ވޭލްސް ބަލިކޮށް 17 އަހަރަށް ފަހު ޑެންމާކް ކުއާޓާ އަށް

Jun 26, 2021, 5:54 PM
ލަނޑު ޖެހުމަށް ފަހު ޑެންމާކްގެ ޑޯލްބާގް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ޑެންމާކްގެ ޑޯލްބާގް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

އަމްސްޓެޑަމް (ޖޫން 26) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި މިރޭ ވޭލްސް އަތުން 4-0 އިން މޮޅުވެ، ޑެންމާކް 17 އަހަރަށް ފަހު މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ޑެންމާކުން އެންމެ ފަހުން ޔޫރޯގެ ކުއާޓާ ފައިނަލުގައި ކުޅުނީ 2004 ވަނަ އަހަރު ޕޯޗުގަލްގައި ބޭއްވި މުބާރާތުގަ އެވެ. އެ ފަހަރު އެ ޓީމު ކެޓީ ކުއާޓާ ފައިނަލުގައި ޗެކް ރިޕަބްލިކް އަތުންނެވެ. އޭގެ ފަހުން 2008 ވަނަ އަހަރުގެ ޔޫރޯ އަށް ޑެންމާކް ކޮލިފައިނުވެ އެވެ. އަދި 2012 ވަނަ އަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުން ކެޓިއިރު، 2016 ވަނަ އަހަރުގެ މުބާރާތަށް ވެސް ޑެންމާކް ކޮލިފައިނުވެ އެވެ.

ޔޫރޯގެ ޗެމްޕިއަންކަން 1992 ވަނަ އަހަރު ހޯދި ޑެންމާކް މި ފަަހަރުގެ ކުއާޓާ ފައިނަލުގައި ކުޅޭނީ ޗެކް ރިޕަބްލިކާއި ނެދަލެންޑްސް ކުޅެގެން މޮޅުވާ ޓީމަކާ އެވެ. މިއަދަކީ ޑެންމާކުން ޔޫރޯގެ ޗެމްޕިއަންކަން ހޯދިތާ 29 އަހަރު ފުރުނު ދުވަހެވެ.

ނެދަލެންޑްސްގެ އަމްސްޓެޑަމްގެ ޔޯހަން ކްރައިފް އެރީނާގައި ކުޅުނު މިރޭގެ މެޗު ފެށުމުގެ ކުރިން ވޭލްސްގެ ކުޅުންތެރިން ވަނީ އެ ޓީމުގެ ކުޅުންތެރިން ސޮއިކޮށްފައިވާ އެ ގައުމުގެ ޖޯޒީއެއް ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންގެ ނަން ޖަހައިގެން ފްރޭމްކުރުމަށް ފަހު ޑެންމާކުގެ ކެޕްޓަން ސިމޯން ކިއޭއާ ހަވާލުކޮށްފަ އެވެ. މި ފަަހަރުގެ މުބާރާތުގައި ޑެންމާކް ކުޅުނު މެޗު ފުރަަތަމަ މެޗުގައި ހިތްހުއްޓިގެން ދަނޑުމައްޗަށް ވެއްޓުނު އެރިކްސަން ހުރީ މި ވަގުތު ޓީމާ ދުރުގަ އެވެ.

މެޗު ފަށައިގެން ފުރަތަމަ 15 މިނިޓްގައި ވޭލްސްގެ ކެޕްޓަން ގަރެތު ބޭލް އޭރިއާބޭރުން ޖެހި ދެ ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ. ފުރަތަމަ ވިއްސަކަށް މިނިޓަށް ފަހު ޑެންމާކުން މެޗުގެ ތެެރެއަށް ރަނގަޅަށް ވަދެ، ބޯޅަ ހިފަހައްޓައިގެން ކުޅެން ފެށި އެވެ.

ޑެންމާކުން ގޯލާ ސީދާކޮށް ފޮނުވާލި ނުރައްކާތެރި ފުރަތަމަ ހަމަލާގައި ވަނީ ލީޑުނަގައިފަ އެވެ. މެޗުގެ 27 ވަނަ މިނިޓްގައި މި ގޯލު ޖެހީ ކެސްޕާ ޑޯލްބާގް އެވެ. ޑޯލްބާގަށް މި މެޗުގައި ފުރަތަމަ އެގާރައިން ފުރުސަތު ލިބުނީ ޑެންމާކުގެ ފޯވާޑް ޔޫސެފް ޕޯލްސަން އަނިޔާގައި ހުރުމުންނެވެ. ޑޯލްބާގް މި ގޯލު ޖެހީ އޭރިއާ ރޮނގުކައިރިން ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ. މި މެޗު ކުޅުނު ދަނޑަކީ ޑޯލްބާގް ކުރިން ކުޅުނު ކްލަބް އަޔަކްސްގެ ހޯމް ސްޓޭޑިއަމް އެވެ.

ވޭލްސްގެ ގޯލަށް ޑަމްސްގާޑް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ގޯލާ އެކު ޑެންމާކުން ކޮންފިޑެންސާ އެކު ކުޅެން ފެށި އެވެ. އަދި ފުރަތަމަ ހާފު ނިމުމުކުރިން ލީޑުފުޅާކުރަން ރަނގަޅު ދެ ފުރުސަތު ވެސް ތަނަވަސްކުރި އެވެ. މެޗުގެ 31 ވަނަ މިނިޓްގައި ޑެންމާކްގެ މިކޭލް ޑަމްސްގާޑް ތިރިތިރިން ނަގައިދިން ބޯޅަ ޑޯލްބާގް ފޮނުވާލި ނަމަވެސް ވޭލްސްގެ ކީޕަރު ޑެނީ ވޯޑް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޑެންމާކްގެ ޔޮއަކީމް މޭލާ ޖެހި ޝޮޓް ވެސް ހުއްޓުވީ ކީޕަރު ވޯޑް އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ތިން މިނިޓް ތެރޭ ޑެންމާކުން ދެ ވަނަ ގޯލެއް ޖެހި އެވެ. މި ގޯލު ވެސް ކާމިޔާބުކުރީ ޑޯލްބާގް އެވެ. އޭރިއާތެރެއިން މެޗުގެ 48 ވަނަ މިނިޓްގައި މާޓިން ބްރައިތުވެއިޓް ނެގި ހުރަސް ސަލާމަތްކުރަން ވެގެން ވޭލްސްގެ ޑިފެންޑަރު ނެކޯ ވިލިއަމްސް ޖައްސާލި ބޯޅަ ލިބުނީ ޑޯލްބާގަށެވެ. އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އެ ގޯލު ބަލައިގަންނަން ނިންމުމުގެ ކުރިން ރެފްރީ ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ދެ ކަމެއް ބަލައިފަ އެވެ. އެއީ ޑެންމާކުން ބޯޅަ ހޯދިއިރު، އެ ޓީމުގެ ކިއޭ ވޭލްސްގެ ކެއިފާ މޯ އަށް ފައުލު ކުރިތޯ އާއި ބްރައިތުވެއިޓް ބޯޅަ ކޮންޓްރޯލް ކުރިއިރު، ބޯޅަ ބޭރުވެފައިވޭތޯ އެވެ. ދެ ކަންތައް ވެސް ބެލުމަށް ފަހު ރެފްރީ ނިންމީ ގޯލު ބަލައިގަންނާށެވެ.

އޭގެ ފަހުން ވޭލްސް އިން ކުޅުން ރަނގަޅުކޮށް ވަނީ ޑެންމާކަށް ޕްރެޝަރު ކުރަން ފަށައިފަ އެވެ. އޭރިއާތެރެއިން ވޭލްސްގެ ބޭލް ބޮލުން ފޮނުވާލި ބޯޅައެއް އަރިމަތިން ބޭރަށް ދިޔައިރު، ޑެނިއަލް ޖޭމްސް ޖެހި ޝޮޓް ވަނީ ޑެންމާކުގެ ޑިފެންޑަރު އަންދްރެއަސް ކްރިސްޓެންސަން ބްލޮކްކޮށްފަ އެވެ. ބަދަލުތައް ގެނެސްގެން ވެސް ވޭލްސް އިން ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

ޑެންމާކުން ވަނީ މެޗުގެ 85 ވަނަ މިނިޓްގައި ތިން ވަނަ ގޯލެއް ޖެހުމާ ގާތަށް ޖެހިލައިފަ އެވެ. ބްރައިތުވެއިޓް ފޮނުވާލި ރީބައުންސް ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އެ ބޯޅަ ނާކާމިޔާބުވި ނަމަވެސް މާ ގިނައިރެއް ނުވެ، ޑެންމާކުން ތިން ވަނަ ގޯލެއް ޖެހި އެވެ. މި ލަނޑު ކާމިޔާބުކުރީ މެޗުގެ 88 ވަނަ މިނިޓްގައި މޭލާ އެވެ. މިއީ މި ފަހަރުގެ މުބާރާތުގައި އޭނާ ޖެހި ދެ ވަނަ ގޯލެވެ.

ވޭލްސް އިން މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހެރީ ވިލްސަން އަށް ވަނީ މެޗުގެ 89 ވަނަ މިނިޓްގައި ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ވޭލްސް އަށް ދެއްކި ދެ ވަނަ ރަތް ކާޑެވެ. ގްރޫޕް ސްޓޭޖު ފަހު މެޗުގައި އިޓަލީއާ ދެކޮޅަށް ކުޅުނުއިރު، ވޭލްސްގެ އީތަން އަމްޕަޑޫ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.

ވޭލްސްގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި ޑެންމާކުގެ ބްރައިތުވެއިޓް އިތުރު ވަގުތުގައި ވަނީ އެ ޓީމުގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. އޮފްސައިޑް ކަމަށް ބެލެވުނު މި ގޯލު ބަލައިގަންނަން ނިންމީ ވީއޭއާރް އިން ބެލުމަށް ފަހު އެވެ.

ވާދަވެރި މެޗެއްގައި އެންމެ ފަހުން ޑެންމާކުން ވޭލްސްއާ ދެކޮޅަށް ނުކުތް ހަތަރު ފަހަރު ވެސް މި ވަނީ މޮޅުވެފަ އެވެ. އަދި ފަހުން ވޭލްސްއާ ދެކޮޅަށް ކުޅުނު 11 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވީ ވެސް ޑެންމާކް އެވެ.

ޑެންމާކުން މި ފަހަރުގެ ޔޫރޯގެ ދެ ވަނަ ބުުރުން ފުރުސަތު ހޯދީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުން ފިންލެންޑާއި ބެލްޖިއަމް އަތުން ބަލިވި ނަމަވެސް ފަހު މެޗުގައި ރަޝިއާ އަތުން 4-1 އިން މޮޅުވެގެންނެވެ. ޑެންމާކަކީ ޔޫރޯ ތާރީހުގައި ފުރަތަމަ ދެ މެޗުން ބަލިވުމަށް ފަހު ދެ ވަނަ ބުރުން ފުރުސަތު ހޯދި ހަމައެކަނި ޓީމެވެ. އަދި އެ ޓީމަކީ ޔޫރޯ ތާރީހުގައި ޖެހިޖެހިގެން ދެ މެޗުގައި ހަތަރު ގޯލު ޖެހި ފުރަތަމަ ޓީމު ވެސް މެ އެވެ.

އެންމެ ފަހުން ވޭލްސް އިން ޔޫރޯގައި 2016 ވަނަ އަހަރު ވާދަކުރިއިރު، ކެޓީ ސެމީ ފައިނަލްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox