ޔޫއޭއީގައި ވެކްސިން ޓޫރިޒަމް ފަށައިފި

ޔޫއޭއީގެ ވެރިރަށް އަބޫ ދާބީ. -- ފޮޓޯ: ފާމަސޫޓިކަން ޓެކްނޮލޮޖީ

ޔޫއޭއީގެ ވެރިރަށް އަބޫ ދާބީ. -- ފޮޓޯ: ފާމަސޫޓިކަން ޓެކްނޮލޮޖީ

އަބޫ ދާބީ، ޔޫއޭއީ (ޖޫން 21) - ޔޫއޭއީއަށް އެތެރެވާ ފަތުރުވެރިންނަށް ހިލޭ ކޮވިޑް ވެކްސިން ދޭން ފަށައިފި އެވެ.

ރަސްމީކޮށް އެކަން އިއުލާނު ނުކުރި ނަމަވެސް މި މަހު ކުރީކޮޅު ނެރުނު ކުރު ބަޔާނެއްގައި ބުނީ "އެންޓްރީ ވިސާ" އޮތް ކޮންމެ މީހަކަށް ހިލޭ ވެކްސިން ދޭން ނިންމާފައިވާ ކަމަށެވެ.

މީގެ ކުރިން ޔޫއޭއީގައި ވެކްސިން ދިނީ ހަމައެކަނި އައިޑީ ކާޑެއް އޮތް އެ ތަނުގައި ދިރިއުޅޭ މީހުންނަށް އެކަންޏެވެ. ނަމަވެސް މިހާރު އަބޫ ދާބީގެ ހެލްތުކެއާ އެޕުގައި ގައުމަށް ޒިޔާރަތް ކުރާ މީހުންނަށް ހާއްސަ ބައެއް ވަނީ ހިމަނާފަ އެވެ.

Advertisement

އެގޮތުން އެޕް މެދުވެރިކޮށް ފައިޒާ ނުވަތަ ސިނޮފާމް ވެކްސިނަށް ރަޖިސްޓްރީ ކުރެވޭނެ އެވެ. އަދި ޕާސްޕޯޓްގެ މައުލޫމާތު ބޭނުންކޮށްގެން ވެކްސިން ޖަހަން އެޕޮއިންޓްމަންޓް ހަމަޖެއްސޭނެ އެވެ.

ވެކްސިން ޖެހުމުގެ ކުރިން ވިސާ ނުވަތަ އެންޓްރީ ސްޓޭމްޕް ދައްކަން ޖެހޭނެ އެވެ. ވެކްސިން ޓޫރިޒަމް ފަށާފައި ވާއިރު، އެކަމާ ބެހޭ އިތުރު މައުލޫމާތު ޔޫއޭއީން އާއްމެއް ނުކުރެ އެވެ.

ޔޫއޭއީގައި ކޮވިޑާ ދެކޮޅަށް ދަނީ ކާމިޔާބު ވެކްސިން ޕްރޮގްރާމެއް ހިންގަމުންނެވެ. އެ ގައުމުގެ ގިނަ ކަންކަން އާދައިގެ މަތިން ކުރިއަށް ދިޔަ ނަމަވެސް، މާސްކު އެޅުމާއި ގައިދުރުކަން ބަހައްޓަން ޖެހެ އެވެ.

ކޮވިޑުގެ ބަލިމަޑުކަމަށް ފަހު ކުރި ލޮކްޑައުން ނިމުމާއެކު މިދިޔަ ޖުލައި މަހުން ފެށިގެން ޔޫއޭއީގެ ދުބާއީ އޮތީ ހުރިހާ އެންމެންނަށް ޒިޔާރަތް ކުރެވޭނެހެން ހުޅުވާލާފަ އެވެ. އެއާ ހިލާފަށް އަބޫ ދާބީގެ ބޯޑަރު ހުޅުވާލީ މިދިޔަ ޑިސެމްބަރު މަހު އެވެ.

ޔޫއޭއީގައި މިހާތަނަށް 613،993 ކޮވިޑް ކޭސް ފެނިފައި ވާއިރު، މަރުވެފައި ވަނީ 1،763 މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޓާމެޑިކަލް އިން ދަރިމައިވުމާ ބެހޭ ސެޝަންއެއް ބާއްވަނީ

ދަރިމައިވުމުގެ ކުރިން ވިސްނަންޖެހޭ ކަންކަމަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލް އިން މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ހިލޭ ބާއްވާ ޚާއްސަ ސެޝަނެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ތަޖުރިބާކާރު ނަރުހުން މައުލޫމާތުދޭ މި ސެޝަންގައި ދުޅަހެޔޮކޮށް ބަލިވެއިނުމަށް ތައްޔާރުވާނެ ގޮތްތައް ކިޔައިދޭއިރު، ކްލިނިކްގެ ނަންބަރުތަކަށް ގުޅައިގެން މިހާރު ނަން ނޯޓުކުރެވޭނެއެވެ.

ޑޮލަރު ޓްރާންސްފާ އަންނަ ހަފުތާގައި ހަމައަކަށް އެޅޭނެ: ބީއެމްއެލް

ބީއެމްއެލްއިން ޓީޓީ ހެދުމުގައި ދިމާވެފައިވާ ލަސްތަކަށް އަންނަ ހަފުތާގައި ހައްލެއް ލިބޭނެ ކަމަށް އެ ބޭންކުން ބުނެފި. މި މައްސަލަ ހައްލުކުރުމަށްޓަކައި ބޭންކުން ވަނީ ޑޮލަރު ބޭރުވާ މިންވަރު ކޮންޓްރޯލްކޮށް، ޒަރޫރީ ބޭނުންތަކަށް އިސްކަންދޭން ފަށާފަ. ބޭންކުން ޔަގީންކޮށްދޭ ގޮތުގައި މިއީ ޑޮލަރު ސަޕްލައިއަށް ދިމާވި ވަގުތީ ދަތިކަމެއް.

50 މިލިއަން ޑޮލަރު ދައްކަން ފައިސާއެއް ނުދެން: ބީއެމްއެލް

އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދެއްކުމަށް ބީއެމްއެލްގެ ފައިސާ ބޭނުންކުރި ކަމަށް ބުނާ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފި. ބޭންކުން ބުނީ އެ ދަރަނި އަދާކުރުމުގައި ކަސްޓަމަރުންގެ ޑިޕޮސިޓް ނުވަތަ ބޭންކުގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްފައި ނުވާނެ ކަމަށާއި، ބޭންކުގެ މާލީ ހާލަތު ވަރުގަދަކޮށް އޮތް ކަމަށް.

ބީއެމްއެލްއިން ޑޮލަރު ސަޕޯޓު ނުލިބޭތާ ހަފުތާއެއް

ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކުން ފޮނުވާ ޓީޓީތަކަށް ޑޮލަރު ސަޕޯޓު ލިބުން ދަތިވެ، އެކައުންޓުގައި ފައިސާ ނެތް ނަމަ އިތުރު އެންގުމަކާ ނުލައި ޓީޓީ ބާތިލުވާނެކަން އެ ބޭންކުން އަންގައިފި.މި ބަދަލުގެ ސަބަބުން މުދާ ގެންނަ ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާއިރު، ޑޮލަރު ލިބޭ މިންވަރު މަދުވުމުގެ ޝަކުވާ ވިޔަފާރިވެރިން ދަނީ ކުރަމުން.

ބީއެމްއެލްއިން ވިޔަފާރިވެރިންގެ ޑޮލަރުތައް ތާށިކޮށްފި

ޑޮލަރުގެ ތާށިކަން ބޮޑުވެ، ބީއެމްއެލްގައި ހުރި ވިޔަފާރިވެރިންގެ ޑޮލަރު އެހެން ބޭންކުތަކަށް ޓްރާންސްފާ ނުކުރެވެނީ އެމްއާރުޓީޖީއެސް މެދުވެރިކޮށް ކުރާ ޓްރާންސްފާތަކުގެ ބެކްލޮގެއް އޮތުމުން. މީގެ ސަބަބުން މުދާ އިމްޕޯޓުކުރުމަށް ފައިސާ ދެއްކުމުގައި ވިޔަފާރިތަކަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައި.

އެމްއައިބީން މާދަމާ އެކައުންޓް ހުޅުވުމުގެ ހިދުމަތް ދެނީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މާދަމާ ހެނދުނު 10:00 އިން މެންދުރު 2:00 އަށް މާލެ އާއި ހުޅުމާލޭގެ ބްރާންޗުތަކުން އެކައުންޓް ހުޅުވުމުގެ ހިދުމަތް ދިނުމަށް ވަނީ ނިންމާފައި. މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެ ބޭންކުގެ ހެޑް އޮފީހާއި، ރީޓެއިލް ބޭންކިން ބްރާންޗް އަދި ހުޅުމާލެ ބްރާންޗުން.

ދިރާގު ގޭމިންގ ކޮންކުއެސްޓްގެ ޕަބްޖީ ކޮލިފަޔަރސް ފަށަނީ

ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް 2026ގެ ޕަބްޖީ ކޮލިފަޔަރސް 57 ޓީމާއެކު މި މަހުގެ 20 ވަނަ ދުވަހު ފެށުމަށް ވަނީ ތައްޔާރުވެފައެވެ. މި މުބާރާތުގެ ކޮލިފަޔަރސްއިން ހޮވޭ 16 ޓީމަކަށް 30,000 ރުފިޔާގެ ޕްރައިޒް ޕޫލެއް ކަނޑައެޅިފައިވާ މެއިން އިވެންޓުން ފުރުސަތު ލިބޭނެއެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި މުބާރާތުގައި ޕަބްޖީގެ އިތުރުން އެކި ޕްލެޓްފޯމްތަކުގެ މަގުބޫލު ގޭމްތައް ހިމެނެއެވެ.

Newsletter

Get the latest news delivered straight to your inbox