މެސީގެ ކޮންޓްރެކްޓް ރަޖިސްޓްރީ ކުރަން ބާސެލޯނާ އަށް އުނދަގޫތަކެއް

Jun 23, 2021, 5:25 AM
މެސީގެ ކޮންޓްރެކްޓް ރަޖިސްޓްރީ ކުރަން ބާސެލޯނާ އަށް އުނދަގޫތަކެއް

ބާސެލޯނާ (ޖޫން 23) - ބާސެލޯނާ އިން ލިއޮނަލް މެސީއާ އެކު ހަދާފައިވާ އެއްބަސްވުން އާ ކުރި ނަމަވެސް އެ ކޮންޓްރެކްޓް ރަޖިސްޓްރީ ކުރުމުގައި ބާސެލޯނާ އަށް އުނދަގޫތަކެއް އެބަހުރި ކަމަށް ލަލީގާގެ މާލީ ތަފާސްހިސާބުތަކުން ދައްކާފައިވާ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 33 އަހަރުގެ މެސީ ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން މި މަހުގެ ނިޔަލަށް ހަމަވާނެ އެވެ. އޭނާ ބާސެލޯނާއާ އެކު ދެން ސޮއިކުރަން ނިންމާފައިވަނީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެއީ މިހާރު ލިބެމުން އަންނަ މުސާރަ ކުޑަކޮށްގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ. މެސީ އާ ކޮންޓްރެކްޓްގައި ސޮއިކުރި ނަމަވެސް އެ އެއްބަސްވުން ލަލީގާ އިން ރަޖިސްޓްރީ ކޮށްދޭނީ ވަކި ކަންތައްތަކެއް ފުރިހަމަވުމުންނެވެ.

ބާސެލޯނާގެ މުސާރަތައް 2019/2020 ވަނަ އަަހަރުގެ ސީޒަނުގައި ހުރީ 671 މިލިއަން ޔޫރޯގަ އެވެ. އެ އަދަދުތައް ވަނީ މިދިޔަ ސީޒަނުގައި 382.7 މިލިއަން ޔޫރޯ އަށް ކުޑަކޮށްފަ އެވެ. އެކަމަކު އަދިވެސް ލަލީގާގެ އުސޫލުތަކުގެ ތެރެއަށް ފައްތަން މުސާރަތައް ކުޑަކުރަންޖެހެ އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އިން ވަނީ ހަތަރު ކުޅުންތެރިން ސޮއިކޮށްފަ އެވެ. އެއީ ހިލޭ އެއްބަސްވުމެއްގެ ދަށުން އެ ޓީމާ ގުޅުނު މެންޗެސްޓާ ސިޓީގެ ސާޖިއޯ އަގުއޭރޯ އާއި އެރިކް ގާސިއާ އަދި ލިޔޯނުން އައި މެމްފިސް ޑިިޕާއިގެ އިތުރުން ރެއާލް ބެޓިސް އިން ގަތް އެމަސަން އެެވެ. ހަތަރު ކުޅުންތެރިން ގެނައި ނަމަވެސް ބާސެލޯނާ އިން މިހާތަނަށް ކުޅުންތެރިއަކު ވިއްކާފައިނުވެ އެވެ.

އެހެންވެ، މެސީ ލައްވައި އާ ކޮންޓްރެކްޓެއްގައި ސޮއިކޮށް އޭނާގެ އެއްބަސްވުން ރަޖިސްޓްރީ ކުރާނަމަ ބާސެލޯނާ އިން އެ ކްލަބްގެ ބޮޑު މުސާރަ ލިބޭ ބައެއް ކުޅުންތެރިން ދޫކޮށްލަން ޖެހޭނެ އެވެ. ބާސެލޯނާ އިން ދޫކޮށްލަން ވިސްނަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ފިިލިއްޕޭ ކުޓީނިއޯ، ސެމިއުލް އުމްޓީޓީ، އެންޓޮއިން ގްރީޒްމަން އަދި އޮސްމާން ޑެމްބެލޭ ހިމެނެ އެވެ.

ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވީ މެސީގެ ކޮންޓްރެކްޓް ބާސެލޯނާ އިން އާ ކުރާނެ ކަމަށް ބެލެވޭ ކަމަށާއި އެކަމަކު ލަލީގާ އިން އޭނާގެ އެއްބަސްވުން ރަޖިސްޓްރީ ކޮށްދޭނީ މުޅި ބާސެލޯނާގެ މުސާރަ ބިލް އުސޫލުގެ ތެެރެއަށް ފެތުމުން ކަމަށެވެ. އަދި މެސީ ސޮއިކުރާ އާ އެއްބަސްވުމުގައި މިހާރު އޭނާ އަށް ލިބޭ މުސާރައިގެ ތެރެއިން ވަކި ޕަސެންޓެއް މަދުކޮށް ސޮއިކުރި ނަމަވެސް އަދިވެސް މުޅި ކްލަބްގެ ހަރަދުތައް ކޮންޓްރޯލްކުރަން ބަދަލުތަކެއް އަންނަން ޖެހޭ ކަން ޓެބާސް ފާހަގަކުރެއްވި އެވެ.

ބާސެލޯނާގެ ރައީސް ލަޕޯޓާ (ކ) އާއި މެސީ ސަލާމްކުރަނީ.

"ބާސެލޯނާ އިން އެބަޖެހޭ އެ ކްލަބްގެ ދަރަނިތައް މެނޭޖްކުރެވޭނެ ގޮތްތައް ލަލީގާ އަށް ހިއްސާކުރަން. މި ވަގުތަށް ބަލާއިރު ލަލީގާގެ ޓީމުތަކުން މި ހިނދުން ދައްކަން ޖެހޭ ޖުމްލަ ދަރަނިތައް އުޅެނީ 700 މިިލިއަން ޔޫރޯގައި. އޭގެތެރެއިން ގާތްގަނޑަކަށް ދެބައި ކުޅަ އެއްބައި އޮތީ ބާސެލޯނާގެ ދަރަނި. އެހެންވީމަ އެބަޖެހޭ ހައްލުތަކެއް ގެންނަން،" ޓެބާސް ވިދާޅުވި އެވެ.

ޓެބާސް ވިދާޅުވީ ރެއާލް މެޑްރިޑުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މާ ބޮޑަށް އެކްޓިވް ނުވެ އޮތް ސަބަބަކީ އެ ކްލަބްގެ ހަރަދުތައް މެނޭޖްކުރުމަށް ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން މެސީ ބާސެލޯނާގައި މަޑުކުރަން ކުރި ޝަރުތަކީ ހުރިހާ މުބާރާތްތަކަށް ވާދަކުރެވޭ ފެންވަރުގެ ޓީމެއް އެކުލަވާލުމަށެވެ. ބާސެލޯނާގައި ޓްރާންސްފާ އަށް ހަރަދުކުރާނެ މާ ބޮޑު ފައިސާގެ ބަޖެޓެއް ނެތުމުން އެ ކްލަބުން ވަނީ އެމެރިކާގެ އިންވެސްޓްމެންޓް ބޭންކް ގޯލްޑްމަން ސާކްސް އިން 500 މިލިއަން ޔޫރޯގެ ލޯނެއް ނަގައިފަ އެވެ. އެއީ ކްލަބްގެ ދަރަނިތައް ދެއްކުމާއި ޓްރާންސްފާ މާކެޓްގައި ކޮންމެ ވެސް ވަރަކަށް ހަރަދުކުރުމަށެވެ.

މެސީގެ ކޮންޓްރެކްޓް މި މަހުގެ ނިޔަލަށް ހަމަވުމުގެ ކުރިން ބާސެލޯނާ އިން ރަސްމީކޮށް ކްލަބްގެ ހަރަދުތައް މެނޭޖްކޮށް ވިއްކާލާނެ ކުޅުންތެރިންތައް ކަނޑައަޅާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox