އަންހެނުން ހިތާނުކުރަން އިޔާޒް ހިތްވަރުދިން މައްސަލަ ހޫނުވެ، އެންމެފަހުން މަޖިލީހަށް

މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް. --

މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް. --

ދީނީ އިލްމުވެރިޔާ އަދި ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް އަންހެން ކުދިން ހިތާނުކުރުމަށް ހިތްވަރުދެއްވި ކަމަށް ބުނެ، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ބަލައި ދިނުމަށް ހުށަހަޅައިފި އެވެ.

މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އަންހެނުން ހިތާނުކުރުމުގެ ނަމުގައި ހިންގާ، "ފީމޭލް ޖެނިޓަލް މިއުޓިލޭޝަން (އެފްޖީއެމް)"އަށް ހިތްވަރު ދެއްވައި ޑރ. އިޔާޒް މިއަދުގެ ހެނދުނުގެ ވަގުތެއް ޓްވީޓެއް ކުރައްވާފައިވާ ކަމަށެވެ.

ދިވެހި މުއައްސަސާތަކުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މިފަދަ ނުރައްކާތެރި އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް މަސައްކަތް ކުރުމަކީ އަންހެނުން ނުރައްކަލަށް ހުށަހެޅި، އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށް މީކާއީލް ވިދާޅުވެފައިވެ އެވެ.

Advertisement

އެހެންކަމުން، އެ މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ މެދުވެރިކޮށް ބަލައި ދިނުމަށް، މީކާއީލް ވަނީ މަޖިލީހުގެ ރައީސްގެ އަރިހުން އެދިވަޑައިގެންފަ އެވެ.

މީކާއީލް އެ އިޝާރާތް ކުރެއްވީ އަންހެނުން ހިތާނުކުރުމުން ލިބޭ ފައިދާތަކާ ގުޅޭގޮތުން، އިސްލާމީ ސުވާލާއި ޖަވާބުތައް ޝާއިއުކުރާ ވެބްސައިޓެއްގެ ލިންކު އިޔާޒް ޓްވީޓު ކުރެއްވުމަށެވެ.

އެ ލިންކު ޓްވީޓު ކުރެއްވުމާއެކު، ގިނަ ބަޔަކު ވަނީ ޑރ. އިޔާޒަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ޑރ. އިޔާޒަށް ރައްދު ދެއްވައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ އަންހެނުން ހިތާނުކުރުމަކީ އިސްލާމްދީނުގައި ހިތްވަރުދޭ ކަމެއް ނޫން ކަން ދިރާސާތަކުން ފެންނަ އޮންނަ ކަމަށެވެ.

އަދި އެއީ ރާއްޖޭގެ ތާރީހުގައި އެއްވެސް ޒަމާނެއްގައި ކުރަމުން އައި ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ ފާޑުކިޔުންތަކާ ގުޅިގެން ޑރ. އިޔާޒް ވިދާޅުވީ އިލްމީ ދިރާސާއެއްގެ މައްޗަށް ބިނާކޮށް ހިޔާލެއް ފާޅުކުރުމުން، އެ މީހަކު ވަޒީފާއިން ވަކިކޮށް ފިޔަވަޅު އަޅަން ގޮވުމަކީ ވަރަށް ނާތަހުޒީބީ ކަމެއް ކަމަށެވެ.

"ނިކަން އެއާ ދެކޮޅަށް ޕްރޫފްތައް ގެނެސް ބައްލަވަ. ސިކުނޑި ދެއްވި ފަރާތުން ކަނޑައަޅުއްވާފައިވާ ކަންތަކަށް ފާޑުކިޔަން ނޫޅުއްވާ،" ޑރ. އިޔާޒް ވިދާޅުވި އެވެ.

އެޗްއާރްސީއެމްއިން ދާދިފަހުން ބުނެފައިވާ ގޮތުގައި ރާއްޖޭގައި އަންހެން ކުދިން ހިތާނަކުރުމުގެ މައްސަލަތައް އިތުރުވަމުންދާކަން ވަނީ ފާހަގަކުރެވިފަ އެވެ. އެހެންވެ، އެކަން އެ ކޮމިޝަނުން ބަލަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.

މިދިޔަ މާޗް މަހުގެ ތެރޭގައި ވެސް އެމްއެންޔޫ އިން ޑރ. އިޔާޒް ސަސްޕެންޑުކުރި އެވެ.

އެފަހަރު ވެސް އިޔާޒް ސަސްޕެންޑުކުރީ ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓުތަކަކާ ގުޅިގެން އާއްމުންގެ ފަރާތުން ލިބުނު ޝަކުވާތަކަކާ ގުޅިގެން ކަމަށް އެމްއެންޔޫއިން ބުންޏެވެ.

އެ ސަސްޕެންޝަން އުވާލި ފަހުން ވެސް، ޑރ. އިޔާޒް ގެންދަވަނީ ދީނީ ގިނަ ކަންކަމުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

އެގޮތުން، ކޮވިޑާ ގުޅިގެން މިސްކިތްތަކުގައި ގައިދުރުކޮށްގެން ނަމާދު ކުރުމާއި، އާއްމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ޖިނާއީ ކުށަކަން ހަދަން ސަރުކާރުން މިހާރު ހުށަހަޅައިގެން އުޅޭ އިސްލާހާ ދެކޮޅަށް ފާޅުގައި އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ އެއް ބޭފުޅަކީ ޑރ. އިޔާޒެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox