ކެފޭ ހޮޓާތަކުގެ ޓޭކްއަވޭ އަދި ޑެލިވަރީ ވަގުތު އިތުރުކޮށްފި

ހެދިކާ ވިއްކާ ތަނެއްގައި މަސައްކަތް ކުރާ މުވައްޒަފެއް: އަދިވެސް ޓޭކްއަވޭ އަދި ޑެލިވަރީ ނޫން އެހެން ގޮތަކަށް ހިދުމަތް ދިނުން މަނާ -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ހެދިކާ ވިއްކާ ތަނެއްގައި މަސައްކަތް ކުރާ މުވައްޒަފެއް: އަދިވެސް ޓޭކްއަވޭ އަދި ޑެލިވަރީ ނޫން އެހެން ގޮތަކަށް ހިދުމަތް ދިނުން މަނާ -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ކޮވިޑުން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކަށް ދެމުން އަންނަ ލުއިތަކާ ގުޅިގެން މާލެ ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ޑެލިވަރީ އަދި ޓޭކްއަވޭ ހިދުމަތް ދެވޭ ވަގުތު މިއަދުން ފެށިގެން އިތުރުކުރަން އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި މިއަދުން ފެށިގެން މި މަހުގނިޔަލަށް ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓްތަކުން ހެނދުނު 8:00 އިން ހަވީރު 6:00 ގެ ނިޔަލަށް ޓޭކްއަވޭ ހިދުމަތް ދެވޭނެ އެވެ. އަދި ހެނދުނު 6:00 އިން މެންދަމު 12:00 އަށް، ފުލުހުންގެ ހުއްދަ ނަގައިގެން ޑެލިވަރީ ހިދުމަތް ދެވޭނެ އެވެ.

މި ތަންތަނުގައި ހިދުމަތްދޭ މުވައްޒަފުން ތިބެން ޖެހެނީ ފުލުހުން އަތުން ނަގަން ޖެހޭ ހުއްދަތައް ނަގައިގެންނެވެ. އަދި ހިދުމަތް ދިނުމުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީން އިލްތިމާސްކުރެ އެވެ.

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ޓޭކްއަވޭ އަދި ޑެލިވަރީގެ ހިދުމަތްދެވޭ ވަގުތުތައް އިތުރުކުރި ނަމަވެސް ކާބޯތަކެތީގެ ހިދުމަތްދޭ އެއްވެސް ތަނެއްގެ ތެރޭގައި ތިބެގެން ހިދުމަތް ދިނުން އަދިވެސް މަނަލެވެ. އަދި ޓޭކްއަވޭ ހިދުމަތްދޭ ތަންތަނުގެ ކައިރީގައި މަޑުކޮށްގެން ތިބެ ހިދުމަތް ހޯދުމަކީ ވެސް މަނާ ކަމެކެވެ.

ރެސްޓޯރަންޓް ވިޔަފާރިވެރިން ވަނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް މިހާރަށް ވުރެ ބޮޑެތި ލުއިތަކެއް ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށައަޅުއްވާފަ އެވެ.

އޭގެ ތެރޭގައި 24 ގަޑިއިރަށް ޑެލިވަރީ ހުޅުވާލުމާއި ލިމިޓްކޮށްގެން އެތެރޭގައި ކަސްޓަމަރުންނަށް ހިދުމަތް ދޭން ހުއްދަ ދިނުން ހިމެނެ އެވެ. ނަަމަވެސް މި ލުއިތަކުގެ ތެރޭގައި އެއިން އެއްވެސް ކަމެއް ހިމަނާފައެއް ނުވެ އެވެ.

މިހާރު އެޗްޕީއޭއިން ލުއި ދިނުމުގައި އަމަލުކުރަމުން އަންނަ އުސޫލަކީ އެއްފަހަރާ ލުއިތަކެއް ދިނުމުގައި ބަދަލުގައި ކޮންމެ ހަފުތާއަކުން ވަކިވަރަކަށް ލުއި ދީގެން ކުރިޔަށްދާ ގޮތަށެވެ. އެހެންކަމުން އިތުރު ލުއިތަކެއް ދޭން އިތުރު ހަފުތާއެއް ނަގާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox