ގަތަރު ވޯލްޑް ކަޕް ބަލަން ދަނޑަށް ވަދެވޭނީ ވެކްސިން ފުރިހަމަ ކޮށްގެން

Jun 21, 2021, 11:08 AM
2018 ވަަނަ އަހަރުގެ ރަޝިއާ ވޯލްޑް ކަޕްގެ މެޗެއްގެ ތެެރެއިން އީރާންގެ އަންހެން ސަޕޯޓަރެއް ދިދަ ހިފައިގެން.

2018 ވަަނަ އަހަރުގެ ރަޝިއާ ވޯލްޑް ކަޕްގެ މެޗެއްގެ ތެެރެއިން އީރާންގެ އަންހެން ސަޕޯޓަރެއް ދިދަ ހިފައިގެން.

ދޯހާ، ގަތަރު (ޖޫން 21) - އަންނަ އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗުތައް ބަލަން ދަނޑަށް ވަދެވޭނީ ކޮވިޑް-19 ގެ ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ކަމަށް ގަަތަރު ސަރުކާރުން ނިންމައިފި އެވެ.

ގަތަރުގެ ބޮޑުވަޒީރު ޝެއިހް ހާލިދު ބިން ހަލީފާ ބިން އަބްދުލް އަޒީޒް އަލް ތާނީ އިއްޔެ އެ ގައުމުގެ މީޑިއާ އަށް ވިދާޅުވީ ވޯލްޑް ކަޕް މެޗުތައް ބަލަން އަންނަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ގަތަރުން އިސްވެ އެއް މިލިއަން ޑޯޒުގެ ވެކްސިން ޕްރޮގްރާމެއް ހިންގުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

"ފީފާ ވޯލްޑް ކަޕްގެ ސީދާ ތާރީހުތައް އިއުލާނުކުރެވުމާ އެކު ގިނަ ގައުމުތަކުން ތިބޭނީ އެ ގައުމުގެ ރައްޔިތުންގެ ގަޔަށް ވެކްސިން ޖަހައިގެން. ފަހަރެއްގައި ވެކްސިން ނުލިބިގެން ބައެއް ގައުމުތަކުން ބައެއް މީހުން ގަޔަށް ވެކްސިން ނުޖެހިފައި ވެސް ހުރެދާނެ. ގަތަރުން ދެ ޑޯޒު ފުރިހަމަނުކުރާ އެއްވެސް ސަޕޯޓަރެއް މެޗު ބަލަން ދަނޑަށް ނުވައްދާނެ،" ގަތަރުގެ ބޮޑުވަޒީރު ޝެއިހް ހާލިދު ބިން ހަލީފާ ބިން އަބްދުލް އަޒީޒް ވިދާޅުވި އެވެ.

ގަތަރުގެ ވޯލްޑް ކަޕް ސްޓޭޑިއަމެއްގެ ތެރެއިން.

ގަތަރު ވޯލްޑް ކަޕް ފަށަން ފީފާ އިން މި ވަގުތު ކަނޑައަަޅާފައިވާ ތާރީހަކީ އަންނަ އަހަރުގެ ނޮވެމްބަރު އެއް ވަނަ ދުވަހެވެ. އާންމު ގޮތެއްގައި ޖޫން/ޖުލައި ގައި ބާއްވާ ވޯލްޑް ކަޕް ގަތަރުގައި އަހަރު ފަހު ކޮޅުގައި ކުޅޭ ގޮތަށް ނިންމި އެންމެ ބޮޑު ސަބަބަކީ ޖޫން މަހު ގަތަރުގެ ހޫނުމިން އާންމު ގޮތެއްގައި ވަރަށް ބޮޑަށް މައްޗަށް ދާތީ އެވެ. ޖޫން މަހާއި ޖުލައި މަހު ގަތަރުގެ ފިނިހޫނުމިން އުޅޭނީ 50 ޑިގްރީ ސެލްސިއަސްގަ އެވެ. އަދި އަހަރު ފަހު ކޮޅަށް ބަދަލުކޮށްފިނަމަ އުޅޭނީ 15-30 ޑިގްރީ ސެލްސިއަސްއާ ދެމެދުގަ އެވެ.

ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ގަތަރުން އަޅާ ސްޓޭޑިއަމްގެ ތަކުގެ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 37 މީހެއް މަރުވެފައިވާ ކަމަށް އިނގިރޭސި މީޑިއާއެއް ކަމަށްވާ ދި ގާޑިއަން އިން ވަނީ ރިޕޯޓްކޮށްފަ އެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ދެކުނު އޭޝިއާގެ ބަންގްލަދޭޝް އާއި އިންޑިއާގެ މީހުން ކަމަށް އެ ރިޕޯޓްގައިވެ އެވެ.

ގަތަރު ވޯލްޑް ކަޕް މަސައްކަތުގެ ތެރެއިން މީހުންނަށް އެކި ކަހަލަ ގެއްލުންތައް ވާތީ ޔޫރަޕްގެ ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ފެށިއިރު، ގިނަ ގައުމުތަކުން ވަނީ ގަތަރުގެ ވޯލްޑް ކަޕް މަސައްކަތް އިންސާނީ ހައްގުތައް ކަށަވަރުކުރެވޭނެ ގޮތަށް ކުރިއަށް ގެންދިއުމަށް ގޮވާލައި ކެމްޕެއިނެއް ފަށައިފަ އެވެ.

އެ ގޮތުން އެންމެ ފުރަތަމަ ނޯވޭ އާއި ޖަރުމަނު ގައުމީ ޓީމުން ވަނީ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ނުކުތުމުގެ ކުރިން ޓީޝާޓްތަކެއްގައި ހިއުމަން ރައިޓްސްގެ މެސެޖްތަކެއް ޖަހައިގެން ޝުއޫރުފާޅުކޮށްފަ އެވެ. އޭގެ ފަހުން ގިނަ ގައުމުތަކަކުން އަންނަނީ އެ ކެމްޕެއިންގައި ބައިވެރިވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox