ނަފުރަތުގެ ބިލު ނަގަން ހުށަހެޅި ޕެޓިޝަނުގައި ސަލަފުގެ ބައެއް އިސް ވެރިން ސޮއި ނުކުރައްވާ

ސަލަފު ޖަމިއްޔާގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝެއިހު އަހުމަދު ސަމީރު: ވިދާޅުވީ ބިލުގައި ސޮއި ނުކުރެއްވީ "އެއްވެސް ގެރެންޓީއެއް ނެތީމަ" ކަމަށް -- ފޮޓޯ: އަދަދު ފައިލް

ސަލަފު ޖަމިއްޔާގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝެއިހު އަހުމަދު ސަމީރު: ވިދާޅުވީ ބިލުގައި ސޮއި ނުކުރެއްވީ "އެއްވެސް ގެރެންޓީއެއް ނެތީމަ" ކަމަށް -- ފޮޓޯ: އަދަދު ފައިލް

މުސްލިމަކީ ކާފަރެއް ކަމަށް ބުނުމާއި ވަކި މީހަކީ ދީނާ ދެކޮޅު މީހެއް ކަމަށް ބުނުން އެއީ ޖިނާއީ ކުށަކަށް ހަދަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް އަނބުރާ ގެންދިއުމަށް ގޮވާލާ ދީނީ އިލްމުވެރިން ހުށަހެޅި ޕެޓިޝަނުގައި ސޮއި ކުރައްވަން ޖަމިއްޔަތުއް ސަލަފުގެ ބައެއް އިސްވެރިން ދެކޮޅު ހައްދަވައިފި އެވެ.

ނަފުރަތުގެ ބިލް އަނބުރާ ގެންދިއުމަށް ގޮވާލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުއްވި ޕެޓިޝަނުގައި ސަލަފް ޖަމިއްޔާގެ ނައިބު ރައީސް ޝެއިހު ހަސަން މޫސާ ފިކުރީ ހިމެނިވަޑައިގަންނަވާ ގޮތަށް ބައެއް ދީނީ އިލްމުވެރިން ވަނީ ސޮއި ކުރައްވައިފަ އެވެ.

އެކަމަކު އެ ޖަމިއްޔާގެ ރައީސް ޝެއިހު އަބްދުﷲ ބިން މުހައްމަދު އިބްރާހިމް އާއި އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝެއިހު އަހުމަދު ސަމީރު އެ ޕެޓިޝަނުގައި ސޮއި ކުރައްވާފައެއް ނުވެ އެވެ.

މި ނޫހާ ވާހަކަ ދައްކަވަމުން ޝެއިހު އަހުމަދު ސަމީރު ވިދާޅުވީ ޕެޓިޝަނުގައި ސޮއި ނުކުރެއްވީ ނަފްރަތުގެ ބިލާ ގުޅޭ ގޮތުން އެ ޕެޓިޝަނުގައި ސޮއި ކުރައްވާފައިވާ ބައެއް އިލްމުވެރިންގެ ވިސްނުން އެއްކޮށް ސާފުނުވާތީ ކަމަށެވެ.

"ސަރުކާރު ކޯލިޝަންގައި ހިމެނޭ ބައެއް ބޭފުޅުން މީގައި އެބަ ސޮއި ކުރައްވާ. އެބޭފުޅުންގެ ވިސްނުންފުޅު އަޅުގަނޑަކަށް ސާފެއް ނޫން ބިލާމެދުގައި. އެބޭފުޅުންނަކީ ސަރުކާރުން ބިލާމެދުގައި ލަފާ އެންމެ ފުރަތަމައިނުން އަހާނެ ބޭފުޅުން އަނެއްހެން ބަލައިފިއްޔާ،" ސަމީރު ވިދާޅުވި އެވެ.

ޝެއިހު ސަމީރު ވިދާޅުވީ ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ އަދި އެ ބިލުގައި ސޮއި ކުރައްވާފައިވާ އިލްމުވެރިންގެ ހިޔާލު ބިލާމެދު ބަދަލުނުވާނެ ކަމުގެ ޔަގީންކަން ނެތް ކަމަށެވެ.

"އަޅުގަނޑުމެން އެބޭފުޅުންގެ ފަހަތުގައި ބިލް އެއްކޮށް ނެގުމުގެ ވިސްނުމުގައި ތިއްބާ އެބޭޭޭޭފުޅުން ބިލާ މެދުގައި އެހެން މައުގިފްއެއް ނުވަތަ އެހެން ވިސްނުމެއް އިހްތިޔާރު ކުރައްވާނީ ކޮންއިރަކު ކަމެއް ކިހިނެއް ކަމެއް އަޅުގަނޑުމެންނަކަށް ސާފެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯޓް (އެމްޑީއެން) އިން ނެރުނު ރިޕޯޓު މައްސަލައިގައި ވެސް އެންމެ ފުރަތަމަ މަސައްކަތް ކުރީ ޖަމިއްޔާ އުވާލުމާއެކު އެ މަސައްކަތް ކުރި މީހުންނަށް ފިޔަވަޅު އަޅަން ކަމަށެވެ. ނަމަވެސް ފަހުން އެ މަސައްކަތުގައި އުޅުނު އެއް ބަޔަކު އެއްބަސްވެގެން ހަމައެކަނި ޖަމިއްޔާ އުވާލުމަށްފަހު ފުއްދާލީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަނެއްކާ ބައެއް ބޭފުޅުންގެ ވާހަކަތަކުން އޭތި އިސްލާހު ކުރަންޖެހޭނެ ކަމާއި އެ އެއްޗަކީ އަސްލު ހުށަހަޅަންޖެހޭ އެއްޗެއް ކަމާއި އެކަހަލަ ވާހަކަތަކެއް އިވިފައި ހުރީމަ އަޅުގަނޑުމެންނަށް އެއަށް ގެރެންޓީ ނެތީމަ އަޅުގަނޑުމެން އޭގައި ސޮއި ނުކުރީ،" ސަމީރު އިތުރަށް ވިދާޅުވި އެވެ.

މީހުން ކާފަރު ކުރުމާއި އަގީދާއާ ގުޅުވައިގެން އެކި ތުހުމަތުތައް ކުރުން މަނާ ކުރުމުގެ މަސައްކަތް ސަރުކާރުން މި ކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބަޔަކު މިދިޔަ މެއި، 6، ގައި ބޮމެއް ގޮއްވާލި ފަހުންނެވެ.

ނަފްރުގެ ބިލު ހުށަހެޅުމާއެކު ކުރިމަތިވި ޕްރެޝަރުތަކަށްފަހު، އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ ވެސް ކުށެއް ކަމަށް ހަދައި އެކަން ތަފްސީލުކޮށް ބިލެއް ތައްޔާރު ކުރައްވަމުން ގެންދަވާ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އޮތީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox