އަމުރާ ނަހީ ބުނެދިނުމުގައި ކުޅަނދު ހަމަވުން

ބަޔަކު މިސްކިތުގައި ނަމާދުކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ބަޔަކު މިސްކިތުގައި ނަމާދުކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ކުޅަނދޭ ކިޔަނީ ފަންސަވީސް މަދޮށީގެ ބަރުދަނަށް ނުވަތަ ތޯލާއެއްގެ ދެބައިކުޅަ އެއްބައިގެ ބަރުދަނަށެވެ. "ބީރައްޓެއްސެއް ވެއްޖިއްޔާ ފަސްކުޅަނދު މަދުވާނެޔޭ" ބުނާ ބަހަކީ، ކަންކަން އޮޅުން ފިލާފައި ނެތް މީހުން ދެރަކޮށްލުމުގެ ގޮތުން ބުނެ އުޅުނު ބަހެއް ކަމަށް ދިވެހި ބަހުގެ ރަދީފުގައި އޮވެ އެވެ. ދެރަ ބަހެއްގެ ގޮތުގައި ވިޔަސް ވަކި ހާލަތެއް ސިފަކުރުމަށް ދިވެހި ބަހުގައި ބޭނުންކުރެވުނު އިބާރާތަކަށްވެފައި، އޭގެ މާނައިން މި ލިޔުމުގެ މައުޟޫއަށް ވަނުމަށް ފަސޭހަ ވާނޭ ކަމަށް ފެންނާތީ މި ލިޔުމުގައި އެބަސް ބޭނުންކުރާނަމެވެ. ހޭލުންތެރިކަން ކުޑަވުމަކީ ކުޅަނދު މަދުވުމެވެ.

އަރަބީންގެ ސަގާފަތުގައި ރަށްފުށުގައި އުޅުނު ބަދަވީންނަށް ކިޔަނީ އަޢުރާބީންނެވެ. އަޢުރާބީން ހިމެނޭ ގިނަ ވާހަކަތަކަށް ބަލާއިރު ހޭލުންތެރިކަން ކުޑަ މީހުން ކުރާ ބާވަތުގެ ކަންކަން އެމީހުންގެ ތެރޭގައި ގިނަކަން ފާހަގަވެ އެވެ. ކޮންމެހެން އައުރާބީން ނުވަތަ ސަހަރާތެރޭ ކޮންމެ ބަދަވީއަކީ ކުޅަނދު މަދު މީހެކޭ ދަންނަވަނީކީ ނޫނެވެ.

މިހެން ދެންނެވިޔަސް، އޭރާއި މިހާރުގެ ވަރަށް ބޮޑު ތަފާތެއް އެބަހުއްޓެވެ. އޭރު ރަށްފުށުގައި އުޅޭ މީހުންގެ އާންމު ހާލަތަކީ ވެސް ހޭލުންތެރިކަން ކުޑަވުމެވެ. މިހާރު އެހެނެއް ނޫނެވެ. އިލްމާއި މައުލޫމާތު އޮތީ ބޭނުން މީހަކު ބޭނުންވަރަކަށް ނަގައި ދެނެގަނެވޭ ގޮތަށެވެ. އެހެންވީމާ ރަށްފުށުގައިއުޅޭ މީހާ ސިޓީގައި އުޅޭ މީހާއަށްވުރެ ހޭލުންތެރިވާ ތަން އަތުވެއްޖެ އެވެ.

މިކަން މިގޮތަށް ބަދަލުވުމާއެކު ހޭލުންތެރިވުމާއި ނުވުން ދަތުމާއި ނުދަތުން މިހާރު ގުޅިފައި އޮންނަނީ ވަކިވަކި ދާއިރާތަކާ އެވެ. ކޮންމެ މީހަކީ ވެސް އެމީހެއްގެ ދާއިރާގައި ފަސްކުޅަނދު ހަމަ، ރަނގަޅަށް ދަންނަ މީހެކެވެ. އެނޫން އެހެން ގިނަ ދާއިރާތަކުގައި ފަސްކުޅަނދު މަދުމީހަކަށް އޮންނަނީ ވެފަ އެވެ. އާދޭހެވެ. އެއްވެސް މީހަކީ ހުރިހާ ދާއިރާއެއްގައި އައުރާބީއެއް ނޫނެވެ. އަދި ކޮންމެ މީހަކީ އަމިއްލަ ދާއިރާ ނޫން ގިނަ ދާއިރާތަކުގައި އައުރާބީއެކެވެ. ފަސްކުޅަނދު މަދު މީހެކެވެ.

އަޅުގަނޑާއެކު ވިސްނަވާށެވެ. މިއީ ސައްތައިން ސައްތަ އިސްލާމީ ގައުމެކެވެ. މިގައުމުގައި އިސްލާމްދީނަށް އަހަރެމެން ދިވެހިން އުޅޭތާ އެތައް ގަރުނެއް ވެއްޖެ އެވެ. އަހަރެމެން ދިވެހިންނަކީ އިސްލާމްދީނުގެ ކަންކަމަށް އަމަލުކުރާ މިންވަރަށްވުރެ އެތައްހާސް ދަރަޖައެއް މައްޗަށް އިސްލާމްދީނަށް ލޯބިކޮށްގެން ތިބޭ ބަޔެކެވެ. އާދަވެގެން މަސްތުވާތަކެތި ބޭނުންކުރާ މީހާގެ ކުރިމަތީގައި ވެސް މާތް ނަބިއްޔާއަށް ފުރައްސާރަކުރާނަމަ އޭނާގެ ލޭކެކެ އެވެ. އޮޅިގެން ނޫނީ ގިބުލައަށް ކުރިމަތިނުލާ މީހާ ވެސް، އިސްލާމްދީނަށް މީހަކު ހަޖޫޖަހައިފި ނަމަ އާދަޔާ ހިލާފަށް ރުޅިއާދެ އެވެ. އެހެންވީމާ ބަރާބަރަށް ބޮޑެތި ފާފަތަކުން ދުރުވެ ފަސްވަގުތު ނަމާދުކޮށް އުޅޭ ދިވެހީންގެ ލޭ ދީނަށްޓަކައި ހޫނުވާނީ ކިހާ މިންވަރަކަށްކަން އަންދާޒާކޮށްލުން ދައްޗެއް ނޫނެވެ. ދިވެހިންގެ ދީނީ ލޭ ހޫނުވުމަށް ގިނަ ފަހަރަށް ބޭނުންވަނީ ދީނާ އިދިކޮޅު އަމަލެއް ކަނޑައެޅިގެން ހިނގުމެއް ނޫނެވެ. އެފަދަ ހިލަމެއް އިޝާރާތެއް ވާކަން ގަބޫލުކުރެވުނަސް ދީނީ ލޭ ކެކެއެވެ.

މިއީ އަހަރެމެންގެ ޒަމާންވީ ދިވެހިންގެ ސަގާފަތާއި އާދަކާދަޔާ ގައުމީ ވިސްނުމަށްވެ ނިމިފައިވަނީ މީގެ އެތައް ޒަމާނެއް ކުރިންނެވެ. މިހަގީގަތް ނުދަންނަ ކޮންމެ މީހަކީ އެއީ ކިތަންމެ މަތީ ފާހެއް އޮތް މީހެއް ކަމަށް ވިޔަސް، ދިވެހިންގެ ދީނީ އާދަކާދައިގެ ދާއިރާގައި އައުރާބީއެކެވެ. ފަސްކުޅަނދުމަދު ހޭލުންތެރިކަން ކުޑަ މީހެކެވެ. ދިވެހިންގެ ދީނީ އަގުކުރުންތަކަށް ބޮޑުތަނުން ބީރައްޓެއްސެކެވެ.

ދެން އޮތީ ކުޅަނދު މަދު ކަމުގެ ސަބަބުން (ނޭނގުމުގެ ސަބަބުން) އިސްލާމް ދީނާ ބީރައްޓެހި އަމަލެއް ކުރާ މީހާއަށް ހައްގު ބުނެދޭ މީހާގެ ވާހަކަ އެވެ. އޭނާ އަކީ ހަމަ ޔަގީނުންވެސް ބުނެދެވޭ މީހާއަށްވުރެ ބޮޑަށް އެނގިފައި ހުރި މީހަކަށް ވާންޖެހޭ ނޫން ހެއްޔެވެ؟ ބުނެދެވޭ މީހާއަށް ބުނެދޭން ހުރި މީހާއަކީ ވެސް ކުޅަނދު މަދު އައުރާބީއަކަށްވީމާ ކަމެއް އޮޅުން ފިލުވައިދޭން އުޅެވޭނީ އެކަން ކުރުމަށް ދީނުގައި ދައްކާފައިވާ މަގާ އެއްގޮތަކަށް ނޫނެވެ. އަދި އެކަމުން އަނެކާގެ މައުލޫމާތު އިތުރުވުމުގެ ބަދަލުގައި ވާސިލުވެވޭނީ ހަމަނުޖެހުމަށެވެ. އެހެންކަމުން، ކުޅަނދު މަދުކަމުން ނުއެއްގާނީ އެއްޗެއް ބުނާ، ނުވަތަ އަމަލެއް ކުރާ މީހާއަށް ބުނެދޭ މީހާއަކީ ބުނެދިނުމުގައި ކުޅަނދުހަމަ މީހަކަށް ވާންޖެހެ އެވެ.

އެންމެ މާތް އިންސާނާ ދެއްކެވި މިސާލަށް ބައްލަވާށެވެ. މާތް ނަބިއްޔާ މިސްކިތުގައި އިންނަވަނިކޮށް، ރަށްފުށުން އައި އައުރާބީއަކު މިސްކިތަށް ކުޑަކަމުދާން ފަށައިފި އެވެ. އެކަމާ މާތް ނަބިއްޔާގެ ސަހާބީން ތެދުވެވަޑައިގެން އެކަން ހުއްޓުވުމަށް އޭނާއާ ދިމާއަށް އަވަސްވެވަޑައިގަތްހިނދު މާތް ނަބިއްޔާ ހަދީސްކުރެއްވީ އޭނާ އެހުރި ގޮތަށް ދޫކޮށްލުމަށެވެ. އަދި އޭނާ ކުޑަކަމުގޮސް ނިމުމުން ފެން ގެނަސް އެތަން ތާހިރުކުރުމަށް އަމުރުކުރެއްވި އެވެ. އެއަށްފަހު އޭނާއާ ދިމާއަށް ހަދީސްކުރެއްވި އެވެ. މިސްކިތްތަކަކީ އެތަންތަނަށް ކުޑަކަމުގޮސް އެތަންތަން ނަޖިސްކުރާން ކަމުދާނެ ތަންތަނެއް ނޫނެވެ. އެކަމަކު މިސްކިތަތްތައް ވަނީ ﷲ ގެ މަތީން ހަނދުމަކުރުމަށާއި ނަމާދުކޮށް ގުރުއާން ކިޔަވާހެދުމަށެވެ. އެހެން ރިވާޔަތެއްގައިވާގޮތުން ސަހާބީންނަށް ހަދީސްކުރެއްވި އެވެ. ތިޔަބައިމީހުން ފޮނުއްވުނީ ފަސޭހަކުރާ މީހުން ގޮތުގަ އެވެ. އުނދަގޫކުރާ މީހުން ގޮތުގައި ތިޔަބައިމީހުން ނުފޮނުއްވެ އެވެ.

މިސްކިތެއްގެ ހުރުމަތް ކަނޑާލުމާއި، އަދި ހުރުމަތް ކަނޑާލުމުގެ ގޮތުން އެތަނަށް ކުޑަކަމުދިއުމުގެ ނުބައިކަމާއެވެ. އަދި އަމުދުން މާތް ނަބިއްޔާ ވެސް އެމިސްކިތުގައި އިންނަވަނިކޮށް އެކަންކުރި މީހާ އެކަން ކުރި ގޮތަށްވުރެ ބޭއަދަބީކޮށް އަދި ޖާހިލުކޮށް އެޔަށްވުރެ ނުބައިނުލަފާކޮށް މިސްކިތެއްގެ ހުރުމަތް ކަނޑާލެވިދާނެ ހެއްޔެވެ؟ ސަހާބީންގެ ލޭ ކެކުނެވެ. އެކަމަކު މާތް ނަބިއްޔާ އެމީހާއާމެދު އެގޮތަށް މުއާމަލާތް ކުރެއްވީ އެފަދަ އައުރާބީންނާމެދު މުއާމަލާތްކުރަންވީ ގޮތް ދަސްކޮށްދެއްވުމަށެވެ. އޭނާއަކީ އައުރާބީއެކެވެ. މުސްލިމުންގެ އާދަތަކެއް، އަގުކުރުންތަކެއް، ހުރުމަތްތެރިވެގެންވާ ތަންތަނެއް އޭނާ ނުދަނެ އެވެ. އޭނާއަކީ އައުރާބީއެކެވެ. އޭނާ އައުރާބީއަކަށްވީ ރަށްފުށުން އައީމައެއް ނޫނެވެ. ރަށްފުށުން އައި ކިތައް އައުރާބީން މާތް ނަބިއްޔާގެ ސަހާބީންނަށްވެ ބޮޑެތި އިލްމުވެރިންނަށްވެފައި އެބަތިބި ހެއްޔެވެ؟ އެހެންނެއް ނޫނެވެ. އޭނާ އައުރާބީއަކަށްވީ މުސްލިމުންގެ ހުރުމަތްތެރި ތަންތަނާއި ހުރުމަތްތެރި ކަންކަމާއި މުސްލިމުންގެ އަގުކުރުންތައް ނޭނގުނީމަ އެވެ. އެފަދަ ކޮންމެ މީހަކީ އައުރާބީއަކަށް ނުވޭތޯ އެވެ؟ އެފަދަ އައުރާބީންނަށް އެއްޗެހި ކިޔައި ހަޅޭލަވައި، ބަދުބަސްބުނެ އަދާވާތްތެރިވެގަތުމަކީ މާތް ނަބިއްޔާ ކަނޑައެޅިގެން ނަހީކުރެއްވިކަމެކެވެ.

ބުޚާރީގައި ރިވާވެގެންވެ އެވެ. މާތް ނަބިއްޔާގެ އަރިހަށް މަސްތުވެގެންވާ މީހަކު ގެނެވުނެވެ. ދެން އޭނާގެ ގައިގައި ތެޅުނެވެ. ތިމަންމެންގެ ތެރެއިން އެމީހެއްގެ ފައިވާނުންނާއި އެމީހެއް ގަމީހުން ތެޅި މީހުން ވެސް ވެއެވެ. އެމީހާ ދިއުމުން މީހަކު ބުންޏެވެ. ކޮން ކަހަލަ މީހެއް ހެއްޔެވެ؟ ﷲ އޭނާ ނިކަމެތިކުރައްވާށިއެވެ. އެހިނދު މާތް ނަބިއްޔާ ހަދީސްކުރެއްވި އެވެ. ތިޔަބައިމީހުންގެ އަޚާއާ ދެކޮޅަށް ޝައިތާނާއަށް އެހީތެރިނުވާށެވެ! ފާފައާ މަތިކޮށް ނުވަތަ އިސްލާމްދީނާ ބީރަށްޓެހިކޮށް މީހުންކުރާ ކަންކަމާއި ދައްކާ ވާހަކަތަކާ މަތިކޮށް އެފަދަ ކަންކަން ކޮށް އުޅޭ މީސްމީހުންނާ އަދާވާތްތެރިވެގަނެ ބަދުބަސްބުނުމަކީ އިސްވެދިޔަ އިރުޝާދުފުޅާ އެއްގޮތްވާ ކަމެއް ނޫނެވެ. ނަސޭހަތްތެރިވާށެވެ. ހެޔޮގޮތުގައި ހެޔޮ މަގަށް ގޮވާލާށެވެ.

އާލްޢިމްރާން ސޫރަތުގެ 159 ވަނަ އާޔަތުގައި މާތް ނަބިއްޔާއަށް ވެސް އެންގެވުނީ މިފަދައިންނެވެ. "ހިތްޕުޅު ހަރުކަށި، އަހުލާގުނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނުވިނަމަ، ކަލޭގެފާނުގެ އަރިހުން އެމީހުން ވަކިވެގެން ދުރަށް ހިނގައްޖައީހެވެ. ފަހެ، އެމީހުންނަށް ކަލޭގެފާނު މާފުކުކުރައްވާށެވެ! އަދި، އެމީހުންނަށް ފާފަފުއްސެވުން އެދި ދަންނަވާށެވެ! އަދި، ކަންތަކުގައި ކަލޭގެފާނު އެމީހުންނާ މަޝްވަރާކުރައްވާށެވެ!"

ދީނުގެ ކަންކަން އޮޅުންފިލާފައިނުވާ މީހުންނަށް، އޮޅުންފިލުވައި ދިނުމާއި، ދީނުގެ ދައުވަތު ދިނުމުގައި އަޅުގަނޑުމެންނީ ކެތްތެރިންކަމުގައި ލައްވާށި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox