުން އަނބުރާ ގައުމުތަކަށް ގެންދަން އެމެރިކާއިން ބާރު އަޅަނީ

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން-- ފޮޓޯ: ރޮއިޓާޒް

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން-- ފޮޓޯ: ރޮއިޓާޒް

ރޯމް، އިޓަލީ (ޖޫން 28) - ސީރިއާގައި ހައްޔަރުކޮށްފައި ތިބި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ މެމްބަރުން އަނބުރާ ގައުމުތަކަށް ގެންދަން އެމެރިކާއިން ގޮވާލައިފި އެވެ.

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން އެގޮތަށް ވިދާޅުވީ އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރި 83 ގައުމެއް ހިމެނޭ ކޯޯލިޝަނުގެ ބައްދަލުވުމެއްގަ އެވެ.

އެމެރިކާއިން ލަފާކުރާ ގޮތުގައި ހުޅަނގުގެ ގައުމުތަކުން ތާއީދު ކުރާ ކުރުދީންގެ ހައްޔަރުގައި 10،000 އައިއެސްގެ ހަނގުރާމަވެރިން އުތުރު ސީރިއާގައި އެބަ ތިއްބެވެ.

ބްލިންކެން ވިދާޅުވީ އެ މީހުން އެތަނުގައި ތާ އަބަދަށް ނުބޭތިއްބޭނެ ކަމަށާއި އެމެރިކާއިން އެކުވެރި ގައުމުތަކަށް ބާރު އަޅަނީ އެ ގައުމުގެ ރައްޔިތުން އަނބުރާ ގެންދިޔުމަށް ކަމަށެވެ.

ނަމަވެސް ހައްޔަރުކޮށްފައި ތިބި މީހުން އަނބުރާ ގެންދިޔުމަށް ފްރާންސާއި އިނގިރޭސި ވިލާތް ފަދަ ގައުމުތަކުން ބޭނުމެއް ނުވެ އެވެ.

އެ ގައުމުތަކުން ފަސްޖެހެނީ ހައްދުފަހަނަ އެޅި ފިކުރުގެ، ހަނގުރާމައިގެ ތަމްރީން ލިބިފައިވާ ގިނަ ބަޔަކު އަނބުރާ ގެނެސްގެން ނޭދެވޭ ނަތީޖާއެއް ނުކުތުމުގެ ބިރު އޮތުމުންނެވެ.

ބްލިންކެން ވަނީ އިޓަލީ އާއި ކަޒަކިސްތާން ފަދަ ގައުމުތަކުން ރައްޔިތުން އަނބުރާ ގެންގޮސްފައި ވާތީ އެކަން ފާހަގަކުރައްވާފަ އެވެ. ކަޒަކިސްތާނުން ވަނީ 600 ހަނގުރާމަވެރިންނާއި އެ މީހުންގެ އާއިލާތަށް ގައުމަށް ގެންގޮސް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ފަށާފަ އެވެ.

ހިޔުމަން ރައިޓްސް ވޮޗް އިން ބުނެފައިވާ ގޮތުގައި ކުރުދީން ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރޭގައި 63،000 އަންހެނުންނާއި ކުޑަކުދިން ހިމެނެ އެވެ. އެއީ 60 ގައުމަކަށް ނިސްބަތްވާ މީހުންނެވެ. އެ މީހުން ތިބީ ދެ ރެފިއުޖީ ކޭމްޕެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox