56 އަހަރަށް ފަހު ޔުއެފާ އިން އަވޭ ގޯލް ރޫލް ދޫކޮށްލައިފި

Jun 24, 2021, 4:04 PM
56 އަހަރަށް ފަހު ޔުއެފާ އިން އަވޭ ގޯލް ރޫލް ދޫކޮށްލައިފި

ނިޔޯން، ސްވިޒަލެންޑް (ޖޫން 24) - އަންނަ ސީޒަނުން ފެށިގެން ޔުއެފާގެ ކްލަބް ފުޓްބޯޅަ މުބާރާތްތަކުގައި އަމަލުކުރަމުން އައި އަވޭ ގޯލް ރޫލް (ރަށުންބޭރުގައި ޖަހާ ލަނޑުތައް) ގެ ގަވާއިދު ދޫކޮށްލަން ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާ އިން ނިންމައިފި އެވެ.

ޔޫރަޕްގެ ކްލަބް ފުޓްބޯޅަ މުބާރާތްތަކުގެ މެޗުތައް ދެ ލެގަށް ކުޅޭއިރު، ފޯރިގަދަ ކުރުމުގެ ގޮތުން އަވޭ ގޯލް ރޫލަށް އަމަލުކުރަން ފެށީ 1965 ފެށިގެންނެވެ. ދެ ޓީމުގެ ދެ ލެގުގެ މެޗު އެގްރިގޭޓުން އެއްވަރު ވެއްޖެނަމަ މޮޅުވާނެ ޓީމެއް ކަނޑައަޅަނީ ރަށުންބޭރުގައި ޖެހި ގޯލުގެ އަދަދުންނެވެ.

ޔޫރަޕްގެ އެންމެ ވަރުގަދަ މުބާރާތްތައް ކަމަށްވާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު (ކުރިން - ޔުއެފާ ކަޕް)ގައި ޓީމުތަކުގެ ކާމިޔާބީގައި އަވޭ ގޯލް ރޫލް މީގެ ކުރިން ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އެކަމަކު އަންނަ ސީޒަނުން ފެށިގެން އެ ގަވާއިދެއް ނޯންނާނެ އެެވެ.

ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން ވިދާޅުވީ މި ބަދަލަކީ ޔުއެފާގެ ކްލަބް މުބާރާތުގެ މެޗުތައް އިންސާފުވެރި ގޮތަކަށް ނިމުމަށް ކުރެވޭ ކަމެއް ކަމަށާއި ކޮންމެ ގޯލެއްގެ ވެސް ބުރަދަން ވާން ޖެހޭނީ އެއްވަރެއް ކަމަށެވެ.

"މި ގަވާއިދު 1965 އިން ފެށިގެން އަމަލުކުރަމުން އައިއިރު ވެސް ހުރި ކަންބޮޑުވުންތަކެއް. ދެން ފާއިތުވި އަހަރުތަކުގައި ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވިއްޖެ މި ގަވާއިދު އޮތުމާއި ނެތުމުން މީގެ އަންނާނެ ބަދަލުތަކާ ބެހޭގޮތުން. މި ގަވާއިދު އޮތުމުން މެޗުތަކަށް އެންމެ އިންސާފުވެރި ގޮތަކަށް ނަތީޖާ ކަނޑައެޅޭތޯ ފުޓްބޯޅައިގެ ގިނަ ސްޓޭކްހޯލްޑަރުން ވަނީ ސުވާލު އުފައްދާފައި. އެހެންވީމަ ހުރިހާ މަރުހަލާއެއް ފުރިހަަމަ ކޮށްފައި ނިންމީ މި ގަވާއިދު ދޫކޮށްލަން،" ކެފެރިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ބަދަލުގެ ސަބަބުން އެޓޭކިން ފުޓްބޯޅަ ކުޅެން ޓީމުތަކަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭނެ ކަމަށާއި މިއީ ފުޓްބޯޅަ ސަޕޯޓަރުން ވެސް ވަރަށް ބޮޑަށް ގަޔާވާނެ ބަދަލެއް ކަން ޔަގީންކުރެވޭ ކަމަށެވެ.

އަވޭ ގޯލް ރޫލްގެ ސަބަބުން އެންމެ ފަހުން ނިމުނު ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އާއި ޕޯޓޯ އަށް ވަނީ ފައިދާކޮށްފަ އެވެ. އަދި އަންހެނުންގެ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަށް ކުރިއަށް ދެވުނީ އެ ގަވާއިދުގެ ތެރެއިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox