އޮސްޓްރިއާ ކަޓުވާލައި ރެކޯޑް މޮޅަކާ އެކު އިޓަލީ ކުއާޓާ ފައިނަލަށް

Jun 26, 2021, 9:34 PM
އިޓަލީގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު ކިއޭސާ އުފާފާޅުކުރަނީ.

އިޓަލީގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު ކިއޭސާ އުފާފާޅުކުރަނީ.

ލަންޑަން (ޖޫން 23) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން އޮސްޓްރިއާ 2-1 އިން ބަލިކޮށް, ރެކޯޑް މޮޅަކާ އެކު އިޓަލީ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

މިއީ އިޓަލީން ޖެހިޖެހިގެން މޮޅުވި 12 ވަނަ މެޗެވެ. މިއީ އެ ގައުމުގެ ފުޓްބޯޅައިގައި އާ ރެކޯޑެކެވެ. އިޓަލީ މި މެޗުން މޮޅުވިއިރު، އެންމެ ފަހުން ކުޅުނު 31 މެެޗުން ވެސް އެ ޓީމު ބަލިވެފައި ނުވެ އެވެ. މިއީ ވެސް ރެކޯޑެކެވެ. އިޓަލީ އެންމެ ފަހުން ބަލިވެފައިވަނީ 2018 ވަނަ އަހަރު އެވެ. އެކަމަކު މި މެޗުގައި އިޓަލީ ކޮޅަށް ވަނީ 11 މެޗަށް ފަހު ގޯލެއް ވަދެފަ އެވެ.

އިޓަލީ ވަނީ އެންމެ ފަހުން ކުޅުނު ހަ ޔޫރޯގެ ތެރެއިން ފަސް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. އިޓަލީ އަށް ގަދަ އަށް ޓީމުގެ ތެރެއިން ފުރުސަތު ނުލިބިދިޔައީ 2004 ވަނަ އަހަރު ޕޯޗުގަލްގައި ބޭއްވި މުބާރާތުގަ އެވެ. އެ ފަހަރު އިޓަލީ ކެޓީ ގްރޫޕް ސްޓޭޖުންނެވެ.

އިނގިރޭސި ރަސްމީ ސްޓޭޑިއަމް ވެމްބްލީގައި މިރޭ ކުޅުނު މެޗަށް އިޓަލީން ނުކުތްއިރު އެ ޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު ޖިއޮޖިއޯ ކިއެލީނީގެ ބަދަލުގައި ލެއޮނާޑޯ ބޮނޫޗީއާ އެކު ފަހަތަށް ކުޅެމުން ދިޔައީ ފްރެންސެސްކޯ އަޗެރްބީ އެވެ.

އިޓަލީން ފުރަތަމަ މިނިޓުން ފެށިގެން މެދުތެރެއިން މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅެން މަސައްކަތް ފެށި އެވެ. މެޗުގައި ގޯލާ ސީދާކޮށް އެންމެ ފުރަތަމަ ހަމަލާ ފޮނުވާލީ ވެސް އިޓަލީންނެވެ. މެޗުގެ 16 ވަނަ މިނިޓްގައި އިޓަލީގެ ފުލްބެކް ލެއޮނާޑޯ ސްޕިނަޒޯލާ ނަގައިދިން ހުރަހަކުން ނިކޯލޯ ބަރޭލާ ޖެހި ބޯޅަ އޮސްޓްރިއާގެ ގޯލްކީޕަރު ޑެނިއަލް ބަކްމަން ވަނީ ފައިން މަތަކޮށްފަ އެވެ.

އޭގެ ދެ ،މިނިޓް ފަހުން އިޓަލީގެ ޑިފެންސް ލައިނުގެ އޮފްސައިޑް މަޅިން ސަލާމަތްވެ، އޮސްޓްރިއާގެ މާކޯ އާނައޮޓޮވިޗް ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އެ ބޯޅަ އާނައޮޓޮވިޗަށް އެ އަށް ވުރެ ރަނގަޅަށް ފޮނުވާލެވޭނެ ފުރުސަތު އޮތެވެ.

ބޮނޫޗީ (ކ) ކައިރިން އޮސްޓްރިއާގެ އާނައޮޓޮވިޗް ބޯޅަ ހިފައިގެންދަނީ.

އިޓަލީގެ ލޮރެންޒޯ އިންސީނިއޭ ޖެހި ބޯޅައެއް ކީޕަރު ބަކްމަން އަތަށް އަމާޒުވިއިރު، ފުރަތަމަ ހާފުގައި އިޓަލީގެ އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ މެޗުގެ 33 ވަނަ މިނިޓްގައި ޗީރޯ އިމޯބިލޭ އެވެ. އޭރިއާބޭރުން އިމޯބިލޭ ޖެހި ޝޮޓް ބޭރުވީ ގޯލު ދަނޑީގައި ޖެހިފަ އެވެ. އިމޯބިލޭ ފޮނުވާލި އެ ބޯޅައަށް ކީޕަރު ބަކްމަން އަށް ހަރަކާތް ވެސް ނުކުރެވުނެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން އޮސްޓްރިއާ އިން ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެ ގޮތުން ފުރަތަމަ ހަ މިނިޓް ތެރޭ ރަނގަޅު ދެ ފުރުސަތެއް ތަނަވަސްކުރި އެވެ. ބޮނޫޗީ އަށް ހެދުނު ގޯހެއްގެ ފައިދާނަަގައި އާނައޮޓޮވިޗް އޭރިއާތެރެއިން ފޮނުވާލި ބޯޅަ ގޯލާ ސީދާނުވެ ދިޔައިރު، ހިލޭ ޖެހުމަކުން އޭރިއާބޭރުން އޮސްޓްރިއާގެ ކެޕްޓަން ޑޭވިޑް އަލަބާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ގޯލާ ސީދާކޮށް އޮސްޓްރިއާ އިން ފުރަތަމަ ހަަމަލާ ފޮނުވާލީ 62 ވަނަ މިނިޓްގަ އެވެ. އާނައޮޓޮވިޗް ޖެހި ޝޮޓް އިޓަލީގެ ގޯލްކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ ވަނީ މަތަކޮށްފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން އާނައޮޓޮވިޗް ވަނީ ގޯލެއް ޖަހައިފަ އެވެ. އަލަބާ ބޮލުން ޖައްސާލި ބޯޅަ އާނައޮޓޮވިޗް ބޮލުން ފޮނުވާލިއިރު ގޯލަށް ވަނީ ހުރަސްދަނޑީގައި ޖެހިފަ އެވެ. އެކަމަކު އަލަބާ ބޮލުން ޖައްސާލިއިރު، އާނައޮޓޮވިޗް އޮފްސައިޑްގައި ހުރުުމުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ނިންމީ އެ ގޯލު ބަލައިނުގަތުމަށެވެ.

އިޓަލީން ވަނީ މެޗުގެ ފަހު 20 މިނިޓަށް މާކޯ ވެރާޓީ އާއި ބަރޭލާގެ ބަދަލުގައި މަނުއަލް ލޮކަޓެލީ އާއި މަޓެއޯ ޕެސީނާ ކުޅެން އަރުވައިފަ އެވެ. ޕެސީނާ ދިން ބޯޅައަކުން މެޗުގެ 73 ވަނަ މިނިޓްގައި ލޮކަޓެލީ ޖެހި ޝޮޓް ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ ފަހުން ޑޮމެނިކޯ ބެރާޑީ އެކްރޮބެޓިކް ކިކަކުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން ލަނޑެއް ޖަހައި މެޗުން މޮޅުވާން ދެ ޓީމުން ވަރަށް މަސައްކަތްކުރި އެވެ. އެކަމަކު އެކަން ހާސިލްވާ ގޮތެއްނުވި އެވެ. ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފް ކުޅުނުއިރު، އިޓަލީން ވަނީ ފުރަތަމަ ހާފް ފެށިގެން ފަސް މިނިޓް ތެރޭ ގޯލު ޖަހައިފަ އެެވެ.

އިޓަލީ އަށް ލީޑުނަގައިދިން ގޯލު ޖެހީ ދެ ވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފެޑެރީކޯ ކިއޭސާ އެެވެ. ސްޕިނަޒޯލާ ނަގައިދިން ބޯޅަ ކޮންޓްރޯލް ކޮށް އޮސްޓްރިއާ ކުޅުންތެރިއަކު ކައިރިން ނައްޓާލުމަށް ފަހު ކިއޭސާ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ފަހު މިނިޓްގައި އިޓަލީން ވަނީ ދެ ވަނަ ގޯލެއް ޖަހައިފަ އެވެ. އޭރިއާ ތެރެއިން އަންދްރެއާ ބެލޮޓީ ކޮންޓްރޯލް ކޮށްލުމަށް ފަހު ޕެސީނާ އަށް ދިން ބޯޅަ އޭނާ ވަނީ ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ. މިއީ މި ފަހަރުގެ މުބާރާތުގައި އޭނާ ޖެހި ދެ ވަނަ ގޯލެވެ. ޕެސީނާ އަށް ޓީމުން ފުރުސަތު ލިބުނީ ސްޓެފާނޯ ސެންސީ އަށް އަނިޔާވުމުން އޭނާގެ ބަދަލުގަ އެވެ.

ޕެސީނާ (ކ) އިޓަލީގެ ދެ ވަނަ ގޯލު ކާމިޔާބުކުރަނީ: އޭނާ ކުޅެން އެރީ ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި.

ދެ ވަނަ ހާފުގައި އޮސްޓްރިއާ އިން ގޯލެއް ޖަހަން ގިނަ މަސައްކަތްތަކެއް ކުރި އެވެ. އޮސްޓްރިއާގެ އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލޮއިސް ޝައުބް އެވެ. އޭރިއާބޭރުން އޭނާ ޖެހި ޝޮޓް އިޓަލީގެ ކީޕަރު ޑޮންނަރުންމާ ވެއްޓިގެންފައި ވަނީ މަތަކޮށްފަ އެވެ.

ލަނޑެއް ޖަަހަން ކުރި މަސައްކަތް އޮސްޓްރިއާ އިން ކާމިޔާބުކުރި އެވެ. އޮސްޓްރިއާގެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސާސާ ކަލައިޗިޗް އެވެ. މެޗުގެ 114 ވަނަ މިނިޓްގައި ކޯނަަރަކުން ހުރަސްވި ބޯޅައެއް ކަލައިޗިޗް ބޮލުން ފޮނުވާލިއިރު، ގޯލުގެ ކައިރީ ކަނަށް ވަނީ ކީޕަރު ޑޮންނަރުންމާ އަތުގައި ޖެހިފަ އެވެ. މިއީ އެންމެ ފަހުން އިޓަލީން ކުޅުނު 1168 މިނިޓަށް ފަހު އެ ޓީމު ކޮޅަށް ވަން ފުރަތަމަ ގޯލެވެ.

މިއީ އޮސްޓްރިއާ އިން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނޮކައުޓް ބުރުގައި ކުޅުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން މި މުބާރާތުގައި ވާދަކުރި ދެ ފަހަރު ވެސް ކެޓީ ގްރޫޕް ސްޓޭޖުންނެެވެ. އަދި މިރޭގެ މެޗަކީ 1982 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ފަހު ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގެ ނޮކައުޓް މެޗެއްގައި އޮސްޓްރިއާ ނުކުތް ފުރަތަމަ ފަހަރެވެ.

އިޓަލީ އަކީ މި ފަހަރުގެ ޔޫރޯގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދި ދެ ވަނަ ޓީމެވެ. އެންމެ ފުރަތަމަ ފުރުސަތު ހޯދީ މިރޭ 4-0 ވޭލްސް ބަލިކުރި ޑެންމާލް އެވެ. އިޓަލީ ކުއާޓާ ފައިނަލުގައި ކުޅޭނީ ޕޯޗުގަލް އާއި ބެލްޖިއަމް ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox