ޓެކްނިކަލް މައްސަލައެއް ދިމާވެ އިރާނުގެ ނިއުކްލިއާ ޕްލާންޓް ހުއްޓުމަކަށް

ބުޝޭރް ނިއުކްލިއާ ޕްލާންޓު.-- ފޮޓޯ: ރޮއިޓާޒް

ބުޝޭރް ނިއުކްލިއާ ޕްލާންޓު.-- ފޮޓޯ: ރޮއިޓާޒް

ތެހްރާން، އިރާން (ޖޫން 21) - އިރާނުގެ ދެކުނުގައި ހުންނަ ބުޝޭރް ނިއުކްލިއާ ޕަވާ ޕްލާންޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެ ވަގުތީ ގޮތުން ހުއްޓުމަކަށް ގެނެސްފައިވާ ކަމަށް އެ ގައުމުގެ އެޓޮމޮކް އެނޭޖީއާ ގުޅޭ އިދާރާއިން ބުނެފި އެވެ.

"ބުޝޭރް ޕަވާ ޕްލާންޓުގައި ދިމާވި ޓެކްނިކަލް މައްސަލައަކަށް ފަހު އަދި އަދި އެނާޖީ މިނިސްޓްރީއަށް އެއް ދުވަހުގެ ނޯޓިސް ފޮނުވުމަށް ފަހު، ޕްލާންޓް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައި،" އެޓޮމިކް އެނާޖީ އޯގަނައިޒޭޝަން އޮފް އިރާނުގެ ވެބްސައިޓުގައި ބުންޏެވެ.

ވެބްސައިޓުގައި ޝާއިއު ކުރި ބަޔާނުގައި އިތުރަށް ބުނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މައްސަލަ ހައްލުވާނެ ކަމަށާއި އޭރުން ޕްލާންޓުގެ މަސައްކަތް އަލުން ފަށާނެ ކަމަށެވެ.

އިއްޔެ އިރާނުގެ ނޭޝަނަލް އިލެކްޓްރިކް ކުންފުނިން ނެރުނު ބަޔާނެއްގައި އެދިފައިވަނީ ކަރަންޓު ބޭނުން ކުރާ މިންވަރު މަދު ކުރަން މަސައްކަތް ކުރުމަށެވެ. ހޫނުގަދަވުމުގެ ސަބަބުން ޑިމާންޑު ބޮޑުވެފައި ވާއިރު، ބުޝޭރް ޕްލާންޓުގައި މަސައްކަތްތަކެއް ކުރިއަށް ދާތީ، ޕީކް ގަޑިތަކުގައި ކަރަންޓު ބޭނުން ކުރުން މަދު ކުރުމަށް އެ ކުންފުނިން ރައްޔިތުންގެ ކިބައިން އެދުނެވެ.

އެ ކުންފުނިން އިތުރަށް ބުނީ އަންނަ ހުކުރު ދުވަހާ ހަމައަށް ބުޝޭރް ޕްލާންޓުގައި ކުރާ މަސައްކަތްތައް ކުރިއަށް ދާނެ ކަމަށެވެ.

ޖުމްލަ 1000 މެގަވޮޓްގެ ކަރަންޓު އުފައްދާ ބުޝޭރް ޕްލާންޓަކީ ރަޝިއާއިން 2013 ވަނަ ހަދައި ނިންމުމަށް ފަހު އިރާނާ ހަވާލު ކުރި ތަނެކެވެ.

އޭގެ ފަހުން 2016 ވަނަ އަހަރު ރަޝިއާ އާއި އިރާނުގެ ކުންފުނިތަކުން ވަނީ ބުޝޭރްގައި 1000 މެގަވޮޓްގެ އިތުރު ދެ ރިއެކްޓަރު ބެހެއްޓުމުގެ މަސައްކަތް ފަށާފަ އެވެ. އެ މަސައްކަތް ނިންމުމަށް 10 އަހަރު ހޭދަވާނެ ކަމަށް ބެލެވެ އެވެ.

އިރާނާ އަވައްޓެރި އަރަބި ގައުމުތަކުން ވަނީ ބުޝޭރް ޕްލާންޓާ މެދު މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން އެ ޕްލާންޓުގެ މަސައްކަތް ރަނގަޅަށް ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ކުޑަ ކަމަށް ގައުމުތަކުން ބުނެ އެވެ. އޭގެ އިތުރުން ބޮޑު ބިންހެލުމެއް ދިމާވެއްޖެ ނަމަ ރޭޑިއޯއެކްޓިވް ލީކެއް އައިސްދާނެ ކަމުގެ ބިރު ވެސް ގައުމުތަކުން ފާހަގަކުރެ އެވެ.

މިދިޔަ އޭޕްރިލް މަހު ބުޝޭރް ޕްރޮވިންސަށް އައި 5.9 މެގްނިޓިއުޑް ބިންހެލުމެއްގައި ފަސް މީހުންނަށް އަނިޔާވި ނަމަވެސް، ނިއުކްލިއާ ޕްލާންޓަށް ގެއްލުމެއް ނުވާ ކަމަށް އިރާނުން ބުނެ އެވެ.

ތެހްރާނާއި ބައެއް އެހެން ސިޓީތަކަށް މިދިޔަ މޭ މަހު ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާން ފެށުމުން، ކަމާ ބެހޭ އިދާރާތަކުން މިހާރު އަންނަނީ ވަކި ގަޑިތަކުގައި ކަރަންޓު ކެނޑޭނެކަން ކުރީ ބައިގައި އިއުލާނު ކުރަމުންނެވެ.

ޑިމާންޑާ އެއް ވަރަށް ކަރަންޓު އުފެއްދުމުގެ މައްސަލަ ދިމާވެފައި ވަނީ އާދަޔާ ހިލާފަށް ހޫނު ގަދަވުމާއި، ވާރޭ ނުވެހި ގިނަ ދުވަސްވުމުން ހައިޑްރޯޕަވާ ނުވަތަ ފެނުން ހަކަތަ އުފެއްދުމަށް ހުރަސް އެޅުން ފަދަ ކަންކަމާ ހެދި ކަމަށް އިރާނުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox