ސްޓެލްކޯ ޖަނަރޭޓަރުތަކުގެ މައްސަލަ އެޖެންޑާކޮށްފި

ސްޓެލްކޯ ޖަނަރޭޓަރުތަކުން އިވޭ އަޑުތަކާއި ބޭރު ކުރާ ދުމާ ދެކޮޅަށް އެ ސަރަހައްދުގައި ތަތް ކޮށްފައި ހުރި ޕޯސްޓަރުތަކެއް: ތަކުރާރުކޮށް އެވަރަށް އަޑު އިވޭ ނަމަ ކަންފަތުގެ އިވުން ގެއްލިދާނެ ކަމަށް މާހިރުން ބުނޭ. -ފޮޓޯ: އާއިމް ޒަމީރު

ސްޓެލްކޯ ޖަނަރޭޓަރުތަކުން އިވޭ އަޑުތަކާއި ބޭރު ކުރާ ދުމާ ދެކޮޅަށް އެ ސަރަހައްދުގައި ތަތް ކޮށްފައި ހުރި ޕޯސްޓަރުތަކެއް: ތަކުރާރުކޮށް އެވަރަށް އަޑު އިވޭ ނަމަ ކަންފަތުގެ އިވުން ގެއްލިދާނެ ކަމަށް މާހިރުން ބުނޭ. -ފޮޓޯ: އާއިމް ޒަމީރު

ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މާލޭގެ މީހުން ދިރިއުޅޭ ސަރަހައްދާއި މާ ގާތުގައި އެ ކުންފުނީގެ ޖަނަރޭޓަރުތަކާއި، ދުންހޮޅިތަކާއި، ތެޔޮތާންގިތައް ބެހެއްޓުމުގެ ސަބަބުން، އެސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ގެއްލުންވަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

ގަލޮޅުގައި ސްޓެލްކޯގެ މައި އިމާރާތުގައި ހުންނަ ޖަނެރޭޓަރުތަކާއި ދުންހޮޅިތަކުގެ ސަބަބުން އުނދަގޫތަކާއި ގެއްލުންތައް ލިބެމުންދާކަމަށް ބުނެ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޝަކުވާ ކުރަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ.

ސްޓެލްކޯއަށް ވެސް އެ މައްސަލަ ތަކުރާރުކޮށް ހުށަހަޅައިގެން ހައްލެއް ނުލިބިގެން އުޅެނިކޮށް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ މިދިޔަ މަހުގެ 31 ވަނަ ދުވަހެވެ.

ގަރާރުގައި ބުނެފައިވަނީ އާންމު ބޭނުންތަކުގެ ހިދުމަތާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ މާލެ އާއި ރައްޖޭގައި އާންމުކޮށް އިލެކްޓްރިކް ކަރަންޓް ދިނުމާބެހޭ ގަވާއިދުގައި އިންޖީނުގެ ހުންނަންވާނީ އަރާ ދުމުން، އާންމުންނަށް އުނދަގޫ ނުވާނެ ގޮތަށް މީހުން ދިރިއުޅޭ ސަރަހައްދާ މަދުވެގެން 200 ފޫޓު ދުރުގާކަމަށް ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ނަމަވެސް، ސްޓެލްކޯގެ ދުންހޮޅިތައް ތިރިކަމުން، އެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ތާއަބަދު ޖައްވުގައި ހުންނަ ތެޔޮވަސް ދުވާ، ޑީސަލް ތެޔޮ އަންދައިގެން އުފެދޭ ކަޅު ދުމުގެ ސަބަބުން ވައި ތަޣައްޔަރުވެ، ތަފާތު ބަލިތަކަށް މަގުފަހިވެފައިވާ ކަމަށް އެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

އަދި ސްޓެލްކޯގެ ޖަނަރޭޓަރުތަކުގެ ވައިބްރޭޝަންތަކުގެ ސަބަބުން ގޭގާ ޖަހާފައި ހުންނަ މުއްޓައް ތަކުރާރުކޮށް ގެއްލުން ލިބި، ފާރުތަކުގައި ރެނދުލައި، ކުޑަކުދިންނަށް ރޭގަނޑު ނުނިދި، މުޅި ދުވަހު ކުޑަދޮރުތައް ލައްޕައިގެން އުޅެން މަޖުބޫރުވެފައިވާ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން، އެ ސަރަހައްދުގައި ބަހައްޓާފައި ހުރި ސްޓެލްކޯގެ ތެޔޮތާންގިތަކުގެ ސަބަބުން އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް މެދުވެރިވެ ވަރަށް ގިނަ ބަޔަކަށް ގެއްލުންތަކެއް ވެދާނެކަމުގެ ބިރުހީވެފައި ކަމަށް ވެސް ބުންޏެވެ.

އެހެންކަމުން އެ މައްސަލަތަކަށް ހައްލެއް ގެނައުމަށް، މީކާއީލް ހުށަހަޅުއްވާފައިވަނީ ކުރު ރާސްތާ، މެދު ރާސްތާ އަދި ދުރު ރާސްތާ ޕްލޭނެއް ސްޓެލްކޯއިން އެކުލަވާލައި، އެކަމަށް ތާވަލެއް ކަނޑައަޅުމަށެވެ.

އެގޮތުން، ކުރުރާސްތާގައި، މާލެ-ހުޅުމާލެ އިންޓަކަނެކްޝަން ޕްރޮޖެކްޓް ވީ އެންމެ އަވަހަކަށް ނިންމުމުގެ އިތުރުން މިހާރު ބޭނުންކުރަމުންދާ ވަގުތީ ޖަނެރޭޓަރުތައް ބޭނުންކުރުން ހުއްޓާލާ، އެ ސަރަހައްދުން އެތަކެތި ނެގުމަށް ގޮވާލާފައިވެ އެވެ.

މެދު ރާސްތާގައި އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލުކުރުމަކީ ކުރެވިދާނެ ކަމެއްތޯ ދެނެގަނެ، މާލޭގެ ބޮޑު ބަޔަކީ ޢިއާދަކުރަނިވި ހަކަތަ އުފައްދައި، މާލެއަށް ކަރަންޓު ދިނުމަށް ބާޖެއްގައި ގޭސް އިންޖީނު އޮޕަރޭޓުކުރުން އެއީ ކުރެވިދާނެ ކަމެއްތޯ ދެނެގަންނަށް ހުށަހަޅާފައިވެ އެވެ.

އަދި ދުރު ރާސްތާގައި ސްޓެލްކޯ އިންޖީނުގެ މާލެއިން އެހެންތަނަކަށް ބަދަލުކޮށް، މާލެއަކީ ކާބަން އެމިޝަން ފްރީ ސިޓީއަކަށް ހެދުމަށް އެ ގަރާރުގައި މީކާއީލް ސަރުކާރަށް ވަނީ ގޮވާލައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox