މުސްލިމް ކުޅުންތެރިން ކުރިމަތީ ބިޔަރު އިސްތިހާރު ނުކުރަން ޔުއެފާ އިން ނިންމައިފި

Jun 25, 2021, 5:12 AM
ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން ޕޮގްބާ ބިޔަރު ފުޅި ދުރަށްލަނީ.

ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން ޕޮގްބާ ބިޔަރު ފުޅި ދުރަށްލަނީ.

ޒިއުރިކް (ޖޫން 25) - މި ފަހަރުގެ ޔޫރޯ އާއި ދެން ޔުއެފާ އިން ދެން ކުރިއަށްގެންދާ މުބާރާތްތަކުގައި ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މުސްލިމް ކުޅުންތެރިންގެ ކުރިމަތީގައި ބިޔަރު އިސްތިހާރު ނުކުރަން ޔުއެފާ އިން ނިންމައިފި އެވެ.

ޔުއެފާގެ ގިނަ މުބާރާތްތަކުގެ އެއް ސްޕޮންސަރުންނަކީ ނެދަލެންޑްސްގެ މަޝްހޫރު ބިޔަރު ބްރޭންޑް ހެނިކެން އެވެ. އޭގެ ފުޅިއެއް ކޮންމެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އިސްތިހާރު ކުރުމަށް ކުޅުންތެރިންނާއި ކޯޗުން ކައިރީގައި ހުންނަ މޭޒުމަތީގައި ބަހައްޓާފައި ހުރެ އެވެ.

އެ ގޮތުން މި ފަހަރުގެ މުބާރާތުގައި އެހެން ބަހައްޓާފައި ހުރި ހެނިކެން ބިޔަރުފުޅިއެއް ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ވަނީ ދުރަށްލައިފަ އެވެ. އެއީ ޕޮގްބާ އަކީ މުސްލިމަކަށް ވެފައި ރަލާއި ބިޔަރަކީ މުސްލިމުންނަށް ހަރާމް އެއްޗެއް ކަމަށްވާތީ އެވެ.

ޕޮގްބާ މިގޮތަށް ކަންތައް ކުރީ މި ފަހަރުގެ މުބާރާތުގެ މެޗެއްގެ ކުރިން ޕޯޗުގީސް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހުރި ކޯކް ފުޅިއެއް ދުރަށްލި ފަހުންނެވެ. ރޮނާލްޑޯ، ކޯކް ފުޅި ދުރަށްލީ އެއީ ސިއްހަތަށް ގެއްލުން ހުރި އެއްޗެއްކަން ދައްކައިދީ ފެން ބުއިމަށް ހިތްވަރު ދިނުމަށެވެ.

ޔުއެފާ އިން އޭގެ ފަހުން ވަނީ އެ ގޮތަށް ހުންނަ ސްޕޮންސަރުންގެ ޕްރޮޑަކްޓް ދުރަަށްލާނަމަ ޓީމަށް އަދަބު ދޭނެ ކަމަށް ބުނެފަ އެވެ.

އެކަމަކު ފަހުން މުސްލިމް ކުޅުންތެރިންގެ ކަންކަމަށް ބަލައި، ޔުއެފާ އިން މިހާރު ނިންމާފައިވަނީ ކުޅުންތެރިން ކުރިމަތީގައި ނޫސްވެރިންގެ ބައްދަލުވުމުގައި ބިޔަރު އިސްތިހާރު ނުކުރާށެވެ. އެ ގޮތުން ކޮންމެ ނޫސްވެރިންގެ ބައްދަލުވުމަކަށް އައުމުގެ ކުރިން މުސްލިމް ކުޅުންތެރިއަކު އެ ތަނަށް އަންނަ ނަމަ ކުރިން އެ މައުލޫމާތު ދޭން ޓީމުތަކަށް ޔުއެފާ އިން ވަނީ އަންގައިފަ އެވެ.

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ 24 ޓީމުގެ ތެރެއިން ގިނަ ޓީމުތަކަށް މުސްލިމް ކުޅުންތެރިން ކުޅެ އެވެ. އެންމެ ގިނައިން މުސްލިމް ކުޅުންތެރިން ތިބި ޓީމުތަކުގެ ތެރޭގައި ފްރާންސް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox