މުއްދަތު ހަމަވާތީ މެސީގެ ކޮންޓްރެކްޓް މަޝްވަރާތައް އަވަސްކޮށްފި

Jun 27, 2021, 3:30 AM
މުއްދަތު ހަމަވާތީ މެސީގެ ކޮންޓްރެކްޓް މަޝްވަރާތައް އަވަސްކޮށްފި

ބާސެލޯނާ (ޖޫން 27) - ބާސެލޯނާ އިން އެ ޓީމުގެ ތަރި ލިއޮނަލް މެސީގެ ކޮންޓްރެކްޓް މަޝްވަރާތައް އަވަސްކުރަން ނިންމައިފި އެވެ.

މެސީ ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާން ބާކީ އޮތީ ތިން ދުވަހެވެ. އެހެންވެ, ބާސެލޯނާ އިން މެސީގެ ކޮންޓްރެކްޓްގެ މަޝްވަރާތައް ވީ އެންމެ އަވަހަށް ނިންމާލަން ވަނީ އަމާޒުހިފައިފަ އެވެ.

ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ އަންނަނީ މެސީ އެ ކްލަބާ އެކު އާ ކޮންޓްރެކްޓެއްގައި ސޮއިކުރަން ހުރިހާ ކަމެއް ނިމިފައިވާ ކަމަށް ވިދާޅުވަމުންނެވެ. އެކަަމަކު، މިހާތަނަށް މެސީ އާ ކޮންޓްރެކްޓެއްގައި ސޮއިކުރުމުގެ ހުރިހާ ކަމެއް ނުނިމެ އެވެ. އެހެންވެ، ބާސެލޯނާގެ ބައެއް ސަޕޯޓަރުންގެ ކަންބޮޑުވުންތަކެއް ވެސް އެބަހުއްޓެވެ.

ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން މަސައްކަތް ކުރީ މީގެ ތިން ދުވަސް ކުރިން މެސީ އޭނާގެ 34 ވަނަ އުފަން ދުވަސް ފާހަގަކުރިއިރު، ބާސެލޯނާގެ އާ ކޮންޓްރެކްޓްގެ ކަންކަން ރަސްމީކޮށް އިއުލާނުކުރާށެވެ. އެކަމަކު އެކަން ނުކުރެވުނީ ބާސެލޯނާގެ މުސާރަތައް މި ވަގުތު ވަރަށް ބޮޑުކޮށް ހުރުމުން އެ ކޮންޓްރޯލް ކުރުމަށް ވަގުތު ބޭނުންވާތީ އެވެ.

މެސީއާ އެކު ބާސެލޯނާ އިން އިތުރު ދެ އަހަރުގެ ކޮންޓްރެކްޓެއް ސޮއިކުރަން ނިންމާފައިވާއިރު، އެކަން ކުރެވެން އޮތީ ބާސެލޯނާގެ މުޅި ސްކޮޑުގެ މުސާރަތައް އުސޫލުތަކާ އެއްގޮތަށް ކޮންޓްރޯލް ކުރުމަށް ފަހު އެވެ. މެސީއާ އެކު ބާސެލޯނާ އިން އާ ކޮންޓްރެކްޓްގައި ސޮއިކުރި ނަމަވެސް އެ އެއްބަސްވުން ރަޖިސްޓްރީ ކޮށްދޭން ލަލީގާ އިން ނިންމާފައިވަނީ ބާސެލޯނާގެ މުޅި މާލީ ހާލަތާއި މުސާރައިގެ ކަންތައްތަކުގެ ފުރިހަމަ ރިޕޯޓްތައް ލިބުމުންނެވެ. އެއީ މެސީ އަކީ ބާސެލޯނާގެ އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިޔާ ކަމަށްވާތީއާ ވެސް އެކު އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އިން ވަނީ ހަތަރު ކުޅުންތެރިން ސޮއިކޮށްފަ އެވެ. އެއީ ހިލޭ އެއްބަސްވުމެއްގެ ދަށުން އެ ޓީމާ ގުޅުނު މެންޗެސްޓާ ސިޓީގެ ސާޖިއޯ އަގުއޭރޯ އާއި އެރިކް ގާސިއާ އަދި ލިޔޯނުން އައި މެމްފިސް ޑިިޕާއިގެ އިތުރުން ރެއާލް ބެޓިސް އިން ގަތް އެމަސަން އެެވެ. ހަތަރު ކުޅުންތެރިން ގެނައި ނަމަވެސް ބާސެލޯނާ އިން މިހާތަނަށް ކުޅުންތެރިއަކު ވިއްކާފައި ނުވެ އެވެ.

ބާސެލޯނާ އިން އަލަށް ސޮއިކުރި ހަަތަރު ކުޅުންތެރިންގެ ރަޖިސްޓްރީ ކަންކަން ފުރިހަމަ ކުރަން ހުށަހަޅަން ނިންމާފައިވަނީ މެސީގެ ކޮންޓްރެކްޓްގެ ކަންކަން ވެސް ނިންމުމަށް ފަހު ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މި ވަގުތު އާޖެންޓީނާއާ އެކު ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ކުޅެމުން އަންނަ މެސީ ހޯދަން މެންޗެސްޓާ ސިޓީ އާއި ޕީއެސްޖީން ޝައުގުވެރިވާ ކަމަށް މީޑިއާގައި މީގެ ކުރިން އަޑުފެތުރުނު ނަމަވެސް ރަސްމީކޮށް އެއްވެސް މަޝްވަރާއެއް މިދިޔަ އޭޕްރީލް މަހަށް ފަހު ބާއްވާފައި ނުވެ އެެވެ. މެސީގެ އޭޖެންޓް އަދި ބައްޕަ ޖޯޖް މެސީ ވަނީ ބާސެލޯނާގެ ރައީސް ލަޕޯޓާއާ އެކު މެސީގެ މުސްތަގުބަލާ ބެހޭގޮތުން މަޝްވަރާކުރަން މި އަހަރު ފެށި ފަހުން ވެސް 10 ފަހަރަށް ވުރެ ގިނައިން ބައްދަލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox