ފްލޮއިޑުގެ ކަރަށް އެރި ފުލުސް މީހާ 22 އަހަރަށް ޖަލަށް

ޑެރެކް ޗައުވިން ކޯޓުގައި. އޭނާގެ މައްޗަށް އުފުލި ހުރހާ ދައުވާއެއް ސާބިތުވި.-- ފޮޓޯ: ސްކައި ނިއުސް

ޑެރެކް ޗައުވިން ކޯޓުގައި. އޭނާގެ މައްޗަށް އުފުލި ހުރހާ ދައުވާއެއް ސާބިތުވި.-- ފޮޓޯ: ސްކައި ނިއުސް

މިނިއަޕޮލިސް، އެމެރިކާ (ޖޫން 26) - މިދިޔަ އަހަރު އެމެރިކާގެ މިނިއަޕޮލިސްގެ މަގެއްގައި ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑް ނަމަކަށް ކިޔާ މީހަކު ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އޭނާ މަރާލި ކަމުގެ ކުށް ސާބިތުވި ކުރީގެ ފުލުސް މީހާ 22.5 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

ހުކުމް އިއްވުމުގެ އަޑު އެހުމުގައި އުމުރުން 45 އަހަރުގެ ޑެރެކް ޗައުވިން ވަނީ ފްލޮއިޑްގެ އާއިލާއަށް ތައުޒިޔާ ފޮނުވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އޭނާ ކުރި ކުށަށް މައާފަކަށް ނޭދެ އެވެ. ތިރީސް އަހަރުގެ ހުކުމަކަށް ދައުލަތުން އެދުނު ނަމަވެސް ފަނޑިޔާރު ޕީޓާ ކެހިލް އިއްވީ 22.5 އަހަރުގެ ހުކުމެކެވެ.

ގިނަ ބައެއްގެ ސަމާލުކަން ލިބުނު މި ޝަރީއަތުގެ އެންމެ ފަހު އަޑު އެހުމުގައި ފްލޮއިޑުގެ ހަތް އަހަރުގެ އަންހެން ދަރިފުޅުގެ ރިކޯޑުކޮށްފައިވާ މެސެޖެއް އިއްވި އެވެ. އޭގެ އިތުރުން ޗައުވިންގެ މަންމަ ވެސް ވަނީ އަޑު އެހުމުގައި ވާހަކަ ދައްކާފަ އެވެ.

ފްލޮއިޑުގެ އާއިލީ ވަކީލު ބުނީ މިއީ ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް އެމެރިކާގައި އެޅުނު ތާރީހީ ފިޔަވަޅެއް ކަމަށެވެ.

ޗައުވިން އާއި އިތުރު ތިން ފުލުހަކު ވެގެން އުމުރުން 46 އަހަރުގެ ފްލޮއިޑް ހައްޔަރު ކުރީ މޭ 2020 ގަ އެވެ. އޭނާއަށް ތުހުމަތު ކުރީ ފިހާރައަކަށް 20 ޑޮލަރުގެ ފޭކު ފައިސާ ނޫޓެއް ދިން ކަމަށެވެ. އެ ތަނުގައި އޭނާ ހައްޔަރުކޮށް، އަތުގައި ބިޑި އަޅުވައި، ބިން މައްޗަށް ވައްޓާލި އެވެ.

އޭގެ ފަހުން ޗައުވިން ވަނީ ފްލޮއިޑްގެ ކަރު މައްޗަށް ފައިން އަރައި، 10 މިނެޓު ވަންދެން ހުރެފަ އެވެ. އޭރު ފްލޮއިޑަށް ނޭވާ ނުލެވޭ ކަމަށާއި މަރުވަނީ ކަމަށް ބުނާ އަޑު އިވި، އެ މަންޒަރު ބަލަން ބައެއް މީހުން މަގުމަތީގައި ތިއްބެވެ.

ފްލޮއިޑް މަރުވި ގޮތަށް އެހާ ބޮޑު ސަމާލުކަމެއް ލިބުނީ އެ ތަނުގައި ހުރި ޒުވާން އަންހެނަކު ވީޑިއޯކޮށް، ސޯޝަލް މީޑިއާއާ ހިއްސާ ކުރުމުންނެވެ. އެއާއެކު އެތައް ހާސް ބަޔަކު ވަނީ މަގުތަކަށް ނުކުމެ ނުރުހުން ފާޅުކޮށް، ފުލުހުންގެ އަނިޔާވެރިކަން ނިމުމަކަށް ގެންނަން ގޮވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox