ގާޒާގެ އިންސާނީ ކާރިސާއަށް ލުއި ހޯދައިދޭން ނޫޅޭ ކަމަށް ހަމާސްއިން ތުހުމަތުކޮށްފި

އިޒްރޭލުން ބޮން އެޅުމުން ގާޒާގެ އިމާރާތްތައް ބިމާ ހަމަވެފައި.--

އިޒްރޭލުން ބޮން އެޅުމުން ގާޒާގެ އިމާރާތްތައް ބިމާ ހަމަވެފައި.--

ގާޒާ، ފަލަސްތީނު (ޖޫން 21) - ގާޒާއަށް ދިމާވެފައިވާ އިންސާނީ ކާރިސާ ނިމުމަކަށް ގެންނަން އިޒްރޭލުން ބޭނުން ނުވާ ކަމަށާއި އޭގެ ސަބަބުން އދ. އާއެކު ކުރިއަށްދާ މަޝްވަރާތަކުން ކުރިއެރުން ނުލިބޭ ކަމަށް ހަމާސް ޖަމާއަތުން ބުނެފި އެވެ.

ގާތްގަނޑަކަށް ދެ މިލިއަން ފަލަސްތީނު ރައްޔިތުން ދިރިއުޅޭ ގާޒާ އޮންނަނީ 2007 އިން ފެށިގެން ހުރިހާ ފަރާތަކުން ބައްދާލާފަ އެވެ. ގާޒާއަށް ވަދެ ނުކުތުމަށް އޮންނަ ހުރިހާ ރޫޓެއް ކޮންޓްރޯލް ކުރަނީ އިޒްރޭލުންނެވެ.

ގާޒާގައި ވެރިކަން ކުރާ ހަމާސް އާއި އިޒްރޭލާ ދެމެދު މިދިޔަ މަހު 11 ދުވަސް ވަންދެން ހަމަލާ ބަދަލު ކުރުމުން ގާޒާއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ.

ހަމަލާ ބަދަލު ކުރުން ހުއްޓާލަން އެއްބަސްވިތާ އެއް މަސް ފަހުން އދ. ގެ މަންދޫބު ޓޯ ވެނެސްލޭންޑް އިއްޔެ ވަނީ ގާޒާއަށް ވަޑައިގެންފަ އެވެ. ނަން ހާމަ ނުކުރާ ހަމާސްގެ އޮފިޝަލަކު ބުނީ މަންދޫބު އެންމެ ފުރަތަމަ ވެސް ދެއްވީ އިޒްރޭލުގެ ފަރާތުން "ނެގެޓިވް މެސެޖެއް" ކަމަށެވެ.

"ބައްދަލުވުން ވަރަށް ގޯސް. ޕޮޒިޓިވް އެއްވެސް ކަމެއް ނުފެނޭ،" ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ ޔަހްޔާ ސިންވާރް ނޫސްވެރިންނަށް ވިދާޅުވި އެވެ.

"އެ މީހުން ވަރަށް ކަނުލާ އަޑުއެހި. އެކަމަކު ގާޒާގައި އޮތް އިންސާނީ ކާރިސާއަށް ހައްލު ހޯދުމަށް ބޭނުންވާ ކަމުގެ އެއްވެސް ނިޝާނެއް ނުފެނުނު".

އދ. އިން ވަނީ އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ބުނަން ދެކޮޅު ހަދާފަ އެވެ.

ގާޒާގެ ދަނޑުތަކުގައި އުފައްދާ ބައެއް ތަކެތި ލިމިޓަކާއެކު އެކްސްޕޯޓް ކުރުމުގެ ހުއްދަ އިޒްރޭލުން އިއްޔެ ދިން ނަމަވެސް އެއީ މާ ބޮޑު ފައިދާއެއް އޮތް ކަމެއް ނޫން ކަމަށް ސިންވާރް ފާހަގަކުރެއްވި އެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އިޒްރޭލުން ދަނީ ބައިނަލްއަގްވާމީ އިންސާނީ އެހީއަށް ހުރަސް އަޅައި، ކަރަންޓު ދިނުމަށް ބޭނުންވާ ތެޔޮ ލިބެން ހުރި މަގުތައް ވެސް ބަންދު ކުރަމުންނެވެ.

"ވަރަށް ސާފުކޮށް ފެންނަމުން ދަނީ އިޒްރޭލުގެ އިސްތިއުމާރީ ސިޔާސަތު ގާޒާ އާއި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ މަންޒަރު،" އޭނާ ވިދާޅުވި އެވެ.

"އަަޅުގަނޑުމެން އދ. ގެ މަންދޫބުންނަށް ދެންނެވީ މިކަން ގަބޫލު ނުކުރާނެ ކަމަށް."

އިޒްރޭލާއި ހަމާސްއާ ދެމެދު ހަމަލާ ބަދަލު ކުރުން ހުއްޓާލަން އެއްބަސްވީ މޭ 21 ގަ އެވެ. އެ ހަމަލާތަކުގައި 260 ފަލަސްތީނު މީހުންނާއި އިޒްރޭލުގެ 13 މީހުން މަރުވި އެވެ. ހަމަލާތައް ހުއްޓާލި ނަމަވެސް، މިދިޔަ ބުރާސްފަތި އަދި ހުކުރު ދުވަހު އަލުން ހަމަލާ ބަދަލުކޮށްފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox