ފްރާންސާއި އެމެރިކާގެ އެސްޓްރޮނޯޓުން ޖައްވުގައި "ހިނގާލައިފި"

އިންޓަނޭޝަނަލް ސްޕޭސް ސްޓާޝަނުގެ މަސައްކަތަކަށް ދެ އެސްޓްރޮނޯޓުން ޖައްވީ އުޅަނދުން ބޭރުގައި.-- ފޮޓޯ: އޭއެފްޕީ/ ނާސާ

އިންޓަނޭޝަނަލް ސްޕޭސް ސްޓާޝަނުގެ މަސައްކަތަކަށް ދެ އެސްޓްރޮނޯޓުން ޖައްވީ އުޅަނދުން ބޭރުގައި.-- ފޮޓޯ: އޭއެފްޕީ/ ނާސާ

ވޮޝިންޓަން، އެމެރިކާ (ޖޫން 21) - އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ބޭނުންވާ ހަކަތަ އިތުރު ކުރަން ސޯލާ ޕެނެލް ހަރު ކުރުމުން ފްރާންސާއި އެމެރިކާގެ އެސްޓްރޮނޯޓަކު ހަ ގަޑިއިރު ވަންދެން ޖައްވުގައި "ހިނގާލައިފި" އެވެ.

"ކޮންމެ ފަހަރަކު ވެސް މިއީ ޓީމުގެ ބުރަ މަސައްކަތެއް. އެމެރިކާގެ އެސްޓްރޮނޯޓް [ޝޭން] ކިމްބްރޯ އާއެކު އެނބުރި އުޅަނދުގެ ތެރެއަށް ދިޔުމަަށް ވުރެ ވަކި ބޮޑު އުފަލެއް ނެތް،" ފްރާންސްގެ އެސްޓްރޮނޯޓު ތޯމަސް ޕެސްކުއޭ ކުރި ޓްވީޓެއްގައި ބުންޏެވެ.

ޕެސްކުއޭ މަސައްކަތް ކުރަނީ ޔޫރޮޕިއަން ސްޕޭސް އޭޖެންސީއާ އެކު އެވެ. ކިމްބްރޯއަކީ ނާސާގެ އެސްޓްރޮނޯޓެކެވެ. އެ ދެ އެސްޓްރޮނޯޓުން ވެސް ދުނިޔެއިން ބޭރަށް ދަތުރުކޮށް އައިއެސްއެސްއަށް ދިޔެއީ އޭޕްރިލް މަހުގެ ފަހުކޮޅު އެވެ.

މިއަދު އައިއެސްއެސްގައި ހަރުކުރި 60 ފޫޓު ދިގު ސޯލާ ޕެނެލްތައް ޖައްވަށް ފޮނުވީ މި މަހު ކުރީކޮޅު ސްޕޭސް އެކްސްއިން ކުރި ދަތުރެއްގަ އެވެ. އަންނަ ހުކުރު ދުވަހު ވެސް އިތުރު ޕެނަލްއެއް ހަރު ކުރަން އެސްޓްރޮނޯޓުން ޖައްވުގެ ތެރެއަށް ނުކުންނަން ޖެހޭނެ އެވެ.

އައިއެސްއެސްގައި ހިންގާ ދިރާސާ އަދި ސައިންސް ޕްރޮޖެކްޓުތަކަށް ހަކަތަ ހޯދަން ބޭނުންވާ މި ޕެނެލްތައް ކުރިއަށް އޮތް 15 އަހަރު ބޭނުން ކުރެވޭނެ އެވެ. ސޯލާ ޕެނެލް ހަރު ކުރުމުގެ މަސައްކަތަށް މި ދެ އެސްޓްރޮނޯޓުން މިދިޔަ ބުދަ ދުވަހު ވެސް ޖައްވުގެ ތެރެއަށް ނުކުތެވެ.

ނަމަވެސް ކިމްބްރޯގެ ސްޕޭސް ސޫޓަށް މައްސަލަތަކެއް ދިމާވެ، އެނބުރި އައިއެސްއެސްއަށް ދާން ޖެހުނީ އެވެ. މިއަދު މި ދެ އެސްޓްރޮނޯޓުން ކާމިޔާބުކަމާއެކު މަސައްކަތް ނިންމާލިއިރު، މިއީ އެ ދެ މީހުން އެކުގައި ޖައްވުގައި މަސައްކަތް ކުރި ހަތަރު ވަނަ ފަހަރެވެ.

މިހާތަނަށް އައިއެސްއެސްގެ އެކި މަސައްކަތްތަކަށް 240 ފަހަރަކު އެސްޓްރޮނޯޓުން ސްޓޭޝަނުން ބޭރަށް ނުކުމެ ޖައްވުގައި ހިނގާލާފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox