އޯޒޯން ފަށަލައަށް ގެއްލުންދޭ އެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލި ގައުމުތަކުގެ ލިސްޓަށް ރާއްޖެ

މާލޭގެ ގޭބިސީއެއްގައި ހަރުކޮށްފައި ހުރި އޭސީއެއްގެ އައުޓްޑޯ ޔުނިޓް: އެޗްސީއެފްސީ ގޭސް ގިނައިން ބޭނުންކުރަމުން އައީ އޭސީ ފަދަ އާލާތްތައް ފިނި އުފައްދާ ގޭހެއްގެ ގޮތުގައި. -- ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

މާލޭގެ ގޭބިސީއެއްގައި ހަރުކޮށްފައި ހުރި އޭސީއެއްގެ އައުޓްޑޯ ޔުނިޓް: އެޗްސީއެފްސީ ގޭސް ގިނައިން ބޭނުންކުރަމުން އައީ އޭސީ ފަދަ އާލާތްތައް ފިނި އުފައްދާ ގޭހެއްގެ ގޮތުގައި. -- ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ދުނިޔޭގެ ފިނިހޫނުމިން ހިފަހައްޓަަން މުހިއްމު ރޯލެއް އަދާކުރާާ އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާއެއް ކަމުގައިވާ ހައިޑްރޯކްލޯރޯފުލޯރޯކާބަން (އެޗްސީއެފްސީ) ބޭނުންކުރުން ހުއްޓާލި، ތަރައްގީވަމުން އަންނަ ފުރަތަމަ ގައުމަކަށް ދިވެހިރާއްޖެ ވެއްޖެ އެވެ.

އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާއެއް ކަމުގައިވާ އެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލަން ދުނިޔޭގެ ގައުމުތަކުން އެއްބަސްވީ 1989 ވަނަ އަހަރުގެ މޮންޓްރިއާލް ޕްރޮޓޯކޯލްގެ ތެރެއިންނެވެ. މި އެއްބަސްވުމުގައި 197 ގައުމަކުން ސޮއިކޮށްފައިވާއިރު، ތަރައްގީވަމުން އަންނަ ގައުމުތަކަށް އެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލަން ކަނޑައެޅީ 2030 ވަނަ އަހަރުގެ ކުރިންނެވެ.

އެހެން ނަމަވެސް ރާއްޖެއިން ވަނީ 2010 ގައި ފެށި އެޗްސީއެފްސީ ފޭސް-އައުޓް މެނޭޖްމަންޓް ޕްލޭން (އެޗްޕީއެމްޕީ) މަޝްރޫއުގެ ތެރެއިން، ޕްރޮޓޮކޯލްގައި އެއްބަސްވެވުނު މުއްދަތަށް ވުރެ ދިހަ އަހަރު ކުރިން މި ވިހަ ގޭސް ބޭނުންކުރުން ހުއްޓާލާފަ އެވެ. މި މަޝްރޫއަށް ފަންޑުކުރީ މޮންޓްރިއާލް ޕްރޮޓޮކޯލްގައި ކަނޑައެޅި ލަނޑުދަނޑިތަކަށް ވާސިލުވާން ފަހިކޮށްދިނުމުގެ ގޮތުން އެކުލަވާލި މަލްޓިލެޓެރަލް ފަންޑް (އެމްއެލްއެފް)ގެ ހިލޭ އެހީންނެވެ.

ރާއްޖެއިން މި ހާސިލުކުރި ކާމިޔާބީ ފާހަގަކުރަން މިއަދު ބޭއްވި "އަ ކޫލް މޫވް: މޯލްޑިވްސް ކުއިޓްސް އެޗްސީއެފްސީ" ރަސްމިއްޔާތުގައި މި މަސައްކަތުގައި އުޅުނު ރާއްޖޭގެ ވުޒާރާތަކާއި އޮފީސްތަކުގެ އިސްބޭފުޅުންނާއި މި މަސައްކަތަށް އެކި ގޮތްގޮތުން އެހީތެރިވެދިން ބޭރުގެ ފަރާތްތަކުން ބައިވެރިވި އެވެ.

އޭގެ ތެރޭގައި އދ. ގެ ކަމާބެހޭ ޖަމިއްޔާތަކުގެ އިސްފަރާތްތަކާއި ރާއްޖޭގެ ވުޒާރާތަކުގެ ވަޒީރުންގެ އިތުރުން މި ގޭސް އެންމެ ގިނައިން ބޭނުންކުރަމުން ދިޔަ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް ކުންފުނިތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެން ވާހަކަ ދެއްކެވި އެވެ.

މިއީ މޫސުމަށް އަންނަ ބަދަލުތަކާއި ދުނިޔެ ހޫނުވުމާ ގުޅިގެން ގުދުރަތީ އަރައްކާތައް ގިނަވަމުން އަންނަ ރާއްޖެ ފަދަ ތިރި ޖަޒީރާ ގައުމަކުން އެހެން ގައުމުތަކަށް މިސާލު ދައްކަން ކުރި މުހިއްމު މަސައްކަތަކަށް ވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިޝަތު ޝައުނާ ވިދާޅުވި އެވެ. އަދި ރާއްޖެއިން މި ލަނޑުދަނޑި ހާސިލުކުރުމަކީ 2030 ވަނަ އަހަރުގެ ކުރިން އެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލަން، ތަރައްގީވަމުން އަންނަ ގައުމުތަކަށް ނަމޫނާއަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖެއިން އެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލުމުގެ ޕްލޭން ތަންފީޒުކުރަން ފެށި 2010 ވަނަ އަހަރު 67 މެޓްރިކް ޓަނުގެ އެޗްސީއެފްސީ ގޭސް އެތެރެކުރި އެވެ. އެކަމަކު މިދިޔަ އަހަރު މި އަދަދު ވަނީ ސުމަކަށް ތިރިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox