މެދުއިރުމަތީގައި އެމެރިކާ ސިފައިން މަދު ކުރުމުން އަސަރު ނުކުރާނެ ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފި

ސައުދީ އަރަބިއްޔާގެ ގައުމީ ދިދަ.-- ފޮޓޯ: ގޭޓީ އިމޭޖަޒް

ސައުދީ އަރަބިއްޔާގެ ގައުމީ ދިދަ.-- ފޮޓޯ: ގޭޓީ އިމޭޖަޒް

އަބްހާ، ސައުދީ އަރަބިއްޔާ (ޖޫން 21) - ސައުދީ އަރަބިއްޔާގައި ތިބޭ އެމެރިކާ ސިފައިން މަދު ކުރުމުން ދިފާއީ މަސައްކަތަށް އަސަރެއް ނުކުރާނެ ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފި އެވެ.

ސައުދީ އަރަބިއްޔާއިން އިސް ނަގައިގެން އުފެއްދި މުސްލިމް ގައުމުތަކުގެ އަސްކަރީ ކޯލިޝަނުން އެހެން ބުނެފައި ވާއިރު، ޔަމަނުގެ ހޫތީ ހަނގުރާމަވެރިން އެއް ދުވަހެއްގެ ތެރޭ އެންމެ ގިނަ ޑްރޯން ހަމަލާ ދިނުމުން، އެ ހަމަލާތައް ވަނީ ހުއްޓުވާފަ އެވެ.

މިދިޔަ ހުކުރު ދުވަހު އެމެރިކާއިން ބުނީ މެދުއިރުމަތީގައި އުޅޭ ސިފައިންނަށް ވައިގެ ޔުނިޓުތައް މަދު ކުރަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއްޔާގައި ހުންނަ އެންޓި މިސައިލް ސިސްޓަމް ވެސް ހިމެނެ އެވެ.

"މީގެ ސަބަބުން ސައުދީގެ ވައިގެ ދިފާއީ މަސައްކަތަށް އަސަރެއް ނުކުރާނެ،" ކޯލިޝަނުގެ ތަރުޖަމާނު ތުރުކީ އަލް މާލިކީ ނޫސްވެރިންނަށް ވިދާޅުވި އެވެ.

"މި ސަރަހައްދުގައި ހުރި ނުރައްކާތަކާ ގުޅޭ ގޮތުން އަޅުގަނޑުމެންގެ ބައިވެރިންނާއެކު އޮތީ ރަނގަޅު ވިސްނުމެއް. މި ގައުމު ދިފާއު ކުރުމުގެ ބާރު އަޅުގަނޑުމެންގެ އަތުގައި އެބަ އޮތް."

އެމެރިކާގެ ނިންމުން އައިސްފައިވާ މި ދަނޑިވަޅަކީ ސައުދީ އަރަބިއްޔާއާ އެންމެ ބޮޑު ހަތުރު، އިރާނާއެކު އޮތް ގުޅުން ރަނގަޅު ކުރަން އެމެރިކާގެ ރައީސް ޖޯ ބައިޑެން މަސައްކަތް ކުރައްވަމުންދާ ދަނޑިވަޅެކެވެ.

ސައުދީގައިވާ އެންޓި މިސައިލް ސިސްޓަމްތައް ހިމެނޭ ގޮތަށް މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ދެމިއޮތުން ކުޑަ ކުރަން ނިންމިއިރު، ޔަމަނުގެ ހޫތީން ފޮނުވާ ހަމަލާތައް ހުއްޓުވަން އެ ސިސްޓަމް މުހިއްމެވެ. އެމެރިކާގެ ސިސްޓަމްތައް ނުލައި، ސައުދީ އަރަބިއްޔާގައި ހުންނާނީ އެފަދަ ކިތައް ސިސްޓަމް ކަމެއް ހާމައެއް ނުކުރެ އެވެ.

އިރާނުގެ އެއްބާރުލުމާއެކު ޔަމަނުގައި ހަނގުރާމަ ކުރަމުންދާ ހޫތީން އިއްޔެ ވަނީ ސައުދީ އަރަބިއްޔާއަށް 17 ޑްރޯން ހަމަލާ ފޮނުވާފަ އެވެ. އެ ހުރިހާ ހަމަލާއެއް ވެސް ހުއްޓުވި އެވެ.

އޭގެ ކުރިން ހުކުރު ދުވަހު 11 ޑްރޯން ހަމަލާ ފޮނުވުމުން، އެ ހަމަލާތައް ވެސް ހުއްޓުވި އެވެ. ނަމަވެސް މި މަހުގެ ކުރީކޮޅު ބޮމަކާއެކު ފޮނުވި ޑްރޯނެއް ސްކޫލެއްގެ ތެރެއަށް ވެއްޓުނެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

ޔަމަނުގެ ހަ އަހަރުވީ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެންނަން އދ. އާއި އެމެރިކާ އަދި ސަރަހައްދީ ގައުމުތަކުން ކުރާ ޑިޕްލޮމެޓިކް މަޝްވަރާތަކުން މިހާތަނަށް އަލިމަގެއް ނުފެނެ އެވެ.

ޔަމަނުގެ ދާހިލީ ހަނގުރާމަ 2014 ގައި ފެށީ އިންތިހާބީ ސަރުކާރާ ދެކޮޅަށް ހޫތީ ހަނގުރާމަވެރިން ތެދުވުމުންނެވެ. އިރާނުން ހޫތީންނަށް އެހީވާއިރު، ސަރުކާރުގެ ފައުޖުތަކާއެކު ސައުދީ އަރަބިއްޔާގެ ކޯލިޝަނުން އަންނަނީ ހަނގުރާމަ ކުރަމުންނެވެ.

ހަނގުރާމައިގެ ނޭދެވޭ އަސަރު އާއްމުންނަށް ވަރަށް ބޮޑަށް ކޮށްފައި ވާއިރު، މިލިއަނަކަށް ވުރެ ގިނަ މީހުން އުޅެނީ ބަނޑުހައި ހޫނުކަމުގައި ކަމަށް އދ. އިން ބުނެފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox