ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނުރަސްމީ ދަތުރުފުޅެއްގައި ދުބާއީ އަށް މިއަދު ފުރާވަޑައިގެންފި އެވެ.
އެމަނިކުފާނު މި ވަޑައިގަތީ ކޮއްކޯފުޅު އަހްމަދު މުހައްމަދު ސޯލިހްގެ ޖަނާޒާއަށެވެ. ސީރިއަސް ބައްޔަކަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް އަހްމަދު އަވަހާރަވީ ހާޓްއެޓޭކެއް ޖެހިގެންނެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ރައީސް އެނބުރިވަޑައިގަންނަވާނީ އަންނަ ބުދަ ދުވަހެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އާއިލާގެ 12 ބޭފުޅުން ތިއްބަވަ އެވެ. އޭގެތެރޭގައި ލޯފަން ތިން ހާފިޒުން ތިއްބަވާއިރު އަވަހާރަވި ލޯފަން އަހްމަދު ވެސް ހާފިޒުކަމުގެ ކޯސް ކުރިއަށް ގެންދެވި އެވެ. އެކަމަކު ދިމާވި ސިއްހީ މައްސަލައަކާ ހެދި ވަކި ހިސާބަކުން މެދުކަނޑާލައްވަން ޖެހިވަޑައިގަތީ އެވެ.
ރައީސް ސޯލިހާ އެކު އާއިލާގެ ބައެއް ބޭފުޅުން ވެސް އަހްމަދުގެ ޖަނާޒާއަށް ދުބާއީއަށް ވަޑައިގަތެވެ.












