އަބްދުލް ބާރީ އާއްމުކޮށް ވިޔަފާރި ކުރަން ދަނީ ރެޑްވޭވްގެ ފިހާރަތަކަށެވެ. މުދަލުގެ އަގުތައް ހެޔޮވެފައި އެއް ފުރާޅެއްގެ ދަށުން ބޭނުންވާ ހުރިހާ އެއްޗެއް ލިބޭތީ ބާރީއަށް އެ ފިހާރަ ކަމުދަނީ އެވެ. މި ރޯދަ މަހު އޭނާ އެތަނަށް ބާޒާރުކުރަން ދިޔައިރު، އަސްތާ! އޮތީ ބޮޑު ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. އެކަމަކު އޭނާގެ އަތުގައި ނަސީބު ހިފައިފާނެ ކަމަށް ހިޔެއް ނުކުރެ އެވެ.
ބާރީގެ ނަސީބު ވަރަށް ރަނގަޅެވެ. "ރެޑްވޭވް ރޯދަ ސޭލް 2021"ގެ ގްރޭންޑް ޕްރައިޒް ވިނާ ނުވަތަ އެއް ލައްކަ ރުފިޔާގެ އިނާމު ލިބޭ މީހާ ގުރުން ނެގިއިރު، އެއް ލައްކަ ރުފިޔާގެ އިނާމް ލައްވާލީ އޭނާ އަށެވެ.
އުފަލުން ފޮޅިފައި ހުރި ބާރީ "އަދަދު"އަށް ދިން އިންޓަވިއުއެއްގައި ބުނީ ރެޑްވޭވުން އޭނާ އަށް އިނާމެއް ލިބުނު ކަމަށް ބުނި ނަމަވެސް، ލިބުނީ ކޮން އިނާމެއް ކަމެއް އޭނާ ގާތު ނުބުނާ ކަމަށެވެ.
އެކަމަކު އިންޓަވިއުއެއް ނަގަން ޖެހިދާނެއޭ ބުނި ހިސާބުން ބޮޑު ހަދިޔާއެއް ނޫންކަން އޭނާއަށް ހީވެގެން އަންހެނުންނާ ރަހުމަތްތެރިންނާ އެ މައުލޫމާތު ހިއްސާކުރި ކަަމަށް ބުންޏެވެ.
"އަޅުގަނޑު ގެޔަށް އައިސް އަންހެނުން ކައިރީ ވެސް ބުނެލިން އަދި ރައްޓެހި ކުދިން ކައިރީ ވެސް ބުނެލިން ރެޑްވޭވުން ގުޅާފަ މިކަހަލަ އެއްޗެކޭ ބުނެފިޔޭ. ލިބެނީ ބޮޑު އެއްޗެކޭ، އެހެނޭ ބުނީ. ވަކި އެއްޗެއް ނުބުނޭ ދެން އިތުރަކަށް. ދެން ބުނީ އިންޓަވިއުއެއް ނަގަން ޖެހިދާނެއޭ. އެ ހިސާބުން އެނގިއްޖެ އަޅުގަނޑަށް އާދައިގެ އިނާމެއް ނޫންކަން ލިބެން މިއުޅެނީ" ހިނިގަނޑެއް ޖަހާލާފައި ބާރީ ބުންޏެވެ.

ރެޑްވޭވުން ވިއްކާ ސޯފާތަކެއް: އެއް ލައްކަ ރުފިޔާގެ ނަސީބުވެރިޔާ ބާރީ ގަތީ ރެޑްވޭވުން ސޯފާއެއް -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު
ބާރީ ބުނީ އޭނާއަކަށް ސީދާ ކޯންޗެއް ގަނެގެން ކަން ބުނެދޭން ނޭނގުނު ނަމަވެސް، ހީވަނީ އޭނާ ނަސީބުވެރިޔަކަށް ވީ ކޫޕަނަކީ މަންމައަށް ގަންދިން ސޯފާއިން ލިބުނު ނަސީބެއް ކަމަށެވެ. ތިން ފަހަރަކު މަތިން ވިޔަފާރި ކުރި ނަމަވެސް، ބާރީގެ ހިތް ބުނަނީ އޭނާއަށް މި އެއް ލައްކަ ރުފިޔާގެ ނަސީބު ލިބުނީ މަންމައަށް ގަންދިން ހަދިޔާއިން ކަމަށެވެ.
"އަސްލު ލަކީޑްރޯ ލިބުނީ ބޮޑަށް ހީވަނީ ގަން ސޯފާއަކުން ހެން. އެކަމަކު އެތަަނަށް ތިން ބުރަކަށް ދެވުނު ތިނެއްޗެއް ގަންނަން،" ބާރީ ބުންޏެވެ.
މި ފައިސާއިން ބާރީ ވިސްނާފައި އޮތީ، ކޮވިޑާ ގުޅިގެން ހުއްޓިފައިވާ ދެ ދަރިންގެ ކިޔެވުން ކުރިޔަށް ގެންދިޔުމަށެވެ. އޭގެ އިތުރުން، ބާރީގެ ވިސްނުން ހުރީ ރަނގަަޅަށް ވިސްނާފައި މި ފައިސާއިން ބޭނުންތެރި ކަމެއް ކުރުމެވެ. އަދި ކުރާނެ ކަމެއް ނުނިންމި ކުރަން ބައިވަރު ކަންކަން އެބަހުރި ކަމަށް ބާރީ ބުންޏެވެ.
ބާރީއަށް ހަޔާތުގައި ފުރަތަމަ ފަހަރަށް މިވަރުގެ ބޮޑު ނަސީބެއް ލިބުމުން އޭނާ ހުރީ ވަރަށް އުފަލުންނެވެ. އަދި އޭނާގެ ހިފެހެއްޓުމެއް ނެތް ޝުކުރު ރެޑްވޭވްގެ މެނޭޖްމަންޓަށް އަދާކުރި އެވެ. ބާރީ އެންމެ އުފާވަނީ އޭނާގެ ލޯބިވާ މަންމަ ބޭނުންވެގެން ގަންދިން އަގު ބޮޑު ހަދިޔާއިން އަގު ބޮޑު ހަދިޔާއެއް ލިބުނީމަ އެވެ.










