ވިޔަފާރި ލުއިތައް މިއަދު އިއުލާންކުރަނީ

މާލޭގައި ހުންނަ ބައެއް ވިޔަފާރިތަކުގެ ބޯޑު: ވިޔަފާރިތަކާއި އޮފީސްތަކަށް ހަރުކަށި ފިޔަވަޅުތައް އެޅީ މެއި މަހު ފަހުކޮޅު -- ފޮޓޯ: އަމަން ހަލީމް/އަދަދު

މާލޭގައި ހުންނަ ބައެއް ވިޔަފާރިތަކުގެ ބޯޑު: ވިޔަފާރިތަކާއި އޮފީސްތަކަށް ހަރުކަށި ފިޔަވަޅުތައް އެޅީ މެއި މަހު ފަހުކޮޅު -- ފޮޓޯ: އަމަން ހަލީމް/އަދަދު

މާލެ ސަރަހައްދުގައި ކޮވިޑް ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ވިޔަފާރިތައް ހުޅުވާ ގަޑިތަކަށާއި ބައެއް ކަަހަލަ ފިޔަވަޅުތަކަށް ދޭން ނިންމާފައިވާ ލުއިތައް މިއަދު އިއުލާންކުރާނެ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

ކޮވިޑް ބަލިމަޑުކަމުގެ ހަތަރުވަނަ ރާޅުގެ ތެރޭގައި ވިޔަފާރިތަކަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ކެފޭތަކާއި ސެލޫންތައް ފަދަ ބައެއް ކަހަލަ ވިޔަފާރިތައް ހުޅުވައިގެން ހިދުމަތް ދިނުން މަނާކޮށް، އެހެން ވިޔަފާރިތައް ހުޅުވައިގެން ހިދުމަތް ދެވޭ ގަޑިތައް މަދުކުރި އެވެ. އަދި އޮފީސްތަކަށް ވެސް ޒަރޫރީ ނޫން ބޭނުންތަކަށް ހުޅުވައިގެން މަސައްކަތްކުރުން މަނާކުރި އެވެ.

މިހާރު އެ ފިޔަވަޅުތައް އެޅިތާ މަހެއް ވާން ގާތްވެފައިވީ ނަމަވެސް އެންމެ ފަހުން ލުއިދިން އިރު ގިނަ ފިޔަވަޅުތަކަށް ބަދަލެއް ނާދެ އެވެ. ފިޔަވަަޅުތައް އެޅިއިރު މި ބައްޔަށް ފަރުވާ ހޯދަމުން ދިޔަ މީހުންގެ އަދަދުތައް 20،000 އިން މަތީގައި ހުރި ނަމަވެސް މިހާރު މި ބަލިން ފަރުވާ ހޯމަދުންދާ މީހުންގެ އަދަދުތައް ވަނީ 5،300 އަށް ތިރިވެފަ އެވެ.

Advertisement

އަދި، ކޭސްތަކުގެ އަދަދު ދަށަށް ދިޔަ ނަމަވެސް ލުއި ނުދޭތީ ވިޔަފާރިވެރިންގެ ޝަކުވާތައް ގިނަ އެވެ. ކޮވިޑުގައި ގިނަ ވިޔަފާރިތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ވިޔަފާރިވެރިންގެ ޝަކުވާތަކާއި ގުޅިގެން އިތުރު ލުއިތަކެއް ދޭން ނިންމާފައިވާ ވޭތޯ "އަދަދު" އިން ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވި ގޮތުގައި މިއަދުގެ ވަގުތެއްގައި އިތުރު ލުއިތައް އިއުލާންކުރާނެ އެވެ. އަދި މި ހަފުތާގެ ތެރޭގައި ހުރިހާ ވިޔަފާރިއަކަށް ލުއި ނުލިބުނަސް އަންނަ ހަފުތާގައި އިތުރު ލުއިތައް އިއުލާން ކުރާނެ ކަމަށް ވިދާޅުވި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްްޕީއޭ) އިން އެންމެ ފަހުން ދިން ލުއިތަކުގެ ތެރޭގައި ވިޔަފާރިތަކުގެ ތެރެއިން ހުއްދަ ދެވުނީ ސެލޫންތަކާއި ބޯކޮށާ ތަންތަން އުސޫލެއްގެ ތެރެއިން ހުޅުވައިގެން ހުއްދަ ދިނުމަށެވެ. އެހެން އެއްވެސް ވިޔަފާރިއަކަށް އިތުރު ލުއިތަކެއް ދީފައެއް ނުވެ އެވެ.

މިހާރުގެ ލުއިތައް އިއުލާންކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭއިން ބުނި ގޮތުގައި މިފަހަރު ލުއިތައް ދޭނީ އެއްފަހަރަކާ ނޫނެވެ. އޭގެ ބަދަލުގައި މިފަހަރު ލުއި ދޭނީ ދެމުންދެމުން ގޮސް ފިޔަވަޅުތައް ފަސޭހަކުރާ ގޮތަށް ކަމަށް ބުންޏެވެ.

މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެންމެ ބޮޑަށް ހީނަރުވަމުން އަންނަނީ ހިދުމަތުގެ ވިޔަފާރިތަކެވެ. އޭގެ ތެރޭގައި ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ފެށިގެން ސެލޫންތަކާއި ޖިމްތައް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox