ޕެރަގުއޭ ބަލިކޮށް އާޖެންޓީނާ ކުއާޓާ ފައިނަލަށް

Jun 22, 2021, 3:34 AM
ލަނޑު ޖެހުމަށް ފަހު ޕާޕޫ ގޯމޭޒް އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު ޕާޕޫ ގޯމޭޒް އުފާފާޅުކުރަނީ.

ބްރެޒީލިއާ (ޖޫން 22) - ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ 1-0 އިން ޕެރަގުއޭ ބަލިކޮށް އާޖެންޓީނާ އިން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

އާޖެންޓީނާގެ އިތުރުން މިހާތަނަށް ކުއާޓާ ފައިނަލުން ފުރުސަތު ހޯދި އަނެއް ދެ ޓީމަކީ އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލް އާއި ޗިލީ އެވެ.

ގްރޫޕް އޭގެ އެއް ވަަނައިގައި އާޖެންޓީނާ އޮތީ ތިން މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ތިން މެޗުން ފަސް ޕޮއިންޓް ހޯދި ޗިލީ އެވެ. ރޭ މި ގްރޫޕްގައި ޗިލީ އާއި އުރުގުއޭ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

އެސްޓަޑިއޯ ނަސިއޮނާލްގައި ރޭ ކުޅުނު މެޗު ފަށައިގެން ހަތް ވަނަ މިނިޓްގައި އާޖެންޓީނާ އަށް ލީޑުނަަގައިދޭން ސާޖިއޯ އަގުއޭރޯ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ ތިން މިނިޓް ފަހުން އެންހެލް ޑި މާރިއާ ދިން ބޯޅައަކުން އަލެހަންދްރޯ ގޯމޭޒް (ޕަޕޫ ގޯމޭޒް) ވަނީ އާޖެންޓީނާގެ ގޯލު ޖަހައިދީފަ އެވެ. މެޗުގެ 17 ވަނަ މިނިޓްގައި އޭރިއާ ކައިރިން ލިބުނު ހިލޭ ޖެހުމަކުން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޕެރަގުއޭގެ ޖޫނިއާ އަލޮންސޯ އަތުން ބައިކޮޅަށް ވަން ގޯލުން އާޖެންޓީނާ އިން ލީޑުފުޅާކުރި އެވެ. އެކަމަކު އެ ބޯޅަ ފޮނުވާލަން އަރައި ހުރި މެސީ އޮފްސައިޑް ކަމަށް ނިންމައި އެ ގޯލު ބަލައިނުގަތެވެ.

ދެ ވަނަ ހާފްގައި ޕެރަގުއޭ އިން ކުޅުން ރަނގަޅުކޮށް ގިނަ ހަަމަލާތަކެއް އުފެއްދި އެވެ. އެކަމަކު އާޖެންޓީނާ ގޯލުގައި ހުރި އެމިލިއާނޯ މާޓީނޭޒް ވަނީ ރަނގަޅު ކުޅުމެއް ދައްކައި ޕެރަގުއޭގެ އެޓޭކްތައް ހުއްޓުވައިފަ އެވެ.

މިއީ އާޖެންޓީނާގެ ކެޕްޓަން މެސީ އަށް ހާއްސަ މެޗެކެވެ. އޭނާ ވަނީ ގައުމީ ޓީމަށް 147 މެޗު ކުޅެދީގެން ހަވިއޭ މަޝެރާނޯ ހަދާފައިވާ ރެކޯޑާ ހަމަކޮށްފަ އެވެ. އާޖެންޓީނާ ފަހު މެޗުގައި ބައްދަލުކުރާނީ ބޮލިވިއާއާ އެެވެ. އެ މެޗުގައި ކުޅެގެން މެސީ އަށް ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިނުމުގެ ރެކޯޑް ގާއިމްކުރެވޭނެ އެވެ.

ރޭ ކުޅުނު އަނެއް މެޗުގައި އެޑުއާޑޯ ވާގާސްގެ ގޯލުން ޗިލީން ލީޑުނެގި އެވެ. އުރުގުއޭ އިން އެއްވަރުކުރީ ޗިލީގެ އާޓޫރޯ ވިޑާލް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox